މޯލްޑިވްސް ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗްގައި ތަމްރީނުވާ ދަރިވަރުންތަކެއް. -- ފޮޓޯ: ރައީސް އޮފީސް
01 އޮކްޓޯބަރ 2025 - 18:22
އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) އިފްތިތާހުކޮށް، އެ ހިދުމަތާ ގުޅުނު ފުރަތަމަ ބެޗްގެ ތަމްރީނުތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ސިފައިންގެ ޓްރޭނިން ސެންޓަރެއް ކަމަށްވާ ޅ.މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ސާވިސް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. ނެޝަނަލް ސާވިސް އިފްތިތާހުކުރުމުގެ ގޮތުން އެ ހިދުމަތް އެމްއެންޑީއެފްއާ ރައީސް ހަވާލުކުރެއްވުމާ އެކު ޓްރޭނިން ސެންޓަރުގައި މިއަދު އެ ހިދުމަތުގެ ދިދަ ނެގި އެވެ.
ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގެ ދަރިވަރުން އެ ހިދުމަތުގެ ވައުދުވުމާއި އެ ދަރިވަރުން އެކަމުގެ އިގުރާރުވުމާއި ޓްރެއިނަރުން ވައުދު ވުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.
މޯލްޑިވްސް ނެޝަނަލް ސާވިސްގެ ފުރަތަމަ ބެޗްގައި ތަމްރީނުވާ ދަރިވަރުންތަކެއް. -- ފޮޓޯ: ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ވާހަކަ ރައީސް ވިދާޅުވީ މިއީ ޒުވާނުން ބިނާކުރުމަށް ފެށި ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެ ހިދުމަތް ތައާރަފްކުރަން ނިންމެވީ ރާއްޖޭގެ ތަރައްގީ ފުރިހަމަކުރެވޭނީ ޒުވާނުން ބިނާކޮށްގެން ކަަމަށް ވާތީ ކަމަށެވެ.
ނެޝަނަލް ސާވިސްގެ ތަމްރީނުގައި ބައިވެރިވި ދަރިވަރުންނާ މުހާތަބު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ތަމްރީނަކީ ވަރަށް މުހިންމު އަދި ލިބުނު ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދަރިވަރުން ގަބޫލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެން ދެވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަ ކުދިން، ތިޔަ ޒުވާނުން ވެގެންދާނީ އަޅުގަނޑުމެން މި އުއްމީދުކުރާ ފަދަ އަދި ތިޔަ ކުދިން ވެސް އުއްމީދުކުރާ ފަދަ ބަޔަކަށް. މިހާރަށް ވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާ އެކީގައި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް އެމްޕަވާ ކުރެވިފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށް ވުރެ ވެސް މާ މުހިއްމު ކަމެކެވެ. އެހެންވީމާ މިއަދު ފެށި މަސައްކަތަކީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް ނެޝަނަލް ސާވިސް އިފްތިތާހުކުރުމުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ނެޝަނަލް ސާވިސް ޕްރޮގުރާމް ފުރިހަމަކުރުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތުން ފުރުސަތު ދޭނެ ކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފަ އެވެ.
އެ ޕްރޮފްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ. ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މިހާރުގެ ވިސްނުމަކީ ޕްރޮގްރާމް ފަށާއިރު 6،000ރ. ގެ އެލަވަންސެއް ދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރފރވ
02 October 2025
އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު...ހެހެހެ އެކަހަލަ މީހުން ތިބޭނީ ސިޔާސީ މައިދާނުގަ ހިހޫތަނުން ކެވުނު ގޮތަކަށް ކާން،،،
ބުރުސްލީ
02 October 2025
އެކުދިންނަށް ކިހިނެއް ހަަދާފަ އެހެރީ. އަދި ރަނގަޅަށް ތިޕްރުގުރާމް ނުފެށޭ. ތިކުދިންގެ ދުވަސް ދުއްވާލީތިދެން. ޕޮޓޯތަކަށް ބަލާލީމަ އެކަން ރަންގަޅަށް އެބަ އިގޭ.
