މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
03 އޮކްޓޯބަރ 2025 - 12:54
ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި މަތީ ސާނަވީގެ އާ ސްކޫލެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ "މާލެ ވޮކޭޝަނަލް ހައި ސްކޫލު" އަށް އަންނަ ހުކުރު ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި އެ ތަނުން ޖާގަ ލިބޭ ދަރިވަރުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށް ބުންޏެވެ.
އެ ސްކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑު 10 ފުރިހަމަކުރުމާއި މިދިޔަ ޑިސެމްބަރު 31އަށް 18 އަހަރު ނުފުރުން ހިމެނެ އެވެ.
އެކަމަށް އެދި ގޫގުލް ފޯމް އަދި މިނިސްޓްރީގެ ވެބްސައިޓުން ފޯމު ހުށަހެޅޭނެ އެވެ.
މިނިސްޓްރީން ބުނީ ފަންނީ އަދި ގާބިލް ދަރިވަރުން އުފެއްދުމަށް ފަށާ ޕްރޮގްރާމުތައް ފުރިހަމަކުރާ ދަރިވަރުންނަށް ލެވެލް 4 ގެ ގައުމީ ސެޓްފިކެޓެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން، ސެޓްފިކެޓް ހޯދި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
މި އަހަރުގެ އިންޓޭކުގައި ތަފާތު 10 ވައްތަރެއްގެ ތަމްރީނު ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގައި ހިމެނެނީ؛
- އާކިޓެކްޗަރަލް ޓެކްނޮލޮޖީ އަދި ޑިޒައިން
- އޮޓޮމޭޓިވް އިންޖީނިއަރިން
- ކޭކު ޑެކެރޭޝަން
- ސިވިލް އިންޖީނިއަރިން
- ވަޑާމުގެ މަސައްކަތް
- އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖީނިއަރިން
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ފޮޓޯނެގުން
- ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން
- ކުދި ވިޔަފާރި މެނޭޖުކުރުން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓުގައި ވަނީ އަލަށް ހުޅުވާ ވޮކޭޝަނަލް ސްކޫލުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ވޮކޭޝަނަލް ޕާތުވޭ ނިންމުމަށްފަހު ޔުނިވާސިޓީއަކުން ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުން ނުވަތަ ވަޒީފާއަކަށް ދާން ބޭނުންވާނަމަ އެ ފުރުސަތު ލިބޭނެ ކަމަށެވެ.
"އެކަޑަމިކް ޕާތުވޭއަށްވުރެ ވަކި ފުރުސަތު ކުޑަނުވާނެ އެވެ. ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން މި ފުރުސަތުގެ ބޭނުންހިފާށެވެ،" އޭނާ އިލްތިމާސްކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ގްރޭޑު 10 ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި އިތުރުކޮށް އުފެއްދުންތެރި އަދި ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ކަމަށެވެ.
އޭ ލެވެލްއަށް ވަދެވޭ ކްރައިޓީރިއާ ދަށްކުރުމާއެކު، މަތީ ސާނަވީއާ ގުޅުނު ދަރިވަރުންގެ އަދަދު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ.
ޝަފީއު ވިދާޅުވީ 2023 ވަނަ އަހަރު އޭ ލެވެލްއާ ގުޅުނީ، އެ އަހަރު ގްރޭޑު 10 ގައި ތިބި 6،700 ދަރިވަރުންގެ ތެރެއިން 2،100 އެއްހާ ދަރިވަރުން ކަމަށެވެ. އެއީ ގްރޭޑް 10 ގައި ތިބި ދަރިވަރުންގެ 31 ޕަސެންޓެވެ.
ނަމަވެސް، ފާއިތުވި ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު މަތީ ސާނަވީ އަށް ކިޔަވާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހުން ގްރޭޑު 10ގައި ތިބި 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން ވަނީ މަތީ ސާނަވީއަށް ކިޔަވަން ފަށައިފަ އެވެ.
އެއީ، ގްރޭޑު 10 ގައި ތިބި ދަރިވަރުންގެ 49 ޕަސެންޓެވެ.
