މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދާ ގޮތް ރައީސް މުއިއްޒު މިދިޔަ އަހަރުގެ އޭޕްރީލް މަހު ބައްލަވައިލައްވަނީ--- ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
06 އޮކްޓޯބަރ 2025 - 00:54
ދިވެހިންނަށް އަގު ހެޔޮ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އެ ކަމަށް މަގުފަހި ކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ތަންފީޒު ކުރަން ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ރޭ ބުނީ، "ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ" މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ކަމަށެވެ.
އޭގެ ބޭނުމަކީ އެ އޮފީހުން ބުނިގޮތުގައި، ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ އަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމެވެ.
އަގުހެޔޮ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ތަންފީޒު ކުރަން ވެސް ކެބިނެޓުން ނިންމި އެވެ. އެއީ:
● އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުން. އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ހެދުމުގެ ފުރުސަތު ހުޅުވައިލުން.
● އެ އުސޫލުގެ ދަށުން ހަދާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ މީހުންނަށް ބޭންކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި "އެންޑް-ޔޫޒާ ފައިނޭންސް" ގެ ހާއްސަ މޯގޭޖް ސްކީމެއް ބޭންކުތަކާ މަޝްވަރާ ކޮށްގެން ތައާރަފްކުރުން.
● މާލީ އިދާރާތަކުގެ އެހީތެރިކަމާ އެކު، ބޯހިޔާވަހިކަމުގެ ޔުނިޓުތައް ހަދައި "ލީޒް-ޓު-އޯން މޮޑެލް" އެއްގެ ދަށުން އާންމުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
● ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެއީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ މީހުންނަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމަށް ކަނޑައެޅުން.
ރައީސް އޮފީހުން ބުނީ، އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، އެ މަޝްރޫއާ ގުޅޭ ކަންކަން އިތުރު ކުރަން ވެސް ކެބިނެޓުން އިއްޔެ ނިންމި ކަމަށެވެ.
ބޭނުން ޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެވައުދު ފުއްދަބަލަ
06 October 2025
އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެންނަން ދެއްތޮ ގޯތި ދިނީ.
ހުވަދޫ އަލިބެއްޔާ
06 October 2025
ލުއި ލޯނު %15 އެ ކިޔާ ދީފަ %15 އަށްވުރެން ގިނައިން ޗާޖް ކުރާ ސަބަބެއް ބޭންކް އިން ބުނެދޭން ވެއްޖެ އެއްނު.. %16 އާއި ގާތަށް މިމީހުން އެބަ ޗާޖް ކުރޭ..
ސީ އެން އެން
06 October 2025
މާލޭގަ ގެސްޓްހައުސް ހިންގާ މީހަކު ނޭދޭނެ މާލެ ސަރަހައްދުން އެތާނގަ އުޅޭ އެންމެނައް ބޯހިޔާވަހިކަން ލީބޭކައް، ކިތަންމެ މޮޅުވާހަކައެއް ދެއްކިޔަސް، އެޔަކީ ބުއްދި ގަބޫލުކުރާ ވާހަކައެއްނޫން، ލިބިފަހުރި ފްލެޓްތައް ނުދީ ދިގުދަންމަނީވެސް ހަމަ އެހެންވީމަ. މާލޭގެ ވިޔަފާރިވެރިންނެއް ނޭދޭނެ ރޯދަމަހައް އެސް ޓީ އޯ އިން އަސާސީ މުދާ އެތެރެކޮއް އަގުހެޔޮކޮށް ވިއްކާކައް. އެމީހާގެ އަމިއްލަ ވިޔަފާރިއައް ކުޑަވެސް ހީނަރުކަމެއް އަތުވެދާނެކަމެއް އަމިއްލައައް ނުކުރާނެ.
