ކޮރަޕްޝަންގެ ތަހުގީގަކާ ގުޅޭ ގޮތުން ފުލުހުންނާ އެކު އޭސީސީން ބޭއްވި ބައްދަލުވުމުގައި އޭސީސީގެ މެމްބަރުން.-- ފޮޓޯ: ޕޮލިސް
02 އޮކްޓޯބަރ 2025 - 21:28
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައެއް މިހާތަނަށް ތަހުގީގުކޮށް ނިންމާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން 123.7 މިލިއަން ރުފިޔާ އަނބުރާ ހޯދަން ކަމާގުޅޭ އިދާރާތަކަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައިގެ ތަހުގީގު ނިންމައި މިހާރު އޮތީ ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިވަގުތު 37 މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށް ބުންޏެވެ.
އޭސީސީން ބުނި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގުތަކުގައި އަމަލުކުރަމުންދަނީ ގާނޫނުއަސާސީ އާއި ކޮމިޝަނުގެ ގާނޫނާއި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި އެ ކޮމިޝަނުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އޭސީސީން ބުނީ ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ގާބިލުކަން ތަންދޭ އެންމެ މަތީ މިންވަރެއްގައި ތަހުގީގުތައް އަަވަސްކޮށް ފިޔަވަަޅު އަޅާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުކުރިއަށްދާ ގޮތް އެ ކޮމިޝަނުން އާންމުކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ އެންމެންގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ އޮފީހުން އަންގާފައި ވަނިކޮށެވެ.
ޕީޖީން ވަނީ އެ މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން އޭސީސީއަށް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމުގެ ގޮތުން ޕްރޮސިކިއުޝަން ޓީމުތަކެއް އެކުލަވާލައިފަ އެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން އެ މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ތަހުގީގުތަކުގައި ފުލުހުން ބައިވެރިކޮށްގެން ފުޅާ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވެސް އޭސީސީއަށް އަންގާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ދައުލަތުން ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕީޖީން ވަނީ މިދިޔަ ޖެނުއަރީ މަހު ނިންމައިފަ އެވެ.
އެމީހުންނަށް ލުއި ދިނުމުގެ އެއްބަސްވުންތައް ކުރީ ސަރުކާރުން ހެދީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށާއި ގެއްލިފައިވާ ފައިސާ ހޯދުމަށް އެހީވާނެ ކަމަށް ބުނެފައިވާތީ އެވެ. އެކަމަކު އެ އެއްބަސްވުން ހެދިޔަސް އެކަމަށް އެހީ ލިބިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަންނާނު
03 October 2025
މިވެސް ވޯޓާއި ކައިރިވެގެންއަންނައިރު އަބުރަންގެންގުޅޭ ގޭސްގަޑެއް
ކާކީ
03 October 2025
މިވެސްވަރައް ޖޯކުކަމެއް ސިޔާސީގޮތުން ވޯޓާއި ކައިރިވެގެން އަންނައިރު ކޮށްފަނުކުރާނެކަމެއްވނޯންނާނެ
އަބްޑޫޅް +
03 October 2025
އޭގެ ބައެއް މީހުން އަރާމުގަ ރާއްޖޭން ބޭރުގަ ވެސް އެބައުޅޭ. އަންގާލީމް ލާރި އަނބުރާ ނުދިނީތަ؟
މިއައު
03 October 2025
123 މިލިއަން ރުފިޔާ ތީ ކޯއްޗެއް. އެއްބައި ކަނޑާފަދޯ ތިކިޔަނި
އެކްޓިވް
03 October 2025
ކުޅިވަރެއް އެބަހުއްޓެއްނު! ހުރިހާ ތަނެއް ހާދަ އެކްޓިވް ވެއްޖެއޭ.
ލީވާން ޔުސްރީ
03 October 2025
ރައީސް މުއިއްޒު މިދަބީ ހަގީގީ ޒީރޯ ޓޮލަރެންސް ގާއިމް ކުރަމުން، އިބޫގެ ޒީރޯ ޓޮލަރެންސް ގެ ދަށުން އެމްއެމްޕީއާރުސީގެ ވަގުން ދޫކޮށްލީ
އަލީ ވަހީދު ދާދާ
03 October 2025
މަ ބުނެފަ ވާނެ އެމްއެމްޕީއާރުސީގެ 30 މިލިއަން ވަނީ ކާކު އަތަށް ކަން
މަލާކާ
03 October 2025
އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ލިބިފަ ވަނީ އެމްޑީޕީ ބޮޑުންނަށް
މޭޑޭ އިމުރާނު
03 October 2025
މޭޑޭގަ އިމުރާނު ކަރު ފުއްޕާފަ ވާހަކަ. ދަޢްކާފަ މިނިސްޓަރު ކަމުގަ އުޅުނީ އަދީބު ... .. ނަގައިގެން މީ ހަގީގަތް
އަޖުހަދު
03 October 2025
އަދީބު ދޫކޮށްލީ އެމްޑީޕީ މީހުން ބުނެގެން ކޮށްފަ އޮތް ވައްކަމެއް ވީމަންކަން ޔަގީން