ރައީސް މުއިއްޒު މިއަދު ހަވީރު މަހިބަދު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް ކުޑަކުދިންތަކަކާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 22:51
ކުރިއަށް އޮތް ދިރާސީ އަހަރު ކިޔެވުން ފެށޭއިރު، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ޓީޗަރުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތައުލީމީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެއީ އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށައި އެއްފަހަރާ ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ ތެރޭގައި އަލަށް ފަށާ މަޝްރޫއުތަކާއި މި ސަރުކާރުން ހަވާލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަސައްކަތްތައް ވެސް އަލުން ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ފަށާފައިވާ، ކޫލް ސްކޫލް، ޕްރޮޖެކްޓުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ވެސް އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމަވާނެ ކަމަށެވެ.
"ކްލާސްރޫމުތައް ފިނިކޮށްދިނުމުގެ މަޝްރޫއުއެއް، މިހާރު އެ މަޝްރޫއު ހިންގަމުން އެ ގެންދަވަނީ. އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އެކަން އެޑިއކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް ކުރިއަށް އެބަ ގެންދަވާ،" ރައީސް ވިދާޅުވި އެވެ.
"އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް [ކިޔަވަން] ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުން ވެސް ބޭނުން ކުރާނީ ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި."
ރައީސް މުއިއްޒު މިއަދު ހަވީރު މަހިބަދު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސްކޫލްތަކުގެ ހޯލްތައް އޭސީ ކުރުމަކީ ދެވަނަ ފިޔަވަހީގެ ތެރޭގައި ހިމަނާފައި ކަމަކަށް ވިޔަސް ވަރަށް ހާލުގައި ހުރި ތަންތަނަށް އިސްކަން ދީގެން ފަހަރަކު ތަނެއް އޭސީ ކޮށް ނިންމައި ދޭނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މަހިބަދޫގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ މިދިޔަ އަހަރު ޖޫން މަހު އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ސަބަބުން ދައުލަތުން މިހާރު ކުރާ ހަރަދަށްް އިތުރު ވަނީ 38 ޕަސެންޓެވެ. އެ ޕްރޮޖެކްޓްގެ 30 ޕަސެންޓަކީ ގެންދާނީ އިޔާދަކުރަނިވި ހަކަތަ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް، ކުޑަ ހަރަދެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާދިމް ހަމީދު
08 October 2025
އަލްހަމްދުލިﷲ. ދެން އަހަރުމެންގެ ދަރިން ކިޔަވާނީ ރަނގަޅު މާހައުލެއްގައި
އަފްރާސިޔާބު
09 October 2025
ރައީސް އަންނަ ދިރާސީ ދައުރޭ ވިދާޅުވީމާ ކޮންއަހަރެއްގެ ރިޔާސީ ދައުރެއްކަން ނޭގޭ. ރައީސް މަސައްކަތްފަށާތާ 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކައި ނިންމަންވާނޭ ކަމަށްވިދާޅުވީވެސް ހަމަ ރައީސް.
އަސްލަމް ވހީދު
08 October 2025
ސާބަހޭ ރައީސް. މިހާ ހޫނު ގަދަ ސުވަސްކޮޅު އެއްމެ ރަނގަޅު މާހައުލު ދަރިވަރުންނަށް ހޯދަދޭން ތިކުރާ މަސައްކަތް ހަމަ ވަރަށް ފުރިހަމަ.
