ކޮވިޑު ތެރޭގައި ފަރުވާއަށް ކޮޗިންނަށް ދިޔަ ބަޔަކު އެއާޕޯޓުގައި.
30 ސެޕްޓެމްބަރ 2025 - 20:36
އިންޑިއާގެ އިމިގްރޭޝަނުން ގެނައި ބަދަލާ އެކު، މާދަމާ އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ އިމިގްރޭޝަނުން ބުނި ގޮތުގައި އެ ގައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން މި ކާޑު އޮންލައިންކޮށް ފުރައި ހުށަހެޅޭނެ އެވެ.
އީ-އެރައިވަލް ކާޑު އެ ގައުމުގެ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ފުރައިލެވޭނެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ގޮސް އުޅޭ އިންޑިއާ އަށް ދިއުމުގެ ކުރިން މީގެ ކުރިން އޮންނަނީ އެ ގައުމަށް އެތެރެވުމަށް ފަހު، އެރައިވަލް ކާޑު އިމިގްރޭޝަނުގެ ކައުންޓަރާ ހަވާލުކުރަންޖެހޭ ގޮތަށެވެ.
އެކަމަކު އެ ހިދުމަތް އޮންލައިންކޮށް ދިނުމަށް ހަމަޖެއްސުމާ އެކު، އިމިގްރޭޝަން ކައުންޓަރު ކައިރީ ގިނަ ވަގުތުތަކެއް ހޭދަވާ މައްސަލަ އަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިންޑިއާ އަށް މަސައްކަތްކުރަންދާ މީހުންނާއި ޓޫރިސްޓުންނާއި ކިޔަވަންދާ ކުދިންނާއި ވިޔަފާރީގެ ބޭނުމަށްދާ މީހުން ވެސް މި ޑިޖިޓަލް ކާޑު ފުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުއިސާ
02 October 2025
މީގެ ލިންކް އެއް ނެތި ކިހިނެއް މި އޮންލައިންކޮއް ފުރަނީ
އައިމިނާ
01 October 2025
ކިހާދުވަހަކު އޮންލައިންކޮށް ކުރެވޭނެބާ.
މޫސާ އިބްރާހީމް
01 October 2025
ރާއްޖެ މީހުންވެސް މި ފުރަން ޖެހޭތަ؟ ކޮންޓެކްޓް ނަންބަރ އަދި އެމެޖެންސީ ކޮންޓެކްޓް ނަންބަރ ޖަހާތަނުގަ މޯލްޑިވްސް އެއް ނެތް. ކިހިނެތްބާ ހަދަންވީ؟ އެހެން ގައުމެއްގެ ނަންބަރުތޯ ޖަހަންވީ؟ އަންނަ ހަފްތާގަ ފުރަން ޓިކެޓް ނަގާފަ އޮތީ. މިކަން ސާފު ކޮށްދެއްވާ.
ކަމްޑައުން
01 October 2025
އިންޑިއާ 2.0
2025
01 October 2025
ޢަނެއްކާ އަނެއް ނުހުރުއްޕާ........ ބޮއިހަލަކި
ސައިބޯނި
01 October 2025
ސިމްކާޑު ބިއްކަން ފަށާނީ ކޮން އިރުކުބާ, ކޮންމެވެސް މީހަކުގެ ނަމުގަ ސިމްއެއް ހިފައިގެން އުޅެންޖެހެނީ
ޒަމާނީ
01 October 2025
އީ-ސިމް އެއް ނެގީމަ ނިމުނީ
ނަޖީބް
01 October 2025
ޢެރައިވަލް ކާޑް ފުރާއިރު އެމެޖެންސީ ކޮންޓެކްޓް ޖަހާއިރު ގަ ރާއްޖޭގެ އިންޓަނޭޝަނަލް ކޯޑް ހިމަނާފައެއް ނެތް. ލިސްޓަށް ރާއްޖެ އެޑް ކުރަން ގޮވާލަން.
ފަރީ 97
01 October 2025
ވަރަށް ރަނގަޅު ވާހަކަ އެއް ނެތް ނެތް ބަލަ އެމްބެސަޑާރ މިކަން ހައްލުކުރޭ