ހުރިހާ އަތޮޅެއްގައި ޕާސްޕޯޓު އަދި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ފެށުން އދ. މަހިބަދޫގައި ފާހަގަކުރަނީ. --ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 22:05
ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑުގެ ހިދުމަތާއި ފާސްޕޯޓުގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ފުރިހަމަ ކުރުން މިރޭ ފާހަގަކޮށްފި އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތަކީ ރަށްރަށުން ގިނަ ބަޔަކު އޭރު އެދެމުން އައި ކަމެކެވެ. ޕާސްޕޯޓުގެ ހިދުމަތަށް އެދޭތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މާލެ ފިޔަވައި ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭން އެންމެ ފުރަތަމަ މި ސަރުކާރުން ފެށި ތަންތަނަކީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 އިތުރުން ވިލިމާލެ އާއި ލ. ފޮނަދޫ އަދި ދ. ކުޑަހުވަދު އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފުރަތަމަ ފެށީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގަ އެވެ.
ހުރިހާ އަތޮޅެއްގައި ޕާސްޕޯޓު އަދި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ފެށުން އދ. މަހިބަދޫގައި ފާހަގަކުރަނީ. --ފޮޓޯ: ރައީސް އޮފީސް
އދ. އަތޮޅަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ފަހު ރަށަކަށް ވަޑައިގެންނެވީ އެ އަތޮޅު މަހިބަދުއަށެވެ.
މަހިބަދޫގެ ރައްޔިތުންނާ އެކު ރައީސް މުއިއޒު ބޭއްވެވި ބައްދަލުވުމުގައި ވަނީ އެ ރަށުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފަ އެވެ. އެއާ އެކު، ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އެވެ
މަހިބަދޫގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރައީސް މުއިއްޒަށް، ޕާސްޕޯޓާއި އައިޑީކާޑު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދޭން ފެށިކަން ފާހަގަ ކުރުމަށް ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.
މީގެ ކުރިން އެ ހިދުމަތް ހޯދަން ދާން ޖެހެނީ ބޮޑު ހަރަދުކޮށް މާލެއަށެވެ. ހާއްސަކޮށް ޕާސްޕޯޓުގެ ހިދުމަތަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ އެ ނިންމެވުމާ އެކީ، މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އައިޑީ ކާޑާއި ޕާސްޕޯޓު ހައްދައި އެ އަތޮޅަކުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިރާޝް ޖައުފަރު
12 October 2025
ސާބަހޭ އެއްވަނަ ހަމަ
ހަހަހަ ހަސަނު
08 October 2025
މޮޅު ކަމަކީ ރައީސް ނުދެނެހުރި ތިޔަކަން އަތޮޅުކައުންސިލުން ކޮށްނިންމުމާހަމަޔަށް ތިޔަމަސައްކަތް ފަށައިގެން ދިޔަ ކަމެއްވެސް. އަދި ރައީސް ބުނެގެންވެސް އަތޮޅު ކައުންސިލްތަކުން ފެއްޓިކަމެއްނޫން ތީކީ. މާކުރީއްސުރެވެސް އިމިގްރޭޝަންގަ އާދޭސްކޮށްގެން ހުރިހާ ޚަރަދެއް އަތޮޅު ކައުންސިލުން ކުރާގޮތަށް އެކައުންސިލްގެ މެމްބަރުން ވެފައިވާ ގުރުބާނެއްތީ
ދޮން
08 October 2025
ތިކަން ކޮށްގެން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް. އަތޮޅުވެރިރަށަށް ދިޔުމަށްވުރެ މާލެ ދިޔުން މާ އަގުހެޔޮ. ރަށުގައި ތިކަން ނުކޮށްދެއްޏާ ތިކަމުން ފައިދާވީ އަތޮޅު ވެރިކަން ކުރާރަށަށް އެކަނި. ދެން ބުނޭ މަގެ ހިތެއް ނުފުރޭނޭ.
ހަހަހަ ހަސަނު
08 October 2025
މަވާ ހީހީ ހަލާކުވެއްޖެ. ބަލަ ތި އަތޮޅު ތަކުގަ ފައްޓާ ޕާސްޕޯޓް ޚިދުމަތާ އައިޑީކާޑު ޚިދުމަތަކީ އަތޮޅު ކައުންސިލުން އެމީހުންގެ ގްރާންޓާއި، އާމްދަނީން ކުރާކަމެއް. އެންމެ ކުޑަމިނުން ޕާސްޕޯޓްދޫކުރަން އަންނަ އިމިގްރޭޝަން މުއައްޒަފުގެ މުސާރައާއި ދެކޮޅު ޓިކެޓްވެސް ހަމަޖައްސަނީ ކޮންމެ ފަހަރަކު ކައުންސިލުން. އިމިގްރޭޝަންއިން ބައިލޯ ލާރިއެއްވެސް ޚަރަދު ނުކުރޭ. ނަސީބެއްނު އަތޮޅު ކައުންސިލްތައް އޮތްކަން. ރައީސްގެ ވައުދު ފުއްދަދޭން.
އެއްގަލަން
08 October 2025
ކައުންސިލްގައި ހުންނަނީ ރައްޔިތުންގެ ފައިސާއެއް ނޫންތަ؟ ޚަރަދު ކުރަންވީމަ ބޮޑު ކަމަކަށް ވީ ދޯ؟
1828
08 October 2025
ތިޔަހެން ވައުދު ފުއްދޭނެ ކޮންމެމީހަކަށްވެސް. ހުރިހާ ޚަރަދެއް އަތޮޅު ކައުންސިލުން. އަދި ހަފްތާއެއްގެ ވަކި ދުވަހަކު ޕާސްޕޯޓް ދޫކުރަން އިމިގްރޭޝަން އޮފިސަރ އައުމަށް ދާ ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު ކުރަމުން އައީ އަތޮޅު ކައުންސިލްތަކުން. ސަރުކާރަށް އެއްވެސް ބަރައެއް ނެތް. ހަމަ އެގޮތަށް އައިޑީ ކާޑް ހެދުމުގެ ކަންކަންވެސް އޮތީ ކުރިން މިބުނިގޮތަށް.