ޒިޔުނާން
02 October 2025
ތިޔަދޭން އުޅޭ ތަމުރީނު ނިމޭއިރު ސިފައިނެކޭ ފުލުހުންނެކޭ އެއްވެސް ތަފާތެއް ނުހުންނާނެ! ލަދެއް ޙަޔާތެއް ނުހުންނާނެ! އޯގާތެރިކަމެއް ރަޙުމެއް ނުހުންނާނެ! ވަޙުޝީކަން އިތުރުވެ ޙަރާމްކުރެއްވި ކޮންމެ ކަމަކަށް އަރައިގަތުން އޮންނާނީ ހޮބީއަކަށްވެ ނިމިފައި! ފުރާވަރުގެ ދެޖިންސް މިކްސްކޮށްގެން ތިގަންނަ ގަނޑު މިފަސްގަނޑުން މިދަނީ ފެންނަމުން!
އައްބެ
02 October 2025
މިއީ ކުރުން ލަސްވެފައިވާ ކަމެއް. މި ޕްރޮގްރާމް ނިންމާކުދިންނަކީ އިސްލާމްދީނަށާއި ސުންނަތަށް ލޯބިކުރާ ބަރާބަރަށް 5 ނަމާދު އޭގެ ވަގުތުގައި އަދާކުރާ ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކޮށްދޭންވާނެ. އެކަމަކު މިހާރުވެސް ފޮޓޯއިން މިފެންނަނީ ބޮލާއި ތުނބުޅި ބާލުވާފައިވާ ކުދިންތަކެއް. މަޖުބޫރުން މިފަދަ ދީނީ ޝިއާރުތަކާއި ދުރު ކަންކަންނުކޮށް މިލިޓަރީ ތަމްރީނު ދެވެންވާނެ.
ހަސަންރަހާ
02 October 2025
ޒުވާން ކުދި ބަޔަކު ސިފައިންނާ ހަވާލުކޮށްގެން ތަމްރީނު ކުރީމާ، ވާނޭގޮތް ލަފާ ކުރެވޭ. އާއްމު ކޮށް ސިފައިންނާ ފުލުހުން ވާހަކަދައްކާ އުޅޭ ހުތުރު ބަހުރުވައިން ވެސް މި ތަމްރީނުގެ ނަތީޖާ އަންދާސާ ކުރެވޭ....
ކިޔަވެލި
02 October 2025
ނެޝަނަލް ސާވިސް ޕްރޮގުރާމް މިއީ އާޙިރުގައި ކޮންބޭނުމެއްގައި ކުރާކަމެއްކަން އެނގެނީ ވަރަށް އަރިސް މަދުބަޔަކަށް ކަމަށްވަނީ.
ށަލިމާ
02 October 2025
ސިފައިން ލައްވާ ކުރުވާ ވަރުގެ ކަމެއް ނޫން ތީ. ޤައުމީ ހިދުމަތަކީ ހަމައެކަނި ކަމަށް ޤަބޫލު ކޮށް ސިފައިން ލައްވާ ހަރުކަށި ތަމްރީން ކޮށް ނެރުނީމަ އުފެދޭނީ ހުނަރެއްނެތި ޔެސް ސަރ ކިޔައިފަ ބުނި ހާ ކަމެއް ބުނިގޮތަކަށް ކުރާ އަޅުންތަކެއް. ދަސްކޮށްދޭންވީ ހުނަރާއި ދީނުގެ ހަމަތަށް، ހިސާހިތަކު ޤައުމުދެކެ ލޯބިވާ ދަރިން އުފެދޭނެ. ހުނަރު އެއްޗަކީ، ދެން ގޮސް ސިފައިންގޭގެ ޓްރެއިންގް ހެދީމަ ކިޔާ ޔެސް ސަރ އަޅުވެތި ނުވެ ތިބެވޭނީ.
