ނެޝަނަލް ސާވިސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅުދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
01 އޮކްޓޯބަރ 2025 - 18:56
ހުނަރުގެ ގޮތުންނާއި އަހުލާގީ ގޮތުން ރަނގަޅު ޒުވާނަކު ބިނާކުރުން، އުސް އިމާރާތެއް ބިނާކުރުމަށް ވުރެ މާ މުހިއްމު ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ހާއްސަ އިސްނެންގެވުމަކަށް މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) އިފްތިތާހުކުރަން އެމްއެންޑީއެފް މާފިލާފުށީ ޓްރެއިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ އެ ހިދުމަތް އިފްތިތާހުކުރުމާ އެކު، މި ފެށުނީ ގައުމު ބިނާކުރުމުގެ ވަރަށް މުހިއްމު ސަފުހާއެއް ކަމަށެވެ. ނެޝަނަލް ސާވިސްގެ ތަމްރީނުގައި ބައިވެރިވި ފުރަތަމަ ބެޗުގެ ދަރިވަރުންނާ މުހާތަބު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އެ ދަރިވަރުންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމަށެވެ.
"ހަގީގަތުގައި ފަންސާސް ބުރީގެ އިމާރާތެއް އިމާރާތްކުރުމަށް ވެސް، ގައުމު ދެެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެެ.
މިއަދު ފެށި ތަމްރީނަކީ ވަރަށް މުހިންމު އަދި ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދަރިވަރުން ގަބޫލުކުރަން ރައީސް އެދިވަޑައިގަތެވެ.
"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެން ދެ ވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަ ކުދިން، ތިޔަ ޒުވާނުން ވެގެންދާނީ އަޅުގަނޑުމެން މި އުއްމީދުކުރާ ފަދަ އަދި ތިޔަ ކުދިން ވެސް އުއްމީދުކުރާ ފަދަ ބަޔަކަށް. މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާ އެކީގައި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވާ ކުރެވިފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވި އެވެ.
ނެޝަނަލް ސާވިސް ޕްރޮގުރާމް ފުރިހަމަކުރުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
އެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.
ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގެ ތަމްރީނުތަކުގައި 107 ރަށަކުން އުމުރުން 16-29 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވެފައި ވެ އެވެ. އެ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ހިމަނާފައި ވަނީ 343 ޒުވާނުންނެވެ. އެއީ ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ހުޅުވައިލުމުން ކުރިމަތިލި 1،242 މީހުންގެ ތެރެއިން ކަނޑައެޅި ފުރަތަމަ ގުރޫޕެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހހހހ
04 October 2025
ހަމަ ޖެހޭ ވާހަކައެއް ނޫން. ރަނގަޅަށް ކިޔަވައިގެންވް އައިސް ދިރިއުޅޭނެ އަދި މަސައްކަތް ކުރާނެ ރަނގަޅު ތަނެއް ނެތިއްޔާ އެކަކުވެސް މަޑު ނުކުރާނެ. ރާއްޖެއިން ބޭރަށް ދާނީ. މީހުންނާ އެއް ފެންވަރަށް ނޫނީ އެއަށްވުރެ ރަނގަޅަށް ތަން ތަރައްގީ ކުރަން ޖެހޭ.
ޟމމމމ
03 October 2025
އެހެންވީމަނޫންތޯ ރައީސް އިބޫ ޞާލިޙް ހިލޭ ޑިގްރީއަށް ކިޔެވޭނެގޮތް ހެއްދެވީ.
ރައިކް
02 October 2025
ޒުވާނުންނަށް ކުރި އެރޭނެ މަގުތައް ބަންދު.. ކޮބާ ތޯ ޕޭޕޭލް؟
ތަމްހީދު ގާސިމް
02 October 2025
ފަންސާސް ކީއްކުރަން 100 ބުރީގެ އިމާރާތެއްވެސް މުހިއްމެއް ނޫން ހަރުދަނާ ޒުވާން ޖީލެއް ނެތިއްޔާ. މިހާރު ބަލާ އަޅުގަނޑުމެންގެ ކަންކަން ހުރިގޮތް. މަސައްކަތެއްވިއްޔާ މިކުރަނީ ބިދޭސީން. އެންމެން މި ތިބެނީ ސަޔާ ކޮފީގަ. ގައުމު ހިންގާނީ ކިހިނެއްތޯ މިހެން.