ތަމެންދޯ
08 October 2025
ސްކޫލް ތައް އޭސީކޮށް މިސްކިތް ތައް އޭސީކުރުން މީ ކުރަން ޖެހޭ ޒާތުގެ ކަންކަމެއް ނޫނޭ ކިޔަވަން ޖެހޭނީ ވަރަށް ގަދަ އަށް މަސައްކަތް ކޮށް އޮށްދާ ހިއްލައިގެން ކިޔަވަން ޖެހޭނީ އެއިރުން ކިޔަވާ ދަރިވަރުންނަށް އިނގޭނީ ބުރަކޮށް މަސައްކަތް ކޮށްގެން ދުނިޔެ ހޯދަން ސައިކަލް ފަހަތަށް ދަރިފުޅު ލައިގެން ސްކޫލަށް ގެންގޮސް ފޮތް ދަބަސް އުފުލުން ވެސް އޭނާ އާއި ހަވާލު ނުކުރުން މީ ވަރަށް ނާތަހުޒީބީ ސިފަތަކޭ މީ ގަމާރުކަމުގެ ލާމަސީލު ނަމޫނާތަކޭ ފެންނަނީ
ޓިނު
08 October 2025
ވެދާނެ އެކުދިން ދިރިއުޅޭ ގެތަކުގެތެރެއިން މިހާރު އޭސީ ނުކުުރެވިހުރި ގެތަށްވެސް އޭސީ ކުރަނީކަމަށް. ސެޕްޓެމްބަރ 2025 ގެކުރިން ސްކޫލުތަށް އޭސީކޮށް މިހާރު ހުންނާނީ ނިމިފަ.
ހޮޅިވައުދު
08 October 2025
މީގެ ކުރީގައި ކޫލް ކްލާސްރޫމް ޕްރޮޖެކްޓްއާއި ގުޅޭގޮތުން ސަރުކާރުން އެކި ދުވަސްވަރު ދައްކާފައިވާ ވާހަކަތަޢް ކޮންމެވެސް ވަރަކަށް ހިމަނާލިނަމަ އިތުރަށް ފުރިހަމަވާނެކަމަށް ދެކެން. ހަމައެކަނި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަކޮޅު ގެނެސްދިނުމުން އެއީ ނޫސްވެރިކަން ކުރެވުނީކަމަށް ދެކުމަކީ ގޯހެއް
ދޮން
08 October 2025
އެންމެ ކުރިއަރާފައި ހުރި ގައުމުތަކަށްވެސް ކުރީގައި ރާއްޖެ މިއުޅެނީ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގައި އެއަރކޯން ކޮށްފައި ހުންނަ ސްކޫލްތައް މިހުންނަނީ. އަދި ކޮބާ ކޮންމެ 10 މިނިޓަކުން އެއަރޕޯޓެއް. ހިލޭ ކިޔެވުން. ހިލޭ ބިން. ހިލޭ ބޭސްކުރުން. ކަރަންޓާ ފެނާ ސަބްސިޑައިޒް ކޮށްފަ. އަދިވެސް ޓޫރިޒަމުން "ރައްޔިތުންނަށް ވީ ފައިދާއެއްނެތް"!!
ޛަގަ1ގަ
08 October 2025
އިލާހީ ގާނޫނަށް ގޮންޖަހައި ރސޫލާއަށް ފުރައްސާރަކުރުމަށް ރިބާ ހުއްދަކޮށް ރިބާގެ މުއާމަލާތް ކުރުމުއި ހައްދުފަހަނަ އަޅައިފަިވާ ރިބާރާއްޖޭގެ ރިބާރައީސް ނަރަކަވެރި އޫރު ނާސިސިސްޓިކް މުއިއްޒު. .
ފިނޑިޔާރު
08 October 2025
އޯކޭ. ހުރިހާ ކުދިންވެސް އޭސީގައި އުޅެން ދަސްކުރަންވާނެ.
ވަންޗޫ
08 October 2025
ތީ ދޮގެއް ތިކަމެއް ނުވާނެ! ކުރިން ބުނީ 2025 ގެ ސެޕްޓެމްބަރުގެ ނިޔަލަށް އޭސީކޮށް ނިންމާ ވާހަކަ! އެހެންވީމާ މިހާރު ތިހެން ބުނެލާ އެއްޗަކަށް އެއްވެސް އިތުބާރެއް ނުކުރަން! ޔަގީންކަމެއް ވެސް ނުލިބޭ! ވަރަށް ސޮރީ!
އިސްމާލު
08 October 2025
ވަރަށްބޮޑު އޮޅުވާލުމެއް ވަރަށް ގިނަ ސްކޫލުތަކުގައި އެއަރކޯން ހަރުކުރީ ޕޭރެންޓުން .....
މިސްކާން
08 October 2025
ބައްލަވާ އެވެސް ޕްރޮޖެކްޓްގެ ބައެކޭ