މިނިސްޓަރު ވިދާޅުވީ 2023 އާ އަޅާބަލާއިރު ގްރޭޑް 10 ގައި ތިބި ދަރިވަރުންގެ ރޭޓުން 18 ޕަސެންޓު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ވޮކޭޝަނަލް ޕްރޮގްރާމްގެ ހާއްސަ ސްކޫލަށް ހުޅުވާލިއަސް، އެ ތަން ހަދާފައިވާ ތަނެއް އަދި ސާފެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަގަތްފާނު
03 October 2025
މިމީހުންގެ ކަންތައްހުރި ހިސާބަކީ ރާއްޖޭގައި ހެޓަކަށް ދަނޑުވެރިކަންކުރާ ބިންގަނޑު ރަނގަޅު މާސިންގާ ރަށްރަށްހުއްޓާ ރާއްޖެއަށް ބޭނުންވާ ކާނާ ހައްދަން ދަނޑުވެރިކަމަށް ކަނޑައެޅީ ކ.މާލެއާ ޖެހިގެން ކަނޑުއަޑީގައޮތް ތަނެއް. ތިވަރުބަޔަކު ތިކަހަލަ އަށްޑިހައިގެ ނިންމުންތައް ނިންމީމާ އަހަރެމެން ހާރާނެއްނުވޭ.
މުޑަހަންޖާ
03 October 2025
ތިކަމުގެ ސަބަބުން އެކަނިވެސް ތިރަށުގެ ގޭގެއިން 500 އެއްހާ ކޮޓަރި ތިންހަތަރު އަހަރަށް ވިކި، ރިސޯޓެއް ހުޅުވުމަށްވުރެ ގިނަ ފައިސާ ރަށަށް ވެއްދުނީ. ދެރައީ ކ.މާލޭގައި ތިވަރުކަމެއްކުރާއިރު ރަށުގެ ރައްޔިތުން އުފާފާޅުކުރަން ބަނދަރުމައްޗަށް ނިކުމެ ނުތިބޭކަން.
ސޭޑް
03 October 2025
ކީއްވެ ހުރިހާ ކަމެއް މާލޭގަ ކުރަނީ. ކޮންމެ ސަރުކާރަކުން ވެސް ބަލަނީ މާލެ ތަރައްގީ ކުރެވޭތޯ. ދެން ރަށްފުށު މީހުން މާލެ ދިޔައީމަ މާލެ މީހުން ވީ އެއްޗެހި ކިޔަން. ބުނަން ބޭނުންވަނީ މާލެ ބަދަލު ވާ އެންމެން ބަދަލުވަނީ މާލެ ތޮށްޖައްސާކަށް ނޫނޭ. ހަމަ ގޮތް ނެތިގެން ދާމީހުން ވެސް އުޅޭ. އެހެން ނޫނީ މި ހިތްފަސޭހަ ރަށްފުށު ދިރިއުޅުން ދޫކޮށްލާނީ ކާކު.
ކަޑުކޮސްވޮކޭޝަނަލް
03 October 2025
މޯލްޑިވްސް ޕޮލިޓެކްނިކް މިއީ ކީކުރާ ތަނެއް ދެން ؟ މި އޮތް ކުޑަ ޤައުމުގައި ރިސޯސް ރިޑަންޑެންސީ ގިނަވެގެން ގޮސްވެސް ދައުލަތު ގެ ޚަރަދު އަތުފަށުނުޖެހޭ ހިސާބަށް އެބަދޭ. މުޅިވެސް ވެސް ސިޔާސީ ވަޒީފާ އުފެއްދުން
އޮނަރަބްލް އަފީފު ދީދީ
03 October 2025
މާލޭސަރުކާރުން މިހެން ކަންތައްކުރާތީ އަހަރުމެން މާލޭގައި އޮތީ "އެއްރަށްދައުލަތް ސިޔާސަތެއް" ކަމަށާއި މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރާންތިބޭ އެރަށު ބިންވެރިން އެމީހުން މަސައްކަތެއްނުކޮށް އާމްދަނީހޯދަން ވޭތުވެދިޔަ 60 އަހަރުތެރޭގައި މާލޭސަރުކާރުން ޤާއިމްކޮށްދީފައިވާ "ކުލީއަޅުން އެރަށަށް ޖަމާކޮށްގެން އެމީހުންފެލާލައިގެން ނަގަމުންއަންނަ ބޮޑުކުއްޔަށް އުނިކަން ލިބޭނެފަދަ އެއްވެސްކަމެއް ނުކުރާނެކަން" އަހަރުމެނަށް ވަރަށް ރަނގަޅަށް އިގޭ.
ރާއްޖެ
03 October 2025
ބަންދު ދުވަހު ސްކޫލަށް ގެންދަން ޖެހުމާއި ސެޝަން ގަޑީގެ އިތުރުން އެހެން ގަޑި ތަކުގައި ކުދިން ސްކޫލަށް ގެންދަން ޖެހުން މިއީ ހުއްޓުވަން ޖެހޭ ކަމެއް. އިތުރު ހަރަކާތް ބާއްވާ ނަމަ ސެޝަން ގަޑި ނިންމާފަ ކުރިއަށް ގެންދިޔުން ރަގަޅު. ހެނދުނު ސްކޫލަށް ރޭގަނޑު ސްކޫލަށް ގެންދިޔުން ހުއްޓުވަން ޖެހޭ.
ސޭޑް
03 October 2025
އައި އެގްރީ
ރާއްޖެ 2.0
04 October 2025
އިތުރު ގަޑިއެއްގައި ގެންދަންވީ ކީއްކުރަންތޯ؟ އިތުރު ހަރަކާތް ސެޝަން ގަޑިއަށްވެސް ލެވޭނެ ގޮތެއް ބަލަންވީ… ދުވާލަކު ސްކޫލުދަށް ތިން ހަތަރު ފަސްބުރު ޖަހާކަށް ނުޖެހޭނެ އޭރަށް… އެހެން ގައުމުތަކުގައިވެސް ދިރިއުޅެނީ ހަނަ އިންސާނުން… ސެޝަން ގަޑި ނިމުނީމާ އެމީހުން ސްކޫލު ބަނދުކޮށްފައިދަނީ ގެޔަށް… ތަރައްޤީ ނުވެގެން އެމީހުންގެ ޤައުމު ސޮއްސައިލާގެން ފަހަތަށް ދާތަނެއް ނުފެނޭ…
އޮނަރަބްލް އަފީފު ދީދީ
03 October 2025
ޑރ މުއިއްޒު ވެރިކަމާއި ޙަވާލުވެގެން އެންމެފުރަތަމަ ކުރެއްވިކަމަކީ "އިންޑިޔާ ސަރުކާރު ހިލޭ އެހީގައި ލ.އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް" މާލެއަށް ބަދަލުކުރުން. ކ.މާލެއަށް ހޮސްޕިޓަލް ބަދަލުކުރީ ކ.މާލެއާއި އެހާދުރުގައި ކެންސަރު ހޮސްޕިޓަލް ހުރުމުން ހޮސްޕިޓަލުން ފަރުވާ ހޯދަން މާލޭމީހުނަށް ރަށުން ފުރައިގެން އެހާދުރަށް ގޮސް "އިތުރު ޙަރަދުކޮށްފައި ގިނަދުވަސްތަކެއް ވަންދެން ލ.އަތޮޅުގައި ތިބުމަކީ ފަސޭހަކަމަކަށް ނުވާތީކަމަށް" މާލޭސަރުކާރުން ބުނި.
ޢާނަ
03 October 2025
ފެހުމާއި ޑިޒައިން ކުރުން ނެތީ ކީއްވެ މަސައްކަތްތެރިކަމުގެ މުހިއްމު ކަމެއް
ފާތިމަތް
03 October 2025
ހުރިހާކަމެއްވެސް މާލޭގަތަ, އަޅެ ދެކުނު ނޫނީ އުތުރުފަ ހުޅުވަބަލަ
ސަމޯލް
03 October 2025
ނޯވޮލިއުމް. ނޮޓް ފީސިބަލް
ޢިބޫ
03 October 2025
މަނިކުފާނުގެ ވިސްނުން އެބަހުރިތޯ ބަންދު ދުވަސްތަކުގަ ސްކޫލްތަކުގަ މިބާއްވާ ހަރަކާތްތަށް ހުއްޓާލާން؟