ހަސީނާާ
02 October 2025
ޒުވާނުންތައް މިލިޓަރީ އަށް ނެރެފައި، ގައުމުގެ އިގްތިސާދު ބިދޭސީންނާ ހަވާލު ކުރީމާ، އަޅުވެތިކަމެއް ނުފިލާނެ، މިޒަމާނުގައި އިސްތިއުމާރު އޮތީ އިގްތިސާދުގައި، ކަނޑިބަޑީގެ ހަނގުރާމައަކު ނޫން. ޒުވާނަކަން ކަމެއްކޮށްދޭން ބޭނުމިއްޔާ ވަޒީފާގެ ފުރުސަތާއި ވިޔަފާރީގެ މަގުތައް ކޮށައިދީ
346632
02 October 2025
ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވާ ވާހަކައެއް މުއިއްޒު ތަކުރާރު ރިޔަ ކުރެއްވީ
ހޮޓްކިންގ
01 October 2025
ޒުވާނަކުވެސް ބިނާ ނުކުރެވޭނެ އަދި 50 ބުރީގެ އިމާރާތެއް ކީއްކުރަން 25 ބުރީގެ އިމާރާތެއްވެސް އެޅޭނެ ފެންވަރު މިސަރުކާރަކުނެތް. އެހެންވެ ބޭކާރު ވާހަކަ ދައްކަނީ. މިހާތަނަށްވެސް ނެތް އެއްކަމެއްވެސް ކޮށްދެވިފައެއް. ރައްޔިތުން ބަލައެއްނުގަނޭ މިސަރުކާރެއް.
ކަޅު ތުއްތު
01 October 2025
ހުނަރުވެރި ޒުވާނަކު ބިނާވެ ސަރުކާރާއި ދައުލަތުގަ އަޅުންނަށް ހަދަން ތޯ؟ މީގެ 50 އަހަރު ކުރިން ވެސް ރަށުން ބޭރުގައި އަހަރެމެން މައިންބަފައިން މަސައްކަތުގަ މިއަދު އަހަރެން (ހުނަރުވެރި ޒުވާނާ) ދަރިންނާއި ، އަނބިން ، ފިރިން މައިން ބަދައިން ދޫކޮށް ކޮންމެސް ވަޒީފާއެއްގެ ނަމުގައި ރަށުން ބޭރަށް އަރުވާލެވިފައި
ބޮޑުބެގެ ބެއްޔާ
01 October 2025
ވާހަކައިން ސަތޭކަ، ޢަމަލުން ސުމެއްގެ ރައީސެއް ދުށީމުތަ މިފަހުން؟
އަފްރާސިޔާބު
01 October 2025
ވާހަކައިންވެސް 0 ކަމަށް މުފައްކުރުން ބުނަނީ. ވާހަކައިން 100 ކަމަށް ބުނަނީ ވިސްނުމެއް އެބުނާ ވާހަކައަށް ނުވިސްނާތިބެ.
ޔޯރޯސިޓީ
01 October 2025
ޙެޔޮވާހަކައެއް.ވެރިކަމާއި ހަވާލުވިއިރު ކުރިން ވެރިކަމުގައި ތިބި މީހުންނަށް ބަހާނުލެވުނު ވިނަރެސް ފްލެޓްކަށްވީ ގޮތަކީ ކޮބައިތޯ ކޮންމެވެސް ބަޔަކު ބަލައިދީބަލަ.މިހާރުދޭ ފްލެޓްތަކުގެ ތެރެއިން ނުދީ މިހާތަނަށް ބާކީހުރި800 ފްލެޓަށް ވާނެ ގޮތަކާއިމެދު ހިތާމަކުރަން. ޥިނަރެސް އިން ބާކިވީ ފްލެޓަށް ވީގޮތްވުމަކީ ދުރުކަމެެއް ނޫން. ކުރީ ސަރުކާރުން ލިޔުން ލިބުނު ތިމާމެން ގަޔާވާ މީހުންނަށް މިހާރު ފްލެޓް ދެވިއްޖެ.މިގައުމުގައި އިންސާފަކީ ވަކިބަޔަކަށް ހައްގު އެއްޗެއް