22 ޖެނުއަރީ 2025 - 15:22
ރާއްޖޭގައި ހިންދޫ ދީނުގެ ރޫހާނީ ފަރުވާ އާއި ފާލުބެލުމުގެ ހިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި ބިދޭސީންގެ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިފަހައްޓައިފި އެވެ.
އެ އިދާރާ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދޭން އުޅުނު އިންޑިއާގެ ތިން މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އެ އެންމެން ވެސް ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެއީ އުމުރުން 18 އަހަރާއި 25 އަހަރާއި 39 އަހަރުގެ ފިރިހެނުންނެވެ.
އެ އެންމެން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުތަކުގައި ބުނި ގޮތުގައި، އެ މީހުންނަކީ ފާލުބެލުމާއި ސިހުރު ރަނގަޅު ކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ ބައެކެވެ. އެޕޮއިޓްމަންޓް ހެދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ޖަހާފައި ވެ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވެ، އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
23 January 2025
މިތާގަ ގޯހީ ކޮންބައެއްތޯ؟ ﷲ ގެ އެއްކައުވަންތަ ގަބޫލުކުރާ ބައެއްގެ ގާތަށް 700 އަށްވުރެ ގިނަ ކަލާންގެތަކެއް ގަބޫލު ކުރާ ބަޔަކު އައިސް ރޫހާނިއޭ ކިޔައިގެން ފަރުވާ ދޭން ފެށުމުން ޑިމާންޑް އޮންނާނީ މުގައްރަރުގެ މައްސަލަ ސްކޫލުތަކުގެ މައްސަލަ ކިޔަވައިދިނުމުގެ މައްސަލަ އެދުރުންގެ މައްސަލަ އުޅޭތީނޫންތޯ؟ މުރުތައްދުވީ ކޮން ބައެއްތޯވެސް ބަލަން އެބަ ޖެހޭނު. ﷲ ގެ އުލޫހިއްޔަތާ ރުބޫބިއްޔަތާ ސިފަތައް ދިވެހި މުސްލިމުންނަށް ނޭގެނީތޯ؟
ޏާއްކޮ
23 January 2025
ނޭނގޭތީ ދޯ މިކަހަލަ ކޮމެންޓު ސެކްޝަންގަ ވެސް ހުސް ޖޯކު ޖަހަނީ. ރުގްޔާ އާއި ހިޖާމާއާއި އެއްވަރު ކުރަނީ. ކިހާ ބޮޑެތި ކަންކަން ކަމެއް ނޭނގެ. ނޫނީ އަޅާވެސް ނުލަނީ.
ބިޝުން ބިޝުން
22 January 2025
އައްދެ، ތިޔަ ރޫހާނީ ގުރޫޕަކަށް ނޭނގުނުދޯ ހިފެހެއްޓުމުގެ ކުރިން އެކަމުގެ ޚަބަރު ލިބިގެން ފިލާކަށް؟ އަމިއްލަ ހާލައިގެން ނޫޅެވޭ ބަޔަކަށް އަދި ކިހިނެއް އެހެން މީހުނަށް ފަރުވާއެއް ކޮށްދޭނީ؟
އަނީސް
23 January 2025
ދޮގެއްވާނޫން…އެއްޗެއް އެނގޭ ބައެއްވެސް ވެސް ނޫންތާ އެހެންވީމާ…ހެހެހެހެ
އެޗް އެމް
22 January 2025
ރާ ބޯ މީހާއާއި ވިއްކާ މީހާއަށް ވެސް އަދަބުދޭ ފަދައިން ފާލު ސިހުރު ޕަންޑިތު ޖާދޫ ތެރަޕީދޭ މީހުންނާ އެއްވަރަށް އެހިދުމަތް ހޯދާ މީހުންނަށް އަދަބު ދެވޭ ނަމަ ސިހުރުގެ ކަންކަން ތަންކޮޅެއް މަދުވީސް.
ޢަނީސް
23 January 2025
ޜުގްޔާކުރާ މީހުންވެސް ހިމަނައިގެންތަ ތިބުނީ؟؟؟
ދިވެހިވަތަން
22 January 2025
ޙަމަ ކޮސް އަދިވެސް ދިވެހިން ހަމަ އެހާމެ ގަމާރީބާ! ޙަރުބީ ބޮޑު ކާފަރަކު ލައްވައް ސިރުކުކުރަން ފާލަކީ ހަމަ ހިލާ ދިމާވާނެ އަދި ދިމާ ނުވެސް ކުރެވޭނެ ކަމެއް.މުޅިންވެސް ހީޔަކަށް މީހުންގެ ބޯކާނީ .
ކޮއިފުޅުބެ
22 January 2025
ހިތާމައަކީ އަހަރެމެންގެ ދީނީ ޢަޤީދާ ބަލިކަށިވެ، މާތްވެގެންވާ އިސްލާމްދީނާ ޚިލާފު ކަންކަމަށް ހިތް ލެނބޭތީ. މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންނޭ. ދަރީންނަށް ރަނގަޅަށް އިސްލާމްދީން އުނގަންނައިދީ. މިކަމުގައި އިހުމާލުނުވޭ.
ރޯނޭ
22 January 2025
މުސްތަގްބަލް ކިޔައިދޭން މިހާ މޮޅަށް އެނގޭ ބަޔަކަށް ކީއްވެބާ ނޭނގުނީ ރާއްޖެއައިސް އިސްތިހާރުކުރަން ފަަށާތަނުން މައްސަލަޖެހި، ހައްޔަރުކޮށް، ގައުމަށް ފޮނުވާލާނެކަން. މިފަދަ މީސްމީހުންގެ ގާތަށްގޮސް މިޒާތު ކަންކަން ކުރުމަކީ ފުރިހަމަ މުސްލިމަކު ކުރާނެކަމެއް ނޫން. ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަމެއް މީ.
ޏާއްކޮ
23 January 2025
އެމީހުންނަށް ވުރެ އެ މީހުން ގާތަށް ދާ މީހުން މޮޔައޭ
ހައިކ
22 January 2025
ތިކަހަލަ އެއްޗިހި ޖެހޭނީ ދެން ދުވަހަކުވެސް ނާދެވޭގޮތައް ޑީޕޯޓްކޮއް ފޮނުވާލަން
ލައިޓް
22 January 2025
އައި ފޯނުން ސިހުރެއް ނުހެދެޔޯ! ހެދެނީ އެންޑްރޮއިޑުންނޯ! އަމައްޔާތް!
4-ކޭ ޓީވީ
22 January 2025
އެ މީހުންގެ އެންމެ ފަހުގެ ފާލުން ދައްކަނީ ރާއްޖެ އިން އެމީހުން ޑީޕޯޓްކުރަން އުޅޭ މަންޒަރު!
ޑރ ވާންޗޯ
22 January 2025
ތިޔައީ ޑުބައި ބެންކޮކް އަށްގޮސް ތިޔައިންޑިޔާމީހުން އާންމުކޮށް ގަންނަގަނޑެއް، ތިގްރޫޕް ބެންކޮކްގަ ވަރަށް ގިނަވާނެ.