މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވާހަކަ ދައްކަވަނީ.
06 އޮކްޓޯބަރ 2025 - 09:09
ދާއިމީ ބަލިތަކުގައި އުޅޭ މީހުންނަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފައިސާ އުމުރުން 65 އަހަރު ވުމުގެ ކުރިން ލިބޭނެ ގޮތަކަށް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ހުށަހަޅުއްވައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް އެ ހުށަހެޅުން ހުށަހެޅުއްވީ ޕެންޝަން ފައިސާ ކުރިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ކްލެއިމް ކުރުމުގެ އިޖުރާއާތުތައް ފަސޭހަކުރުމަށް ބަދަލުތަކެއް ގެނައުމަށެވެ.
އެ އިސްލާހު ހުށަހެޅުއްވީ "ޓާމިނަލް އިލްނެސް" ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓް އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަންގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެފަދަ ބަލިމީހުންގެ އެ ހާލަތުތައް ވަޒަން ކުރާނީ އިސްލާހުގައިވާ ގޮތުން ޕެންޝަން އޮފީހުން އެކުލަވައިލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ.
ފައިސާ ދިނުމުގެ އިޖުރާއަތުތައް އަވަސްކުރުމުގެ ގޮތުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ގޮތަށް ލާޒިމު ކުރަން ވެސް އިސްލާހުގައި ވެ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ހުރި އުނި ކަންކަމުގެ ތެރޭގައި ވަނީ ކުޑޫ ފާހަގަކުރެއްވީ ދާއިމީ ބަލި ތަހައްމަލުކުރާ މީހުންނާ ގުޅޭ ގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ވެސް އެ ގާނޫނުގައި ނުހިމެނޭ ކަމެވެ.
ކުޑޫ ވިދާޅުވި ގޮތުގައި "މެޑިކަލް ޕްރޮގްނޯސިސް" އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް މިހާރަކު ނެތެވެ. އެ ހުސްކަމުގެ ސަބަބުން އެފަދަ ހާލަތު ދިމާވެފައިވާ މީހުންގެ އާއިލާތަކަށް އެކަށީގެންނުވާ މާލީ އަދި ނަފުސާނީ ބުރަތަކެއްްް އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
06 October 2025
އާސަންދަ އަދި އެންސްޕާގެ ބޭނުމެއް ނެތެއްނު ތިޔަހެންވީއިރަކު؟
މުލޭ
06 October 2025
ޕެންޝަން ފަންޑަށް އެމީހަކު ޖަމާކުރާ ފައިސާ އެމީހަކަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން އެމީހަކު ބޭނުންވީމަ، ކަނޑައެޅޭ އުސޫލަކުން ދޫކުރާ ގޮތަށް ހަދަންވީ. ދައުލަތުން ޖަމާކުރާ ފައިސާ ދޭނީ ދައުލަތުން ކަނޑައަޅާ ޢުމުރެއް ހަމަވީމަ.
އަޅި އަލީ
06 October 2025
މަހީކުރީ ކުޑޫ މިއީ ވަރަށް ހަމަ ޖެހޭ މީހެއްކަމަށް އެކަމަކު އިއައްދުވަހު މަގުމަތީ އުޅުން ގޮތުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލު ވެއްޖެ! ރަނަގޅު ކޮއްލާ!
އެވެރިން
06 October 2025
ކޮން ކުޑޫއެއްބާ ތިފެނުނީ! އެމްޑީޕީ ކުދިވެރިން އެބަ ކުދިކިޔާ ކުޑޫ ތިޔައެއްވުމުން ނުފެނިގެން
ރޮޖާ ފަދްރާ
06 October 2025
ފުރަތަމަ ކަމަކަށް ތިތާ ރަނގަޅު ކުރަންވީ ތިތާ ވެރިން..
މަމީހާ
06 October 2025
ކީއްވާނީ ދާއިމީ ބޮޑެތިބަލިތަކަށް ބޭސްކުރާ ފަރާތް ތަކައް އިނާޔަތެއްދޭން. އަހަރެމެންގެ ކަންފަތައް އިވުނެއްކަމަކު އުޅެންމިޖެހުނީ ވަރައް ހާލުގަ
ފާތުން ލުބައިނާ
06 October 2025
ކުޑޫ އަކީ ހަމަ ތަފާތު މީހެއްކަން މަޖިލިސް މެންބަރެއްގެ ގޮތުންނާއި އަމިއްލަ ދިރިއުޅުމުންވެސް ދައްކާދޭ . ތީ މުހިއްމު ބަދަލަކަށް ވާނެ. މުޅި ޕާޓީ މަގުމައްޗައް އެއްވަން ގޮވަމުންދާ އިރެއްގައި ތިޔަ ކުރައްވަނީ ބުރަ މަސައްކަތް. ރައްޔިތުންގެ ހައްޤުގައި. ސަރުކާރެއްގެ މަތިފަޑިއަށް ލާންވީ މިޒާތުގެ މީހުން ރައީސް މުއިއްޒު މީނަ ގެންދަންވީ. އޭުރުން ހަމަ ގައިމުވެސް ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރާނެކަން ޔަޤީން.
މުލަކިއަހައްމަދު
06 October 2025
ބުނިހާތާކަށް ނުދާނެ ކުޑޫއެއް! އަމުދުން މުއިއްޒު ކާރިއަކަށް ނުދާނެ!!!
ބުޑޫ
06 October 2025
ޕެންޝަން އޮފީހުގެ ވެރިން އަމިއްލަ މަންފާ ހިތްހަމަ ޖެހިމަށް މީހުންގެ ލާރިން ކޮށްފަ ހުންނަ ކަންކަން ބަލަނީ ކޮން އިރަކުބާ؟ ޕެންޝަން ފައިސާ ހުސްވީމަބާ؟