އެމްޑީޕީން މީގެ ކުރިން ބޭއްވި އެއްވުމުގައި ޒާޔާ (ކ) ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
07 އޮކްޓޯބަރ 2025 - 20:35
ސޯޝަލް މީޑިއާގައި ފުލުހުންނަށް އަމާޒުކޮށް ދިން އިންޒާރަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ފޯނު ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:08 ހާއިރު ޒާޔާގެ ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.
ހުޅުމާލެ އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސް، ފުލުހުން ޓެގްކޮށް އެ ރޭ ކުރި ޕޯސްޓުގައި ބުނީ އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ.
"ހަމަ ޖެހީ، ޖެހީ،" އޭނާގެ ޕޯސްޓުގައި ވެ އެވެ.
އޭނާ އެ އިޝާރަތްކުރީ އެމްޑީޕީން ބާއްވާނެކަމަށް އިއުލާނުކޮށްފައިވާ ބޮޑު އެއްވުމަށެވެ. މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ބޮޑު އެއްވުމަށް ފުލުހުން ހުރަސްއެޅުމުން އިތުރު އެއްވުމަށް ބާއްވަން އިދިކޮޅު ޕާޓީން ވަނީ ނިންމައިފަ އެވެ.
އެންމެ ފަހުން ބޭއްވި އެއްވުން ރޫޅާލަން ފުލުހުން ވަނީ ސޮނިކް ވެޕަނާއި ޕެޕަސްޕްރޭ ބޭނުންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
09 October 2025
ފުލުހުން އޮވޭ އެމްޑީޕީ މީހުންނަށް ޚާއްޞަ ހަސަދައެއް. މީހުން މަރަން ގޮވި ޕީއެންސީ މީހާ އޯކޭ.
އައިސަން
08 October 2025
ވެއްޓެން ދާއިރު އުޅޭނެ އެހެން ބިރުން.
އަފްރާސިޔާބު
09 October 2025
ކާކު ވެއްޓޭނެޔޭބުނީ. ނުވެއްޓޭނެ ވެރިކަން އޮތީ ގަދައަށް. ފުލުހުންނާއި ސިފައިން ތިބިއްޔާ ރައްޔިތުން ނުކުތަސް އެއީ ވެއްޓޭނެ ސަބަބެއްނޫން.
ކަންފަތު
08 October 2025
ވެރިކަން ވެއްޓެން ދާންފެށީމާ މިކަހަލަ އަލާމާތްތަށް ފެންނާނެ.
އައުޒަމް މުހައްމަދު
08 October 2025
މިކަންވެސް ސިޔާސީ ކުރަން އެމްޑީޕީ އިން އުޅޭތީ މަށަށް ދެރައީ. ބަލަގަ މިއީ އޭނަ ދިން އިޒާރެއްގެ ސަބަބުން ކުރި ކަމެއް. ހަމަ ހުރެފަކާ ވި ކަމެއް ނޫން.
ހުރަަވީ
08 October 2025
މިޢަދި މާ ފޭމަސްވާ ޣުޅޭ މިީޙެއް
ފުޅިމަދު
08 October 2025
އެފްބީ ޕޯސްޓަކާ ގުޅިގެން ފޯނު އަތުލަންޖެހޭތޯ؟ އަހަރެން ޙައިރާނެއް ނުވާނެ ދުވަސްކޮޅެއް ފަހުން ޒާތީ ފޮޓޯތަކާ މެސެޖުތަކެއް އެނބުރެން ފެށީމަ.. ޕޮލިހުންގެ ތަހުޤީޤަށް ހޯދާ ތަކެތި އަލަކަށް ނޫން ލީކު ވަނީ..
ސަނީސައިޑްބޮންޑް
08 October 2025
ލޮލް
ރާކަނި
08 October 2025
އިންޒާރުދިން މީހާ ބަންދު ނުކުރޭތަ
ޢއަލް
07 October 2025
ތިވަރަށް ކަޑަވީ. އަދި މަމިއުޅެނީ ލަންކާއަށް ޖައްސާލަން
އާދަނު33
07 October 2025
މީހެއްގެ ކަރު ބުރިކޮށްލަން ފޭސްބުކުގައި އިންޒާރުދިންމީހާއަށް ފުލުހުން އަޅާވެސްނުލާ..!