އެޑިޔުކޭޝަން މިނިސްޓަރޫ ޑރ. އިސްމާއިލް ޝަފީއު ބައެއް ޕްރިންސިަޕލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި.--
05 އޮކްޓޯބަރ 2025 - 13:28
ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ޓީޗަރުން ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ ވެސް ޓީޗަރުން ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން ޓީޗަރުންނަކީ ގުޅިގެން މަސައްކަތްކޮށް، ކިޔަވައިދިނުމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޓީޗަރު ކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުގަންނައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ. ތިޔަ ބޭފުޅުންނާ އެކު އަޅުގަނޑުމެން މި ތިބީ. ތިޔަ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްލަދީ ތިޔަ ބޭފުޅުންގެ ގާބިލުކަން އިތުރުކޮށްލަދީ ކުރިން މި ދެންނެވި ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކު ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު ޓީޗަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް،" އިސްމާއިލް ވިދާޅުވި އެވެ.
މިއަދުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހުރިހާ ޓީޗަރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ގައުމީ ދިދަ މާދަމާ އުފުލާނެ އަޒުމް ވަރުގަދަ އަދި ހިތްވަރު ހުރި މޮޅެތި ކުދިން މިއަދު ތިބީ ސްކޫލްތަކުގަ އެވެ. ދިވެހިން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ވާނީ ޓީޗަރުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރި ކަމަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޝްރަފީ
05 October 2025
ފުރަތަމަ ޓީޗަރުނަށް މަސައްކަތުގެ ރައްކާތެރި މާހައުލެއް ހޯދައިދީބަލަ! އަދި ޓީޗަރުންގެ ވޯކްލޯޑް އެކަށީގެންވާ މިންވަރެއްގައި ބަހައްޓަދީބަަލަ! ޓީޗަރުންނަށް ނަފްސާނީ ދުޅަހެޔޮކަމަކާއި މަސައްކަތައް ފަހި މާހައުލަކާއި އެކަށީގެންވާ ވަސީލަތްތަކެއް ލިބިގެންދެއްތޯ ތިކަންކަން ކުރެވޭނި! ތިބޭޅާ ނިކަންވިސްނަބަލަ މުސާބޮޑުކޮށްދީފި ޓީޗަރުކަމަށް މީހުން ހިއްޖައްސުވަން؟ ނަތީޖާ ސުމެއް ހަމަ؟ ކޮބާ މިވާގޮތަކީ؟؟ ޑިސިޕްލިން މެނޭޖްކުރެވޭނެ ގޮތެއްނެތުން، ސްޓްރެސް! މީ މައްސަލަ!
ބުރޫނޯ
05 October 2025
ޓީޗަރުންނަށް ކިޔަވައިދެވޭނެ އެކަށީގެންވާ މާހައުލެއް ހޯދަދީބަލަ. ޑިސިޕްލިން ދަށް ދަރިވަރުންނަށް ފިޔަވަޅު އެޅޭނެ ގޮތެއް ހަދައިދީބަލަ. އޭރުން ޓީޗަރުމީހައަށް ރަނގަޅަށް ކިޔަވައިދެވޭނި. ހުކުރުދުވަހު ސްކޫލުގަ މަސައްކަތް ކުރަން ނުޖެހޭގޮތަށް ހެދީ އިތުރުގަޑީގަ ލިބޭފައިސާ އުނިކުރަން. ކުރިން އޯޓީ ލިބިގެން ހުކުރުދުވަހާ ރަސްމިބަންދު ދުވަހުގަ ސްކޫލުގަ ކުރިމަސައްކަތް އެއްވެސް އުޖޫރައެއް ނެތި ގޭގަކުރަން މަޖުބޫރުކޮށްފަ ތިހުރީ މީޑިޔާގަ ސުރުހީއަޅަން. ވަރަށް ސަލާމް!