ފަރަންޖީ
02 October 2025
ސިފައިންގޭގައި ޔެސް ސަރ ކިޔަނީ އިހުތިރާމް ކުރުމުގެ ގޮތުން. އެއީކީ އަޅުންނަށް ވުމެއް ނޫން. ތިޖެހުނީ ގޮސް އަނެއް ބިތުގައި. ތިވިސްނުމާހެދި މިގައުމުގައި ފިތުނަވެރިކަމާ ޖާހިލުކަން އިތުރުވެގެން މިއުޅެނީ. ދީނުގެ ހަމަތާކާ ޑިސިޕްލިންއާ އިތުރު ހުނަރުތަކާ ޓީމެއްގެ ގޮތުގަ މަސައްކަތްކުރުމާ އެކަކު އަނެކަކަށް އިހުތިރާމުކުރުމު ކުރުން ފަދަ އެތައްކަމެއް މިޓްރެއިނިންގއިން ހާސިލްވޭ. މީ ދުނިޔޭގެ އެތައް ގައުމެއްގައި ކުރާކަމެއް.
ބޮއި ހަލާކު
02 October 2025
އަތަކާ އިލްމަކާ ވަސީލަތެއް ލިބިގަ އޮތީމަ ވާނުވާ ނޭގުނަސް ކޮމެންޓް ކުރާތި ބުރާންތި
ޕަބްލިކް
01 October 2025
ނާތަހުޒީބު ކަމެއް އަނެއްކާ މި ފެށީ މިރާއްޖޭގަ. ދުވަހަކުވެސް ކުރިއެއް ނާރާނެ މިރާއްޖެއެއް. ދެން މި މިހެން ބުނީމަ ސިންގަޕޫރޭ ފަޅޮލޭ ކިޔާފަ ކޮމެންޓުކުރާނީކީނޫން. ސިންގްޕޫރު އަދި ކޮރެއާގަވެސް މިހާރު މީ ޕޮޕިއުލާރ އެއްޗެއްނޫން.
މަކުނު
02 October 2025
ނާތަހުޒީބުވެފަ ޕޮޕިއުލާރ ނުވާތީ އެހާ ގިނަ ކުދިން އޭގަ ބައިވެރިވީ.
ދޮންކަރާ
02 October 2025
ތަހުޒީބުވެގެން ގޮސް އަދަބު އިހުތިރާމެއް ކުރަން ނޭންގޭ، ދިރިއުޅުމުގެ އެއްވެސް ހުނަރެއް ނެތް، ޑްރަގުގެ ވަބާއިން އިން ސުންނާފަތިވަމުންދާ ޖީލެއް ސަލާމަތްކުރުމަށް ނާތަހުޒީބު އަމަލެއް ޓެސްޓު ކުރުމަކީ ހަމަ ރަނގަޅު ކަމެއް. ޕޮޕިއުލާ ނުވުމަކީ ނާތަހުޒީބު ވުމެއްނޫން.
ވަކުނު
02 October 2025
މަޖުބޫރުކުރީމަ ކުދިންބައިވެރިވާނެދޯ.
ސަނާމް
02 October 2025
ބައެއް މީހުންނަށް ރަނގަޅު އެއްގޮތެއް ނޯންނާނެ. ހަމަ ހުސް އަނގަތަޅާނީ. ޒުވާން ޢުމުރު އެކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަކީ މުޅި ޢުމުރު އެކުދިންގެ އަޚްލާޤް ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް ކޮށްދެވޭނެ އެންމެ ރަނގަޅުކަންތައް. އެކުދިންނަށް ދީނީ ކަންކަން ދަސްކޮށްދިނުމާއެކު މަސައްކަތުގެ އަޚްލާޤްވެސް ދަސްކޮށްދީ ހަށިހެޔޮ ޒުވާނުންތަކެއް ބިނާކޮށް ޤައުމަށް ނެރެންވީ. މީ މިފަހުގެ ޒަމާނެއްގައި ފެއްޓި އެންމެ އިތުބާރުހުރި މަސައްކަތް. މީގެ ނަތީޖާ ފެންނާނެ.
ހީވާ ގޮތްތަ؟
01 October 2025
ކޮންމެ އަޅި ޔުނިފޯރމްއަކީ އަކާ ވޯޓްތަކާ ވަރަށް ގުޅުން އެބަ އޮތް ދެއްތޮ؟
ކޮރަލް
01 October 2025
ވ ރަނގަޅު ...