ހަހަހަ ހަސަނު
08 October 2025
ނަސީބެއްނު އަތޮޅު ކައުންސިލްތަކުން ދުބާއީއާއި ބެންކޮކާއި ޕިލިޕީންސަށް ގޮސްގެން ތި ތަކެތި ހޯދައިގެން އައިސް ތިޚިދުމަތްތައް ފައްޓާކަން. ހުރިހާ ކިރިޑެޓެއް ރައީސްމުއިއްޒަށް. އަދިވެސް އަތޮޅު ކައުންސިލް އުވާލާވާހަކަ އާއި ދަތުރުކުރާވާހަކަ ދައްކާނެ މުއިއްޒު
ހަހަހަ ހަސަނު
08 October 2025
އަދި މޮޅު ކަމަކީ ރައީސް ނުދެނެހުރި ތިޔަކަން އަތޮޅުކައުންސިލުން ކޮށްނިންމުމާހަމަޔަށް ތިޔަމަސައްކަތް ފަށައިގެން ދިޔަ ކަމެއްވެސް. އަދި ރައީސް ބުނެގެންވެސް އަތޮޅު ކައުންސިލްތަކުން ފެއްޓިކަމެއްނޫން ތީކީ. މާކުރީއްސުރެވެސް އިމިގްރޭޝަންގަ އާދޭސްކޮށްގެން ހުރިހާ ޚަރަދެއް އަތޮޅު ކައުންސިލުން ކުރާގޮތަށް އެކައުންސިލްގެ މެމްބަރުން ވެފައިވާ ގުރުބާނެއްތީ
ނޫރަންމާ
08 October 2025
ކުރިން އަތޮޅު ކައުންސިލްތަކުން އިސްނަގައިގެން ރައްޔިތުންނަށް ފައިދާވާ މިކަހަލަ ކަންކަން ކޮށްފައި ހުރި ނަމަ ސަރުކާރުން މީގެ ތެރެއަށް ވަންނާކަށް ނުޖެހޭނެ. އަދި ބުނެލަން. ސަރުކާރުގައިވެސް ކައުންސިލްގައިވެސް ހުންނާނީ ރައްޔިތުންގެ ފައިސާ. ވީމާ ރައްޔިތުންނާ ގުޅޭ މިކަހަލަ ކަންކަމުގައި ގުދޯ ގުދޯ ނުގޮވޭނެ
1828
08 October 2025
ނޫރަންމާއެވެ. ތިޔަބުނާހެން ވާނަމަ މިހާރު ނޫހުގައި ސުރުހީއަކަށް "ހުރިހާ އަތޮޅަކުން އައިޑީ އާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދިނުމުގެ ރިޔާސީ ވައުދު ފުއްދައިފ" ޖެހީ ކީއްވެ ތޯއެވެ؟ ހަމަ ރައްޔިތުންގެ ފައިސާއެއް ނޫން ތޯއެވެ؟ ކްރެޑިޑް ހައްޤުވަނީ ހަމަ ދިވެހި ރައްޔިތުންނަކަށް ނޫންތޯއެވެ؟ ދެން ރައީސް ކްރެޑިޑް މިނަންގަވަނީ ކީއްވެ ތޯއެވެ؟
ތެފައާސާ.
08 October 2025
ކޮންފަދަ ބޮޑު މެގަ ޕްރޮޖެކްޓެއްތޯ އެނިންމާލީ. ހަވާ ނާރުވާތޯ ތިކަމުގެ އުފަލުގައި؟
އަހައްމަދޫ
08 October 2025
ސާބަހޭ ރައީސް. ތިހެން ރައީސުން ތިބެން ޖެހޭނީ.
ތަމްހީދު ގާސިމް
08 October 2025
ވެރިން ވާންވާނީ ފުއްދޭ ވަރުގެ ވައުދު. ދެން ހުރި ކަންކަންވެސް ފުއްދޭތޯ ރައްޔިތުން ބަލަންތިބީ
އާދަނު33
07 October 2025
ބުރޯމީ 2025 އަދިކިރިޔާ އެކަންއެވީ.. އެވެސް ވައުދެއް؟ އަސާސީ ހިދުމަތެއްނޫންތަ؟!
ވިލްދާން މުހައްމަދު
07 October 2025
އަޖައިބުވެ އަންތަރީސްވެއްޖެ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދިމާ ނުވާކަން މީގެން މި އެނގެނީ، - އެއީ ރައީސް ގެ ރިޔާސީ ވައުދެއް މުޅި ރާއްޖޭގައި ފުއްދޭނީ ގިނަބައެއްގެ އެއްބާރުލުމާއި މަސައްކަތުން ކަން ޔަގީނެވެ. - މީގެން މި ހާމަ ކޮށްދޭ އެއް ކަމަކީ ސަރުކާރުގެ އެތެރޭގައި އެއްވެސް މައްސަލައެއް ނެތްކަމެވެ. ބަދަހި ގުޅުމެއް އޮތް ކަމެވެ. - އެހެންވީމަ ރައީސްގެ ވައުދުތައް މިސަރުކާރުން ފުއްދާނެ ކަމާއި މެދު ޝައްކެއް ނުކުރަމެވެ. ޝުކުރިއްޔާ ރައީސް
1828
08 October 2025
ކަޑަޖެހުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ.