އެމްއޭސީއެލްގެ އާ ޓާ މިނަލްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން. އެކުންފުނީގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި 25،000ރ. ވަނީ ދީފައި-- ފޮޓޯ: މިހާރު
01 އޮކްޓޯބަރ 2025 - 22:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000ރ. ދޭން ނިންމައި ފައިސާ ޖަމާކޮށްދޭން ފަށައިފި އެވެ.
މިދިޔަ ހަތަރު އަހަރު ވެސް އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000ރ. ދީފައި ވެ އެވެ. އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވީ، މިއަހަރު ވެސް 25،000ރ. ގެ ބޯނަސް ދޭން ނިންމީ، މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، ކަނޑައެޅިފައިވާ ސުންގަޑިއަށް އާ ޓާމިނަލް ހުޅުވަން މިދިޔަ އަހަރަކީ އެ ކުންފުނީގެ މުވައްޒަފުން އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް އަހަރު ކަމަށެވެ. އެކަން ބޯޑުން އަދި މެނޭޖްމަންޓުން ވެސް ފުރިހަމައަށް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުން ފެށިގެން މުވައްޒަފުންގެ އެކައުންޓްތަކަށް ބޯނަސް ފައިސާ ވަނީ ޖަމާކުރަން ފަށައިފަ އެވެ. މުވައްޒަފުންނަށް ބޯނަސް ދިނުމުގައި މިދިޔަ އެއް އަހަރުގެ މަސައްކަތްތަކަށް ބަލާނެ އެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
މިދިޔަ އަހަރު އެމްއޭސީއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ. އެއީ ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެމްއޭސީއެލްއަށް 2023 ވަނަ އަަހަރު ފައިދާގެ ގޮތުގައި ލިބުނީ 903 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަންކަރިންގް
02 October 2025
600ރ ނޫނީ މަސްދަޅު ކޭހެއް އަހަރީ ބޯނަސް އަށް ދިނީމަ ލަދު ނުގަނޭތޯ ؟
ޙަސަނަނާ
02 October 2025
ތީކޯއްޗެއް؟ ގިނަ ބޮޑެތި ކުންފުނިތަކުންދޭ 1 ލައްކަ ރުފިޔާއަށްވުރެ ގިނައިން
ނަމެ
02 October 2025
އޯކޭއެވެ. ދެން ވަޒީފާއެއް ނެތްތޯއެވެ؟.
ސުންބުލި
02 October 2025
ރަނގަޅު ކަމެއް. މޔވައްޒަފުންގެ ހިތްވަރަކީ ކުންފުނީގެ ކުރުއެރުން.
ހޮޓްކިންގ
02 October 2025
ހުރިހާ މަސައްކަތެއް ކަސްޓަމާއި، ސިކިއުރިޓީއާއި އިމިގްރޭޝަން. ފޮނިކޮޅު އެމްއޭސީއެލް. ކިހާތާހިރު.
ތަންދޮރު
02 October 2025
ކޮންކަމެއް ކަސްޓަމްސްއާ ސެކިއުރިޓީއާ އިމިގްރޭޝަން ކުރީ؟ ހުރިހާ ކަމެއް ރެޑީ ކޮށްލާފަ ހަމައެކަނި ގުޅީމަ އަންނަ ބައެއްގެ ވާހަކަ ތި ދައްކަނީ. ގިނަ ފަހަރަށް އޮޕަރޭޝަން އަށް ވެސް ބުރޫ އަޅަނީ ތިޔަ ކިޔާ ބައެއް ހަމަނުވެގެން ޕިސް ޕިސް
500ރ ހަމަނުވޭ އަހަރީ ބޯނަސް އަށް
02 October 2025
ކޮބާ އެމްޕީއެލްވެސް ތި ލިސްޓަށް ލާ؟
ހަކުރޭ
02 October 2025
މިސަރުކާރުންވެސް މިފެންނަނީ ޤައުމު ލޫޓުވާތަން ކޮންމެރަށަކު 200 އެސްޕީޑީން ލައިގެން އެމީހުނައް ބޮޑުމުސާރަދޭން ނިކަމެތިރައްޔިތުން ނަންމަތީ ބޮޑެތިލޯނު ނަގާތަން މިފެންނަނީ ކުރާ އުމްރާނީ މަސައްކަތެއް ހަރާން
ހުޅޫލޭ ބޮޑު މިނިޔާ
02 October 2025
އޮކްޓޫބަރ 3 ގެ އިފެކްޓް
ހިޔާލީ އަލީ
02 October 2025
ޓުއަރިސްޓުން އަތުން އެއަޕޯޓު ޑިވެލޮމަންޓަށޭ ކިޔާފަ ލާރި ނަގާތީ ގިނަ ޓުއަރިސްޓުން ހިތްހަމަ ނުޖެހޭ، ބަޖެޓު އެއަލައިންތަކުން ޓިކެޓު އަގުގެ ތެރޭގައި މި އިންނަނީ އެއަޕޯޓު ޓެކްސް، މި ހުރިހާ ފައިސާއެއް ހޯދާފަ މި ބަހާލަނީ ކޮންމެ މުއައްޒަފަކަށް އަހަރަކު 25000 ރުފިޔާ، މިއީ އިންސާފެއް ނޫން
މިވަރެއްނެތް
02 October 2025
ބާލިދީ އެއަރޕޯޓުގެ މުވައްޒަފުންނަށް ބޮޑު މުސާރަ ދީ އަދި މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދިނުމުގެ އިތުރުން މިއަހަރު އެކަނިވެސް 125 މިލިޔަން ބޯނަސް ބެހިއިރު ތަނުގެ ހާލަތު ފެނިފަ އެވެރިން ލަދުނުގަތަސް މަމެން ލަދުން މަރުވާވަރުވޭ!
25،000 ރ ދީގެންވެސް
02 October 2025
ވެހޭ ވާރެ ކޮޅު އަދި ރިޕެއަރ މަސައްކަތް އަދި ޚިދްމަތްތަށް ހަމަ ސުމެއް ދެއްތޮ؟
ކޮރަލް
02 October 2025
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި 5،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ކޮންމެ މީހަކަށް 25 ހާސްރުފިޔާ އެވެ. މިއީ ކުންފުނީގެ ފައިސާ އެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ފައިސާ އެވެ. ކުންފު ތަކުން އަމިއްލަ އަށް ބޭޏުން ވަރަކަށް މުސާރަ ހަދާ ބޭނުންވަރަކަށް ބޯަނަސް ދެނީ އެވެ. އެއްހަމަ އެއް ނެތެވެ. ގަވާއިދެއް އުސޫލެއް ނެތެވެ.
ބުރުސްލީ
02 October 2025
އެމްއޭސީއެލްގައި ތިބެނީ 600 އެއްހާ މުވައްޒިފުން. މީކީ ރައްޔިތުންގެ ލާރިއެއްނޫ، މީ ކުންފުނީގެ ލާރި. އެމްއޭސީއެލްގެ މުވައްޒިފުންނަކީ ބުރަކޮށް މަސައްކަތްކުރާ ބައެއް. ކަލޭމެންހެން ކާޑު ޖަހާލާފަ ކޮފީއަށްދާ ބައެއްނޫން. ބަންދުގެ ގޮތުގައި ހުކުރެއް، ހައްޖެއް، އީދެއް ލިބޭބައެއްނޫ. އެމީހުންނަށް އެލިބުނު ބޯނަސް ފުރިހަމައަށް ހައްގު.