ބަނގުރާ ވިއްކާ މައްސަލާގައި ހައްޔަރުކުރި މީހުން.
18 ސެޕްޓެމްބަރ 2025 - 17:54
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން އައި ތިން ބިދޭސީއަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ މީހެކެވެ. އެއީ ބަންގްލަދޭޝްގެ 52 އަހަރުގެ މުހައްމަދު ބަދަލް އާއި 33 އަހަރުގެ ސައްބިރު ހޮސެއިންގެ އިތުރުން 20 އަހަރުގެ ރާޖް ދަސް އެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގެ ތެރެއިން، މާލޭގެ ތިން އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، ނުވަ ފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެހި ހުރި ފަސް ލީޓަރުގެ ހަ ފުޅި އާއި 500 އެމްއެލްގެ 78 ފުޅި އާއި 22 ޓައްޕު ފެނިފައިވެ އެވެ. ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 29،000ރ. އަށް ވުރެ ގިނަ ފައިސާ އާއި 100 ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި އެ ތަކެތި ގެންގުޅުމާއި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލޫސިޔާ
20 September 2025
ޑީޕޯރޓް ކުރާއިރަށް އެހެން ނަމެއްގަ އަންނާނެ. މިހެން ދެތިން ބުރު ފައިސާ އަނބުރާލާއިރަށް އަމިއްލަ ޤައުމުގަ ރަނގަޅު ވިޔަފާރިއެއް ފެށޭނެ!
ވެންގަބޯ
19 September 2025
މިހާރު އަނެއްކާވެސް ހުޅުމާލޭގައި ބޭރު މީހުން ކާރުސާފުކުރަން ފަށާފި ފަތިހު 30 :5 ފެށިގެން ބޭރުމީހުން އުޅެނީ ހެނދުނު 8:30 ހަމަޔަށް އޭގެފަހުން ނުނިކުންނާނެ ފިލާގެންއުޅޭނީ ރެޑްވޭވް ކައިރީގައި ހުރި ވަގުތީީ މިސްކިތް ކުރި މަތިން އޮންނަ ގޯޅިތެރޭގައި ކާރު ސާފުކުރަން މިގަޑީގައި ތިބޭނެއެވެ ބޭރު މީހުން ސާފުކުރަން މިމީހުން އަތުލާ ގަނެވޭނީީ މިގަޑީގައި އައިސްގެން
ވެންގަބޯ
19 September 2025
މިހާރު އަނެއްކާވެސް ހުޅުމާލޭގައި ބޭރު މީހުން ކާރުސާފުކުރަން ފަށާފި ފަތިހު 30 :5 ފެށިގެން ބޭރުމީހުން އުޅެނީ ހެނދުނު 8:30 ހަމަޔަށް އޭގެފަހުން ނުނިކުންނާނެ ފިލާގެންއުޅޭނީ ރެޑްވޭވް ކައިރީގައި ހުރި ވަގުތީީ މިސްކިތް ކުރި މަތިން އޮންނަ ގޯޅިތެރޭގައި ކާރު ސާފުކުރަން މިގަޑީގައި ތިބޭނެއެވެ ބޭރު މީހުން ސާފުކުރަން މިމީހުން އަތުލާ ގަނެވޭނީީ މިގަޑީގައި އައިސްގެން
ގޮނުއަނގަ
19 September 2025
ދެން އެމީހުން ޑީޕޯރޓް ކިރީވެސް 29000ރ އާއި 100 ޑޮލަރވެސް ދީފަތޯ. ދީފިއްޔާ ހަމަ ޝުކުރިއްޔާ. މިހެން މިބުނީ އެމީހުން ކުރި ޤަަނޫނީ ކުށަށް ދޭނެ އަދަބު ޤާނޫނުގައި ކަނޑައަޅާފައިވަނިކޮށް އަދަބެއް ނުދީ ޑީޕޯރޓް ކޮށްލާފައި ވާވާހކަ އެކަނި އޮތީމާ. ސަރުކާރުން ބަންގާޅީންނަށް ހާދަ ހެޔޮފުޅޭ ހާދަ ހެޔޮފުޅެ ހީވާތީ
ހަންމ
18 September 2025
ނޫނޭ ގަވައިދުގެ ތެރެއަށް ވައްދާ.
އޮނަރަބްލް އަފީފު ދީދީ
18 September 2025
ރާއްޖޭގެ އިމިޤްރޭޝަނުން ޑިޕޯޓް ކޮށްފައިބާ ބިދޭސީ އެތައްބަޔަކު ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރާއްޖޭގައި ކުރިން ހަމަ އުޅެމުން އަައިގޮތަށް "ވަގު ވިސާގައި" ރާއްޖޭގައި އުޅެމުންދާތަން ފެނޭ. އެހެންކަމުން އިމިޤްރޭޝަން ޤާނޫނާއި ޙިލާފުވާ ބިދޭސިންނާއި މިފަދަ އައިރު ޤާނޫނީ ޖަރީމާތައް ހިންގާ މިފަދަ ކަންކަމުގައި ބައިވެރިވުމުގެ ސަބަބުން ޑިޕޯޓް ކުރާމީހުން ޑީޕޯޓް ކުރާމުއްދަތު އިގޭގޮތަށް ޕޮޓޯއާއި އެކު އިމިޤްރޭޝަނުން އާންމުކޮށް އިޢުލާން ކުރުން ވަރަށް މުހިންމު.
ކޮރަލް
18 September 2025
ޑިޕޯޓް ކުރުމުގެ ކުރީން އެމީޙުންގެ އެކައުންޓް ތަކުގަ ހުރި ފައިސާ ފްރީޒް ކުރަން ވީ އެވެ.
ރަދީފްއޮފިޝަލް /
18 September 2025
ވަރަށް ރަނގަޅު.މިކަހަލަ މީހުން ބޭރުކުރަން ޖެހޭ.