އެމައިކުގެ ބެޓެރީ ދިޔައީތަ؟
06 October 2025
އިންތިޚާބް ގެ ކުރިން ދިން މައިކްދީ އޭރަށް ތިހުރިހާ އެއްޗެއް ހުންނާނީ ނިމިފަ؟
ގައުމީ ލޯބި
06 October 2025
ކޮބައިތޯ ކެންޕެނުގައި އެކީ " އެބަންޑަން ހައުސިންގ" މިހާރުވެސް މިއުޅެނީ އެ ބުނި ހައުސިން ގިނަވެގެން ގޮސް އުދަގޫވާވަރުވެގެން ނޫންތޯ އަނެއްކާ އާ ވައްތަރެއް ތި ތަޢާރަފުކުރެއްވީ؟
ޖޖޖޖޖ
06 October 2025
ސަރުކާރުން އިމާރާތް ކުރާ ކުންފުންޏެއް ހަދަންވީ. 60% ސަރުކާރުން ހޯލްޑްކޮށްފަ %40 ޝެއަރ އާންމު ކޮންމެ މީހަކަށްވެސް %2 އަށްވުރެ އިތުރު ނުވާގޮތަށް ވިއްކަންވީ. އަގުހެޔޮ ޝެއަރ ހަދާނީ. މައުމޫނު ދައުރުގައި އެމްޓީސީސީ އުފެއްދި މޮޑެލްއާ އެއްގޮތަށް ގެންދިޔައިމަ ވިޔަފާރިވެރިއަކަށް އެ ކުންފުނީގެ ހިއްސާ އެކީ ގަތުމުގެ ފުރުސަތު ގެއްލިގެންދާނެ.
ބޯ ހިޔާ
06 October 2025
މިއީ ބޯހިޔާވަހިކަމުގެ އާ ވާށަނެއް.
خنا
06 October 2025
ދައުލަތުގެ ވަޒީފާގަ އުޅޭ އެންމެނަށް ތަންކޮޅެއް ލުއިގޮތަކަށް ހޯމް ޕާޗާސް ލޯނު ލިބޭނެ މަގު ތަނަވަސް ކޮށްދެއްވާނީ ކޮން ދުވަހަކުންތޯ؟ އަހަރެމެން ވަޒީފާއިން މުސްކުޅިވާ އުމުރަށް ދާއިރުވެސް މިއުޅެނީ ސަރުކާރުގެ ވަޒީފާގަ ބޭންކުތަކުގެ މުވައްޒަފުންނަށް އޮންނަ ލުއިގޮތަށް ދައުލަތުގެ މުވައްޒަފުންނަށްވެސް ބޯހިޔާވަހިކަން ހޯދޭނެ އަދި ވަޒީފާއިން މުސްކުޅިވެގެން އަބުރުވެި ދިރިއުޅުމެއް އުޅެވޭނެގޮތަށް ތަނަވަސް ކޮށްދެއްވަން ވިސްނަވާބައްލަވާ.
ލލލލލ
06 October 2025
ސަރުކާރުން ރައްޔިތުންނަށް ކަމެއް ކޮށްދޭން ނިޔަތް އޮތިއްޔާ ނިކަން ތަންކޮޅެއް ލުއިގޮތަކަށް ލޯނު ލިބޭނެ ގޮތް ހަދައިދީބަލަ. މިސާލަކަށް ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކޭވަރު ވަންޏާ ލޯނު ދީބަލަ. މިހާރު ބޭންކުތަކުގަ އޮން ސިއްރު އުސޫލުތަކުގެ ސަބަބުން ހާދައުނދަގުލޭ ލޯނެއް ހޯދަންވެސް.
64ހޖހ
06 October 2025
ބޭންކުތަކަށް އޮތީ ޝައްކު ބަލި ޖެހިފަ! އެމީހުންގެ ފައިސާކޮޅު ނުލިބިދަނެތީއާ ލޮލަށް ނިދި ނާސްފައިނެތީ، މުއްސަންޖަކަށް ވެގެން ނޫނީ ހޯމް ޕާޗާސް ލޯނެއް ނުލިބޭނެ. 25 ހާސް މަހަކު ދައްކަންޖެހޭވަރުގެ ލޯނެއް ލިބެނީ 75 ހާސް މަހަކު ލިބިގެން. އެހާ ފައިސާވެެރި ނަމަ އަހަރެމެން ދަރަނިވެރިވެގެން ކީއްކުރަން ބޯހިޔާވަހިކަން ހޯދަންވީ. 4 އަހަރު ފައިސާ ރައްކާކޮށްފަ އެއްފަހަރާ ފައިސާދައްކާފަ ތަނެއް ގަތީމަ ނިމުނީނު.