ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު.-- ފޮޓޯ: މަޖިލިސް
08 އޮކްޓޯބަރ 2025 - 11:00
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓެކޭ އެއް ފަދައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓް ވެސް ރައްޔިތުންގެ މަޖިލީހަށް ވަކިން ހުށަހަޅައި ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުން މާލީ ބަޔާންތައް އާއްމުކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝުޖާއު ވިދާޅުވީ، އޭސީސީގެ ބަޖެޓް މަޖިލިހުން ފާސްކުރާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ވަކިން ފާސްކުރާ ބަޖެޓަކަށް ވާއިރު، އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރޭތޯ ބަލަން ޖެހޭ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ގާނޫނުއަސާސީ އަށް އެބަ އިސްލާހެއް އަންނަން ޖެހޭ. އެ އިސްލާހުގައި ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޖެޓަކީ ވެސް ގާނޫނުއަސާސީގައި ވަކިން ފާސްކުރަން ޖެހޭ ބަޖެޓެއްގެ ގޮތުގައި އޮންނަން އެބަ ޖެހޭ،" ޝުޖާއު ވިދާޅުވި އެވެެ.
ކޮރަޕްޝަނުގެ ތުހުމަތު އަބަދުވެސް އަޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި ކަމަށާއި އެކަމަކު އަބަދުވެސްް ކޮރަޕްޝަނުގެ ވަބާ މުޅި ދައުލަތުގެ ތެރޭގައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރުންނަކީ ވަރަށް ކޮރަޕްޓް ބައެއްގެ ގޮތުގައި ދިވެހިންނަށް ބަޔަކު ވަނީ ވިސްނައި ދީފަ އެވެ.
"ދިވެހި ދައުލަތުގެ ތެރޭގައި، ވަކި މިހާރެއް ނޫން، އިއްޔެއެއް ނޫން ކުރިން ފެށިގެން، މުޅި ދައުލަތުގެ ތެރޭގައި މި ވަބާ [ކޮރަޕްޝަނުުގެ ވަބާ] އެބަ ފެތުރޭ،" ޝުޖާއު ވިދާޅުވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން އާއްމު ކުރައްވަން ކެރިވަޑައިގަންނަވާ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ރަނގަޅު މަސައްކަތެއް ކުރެވޭނީ އެހެން މުއައްސަސާތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހާމަކުރަން ކެރިވަޑައިގަންނަވާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރުދޫފު
08 October 2025
ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުގައާއި އޭގެ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ބޮޑެތި ވައްކަމާއި ކޮރޮޕްޝަން ޢަމަލުތައް ހިންގަމުން ދިޔައީ ރައްޔިތުންނަށް އެނގޭ ގޮތަށް ފާޅުގައި ރައްޔިތުންގެ ކުރިމަތީގައި. ރައްޔިތުންނަށް ސިއްރަކުން ނޫން. އެކަމަކު އެވެރިކަން ތަކުގެ ތެރޭގައި އެވައްކަމާއި ކޮރޮޕްޝަން ހިންގަމުން ދިޔައިރުގައި އެކަންކަން ބަލަންހުރި މުވައްސަސާއަކުން ފުރިހަމަ ގޮތުގައި ބަލާފައެއް ނެތް.
ތިލަދުން
08 October 2025
މިކުޑަކުޑަ ރާއްޖޭގައި ތިކަހަލަ އެއްޗިސް ވިސްނާދޭކަށް ނުޖެހޭ!! ތިމާމެންގެ އާމުދަނީއާ ނުބައްދަލު ވަރަށް އެސެޓު ގަނެ ވިޔަފާރިތަކަށް އިންވެސްޓުކުރީމާ އެހުރޭ ރައްޔިތުންނަށް، ފެންނަން! ވާހަކަ ދައްކަން ވާނީ ދެއްކޭވަރު މީހުން؛؛؛ ތީ އަކީ އެމީހާއެއް ނޫން!!!
މިހާރުން
08 October 2025
ޕީއެފްއެމް އާއި އިންޓަރނޭޝަން ބެސްޓް ޕްރެކްޓިސް ރަނގަޅަށް ނޭނގޭ މީހުން މަޖިލީހުގަ ވާހަކަ ދައްކަން ފެށީމަ ވާ ގޮތް މީ
އަފްރާސިޔާބު
08 October 2025
އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އަކީ ވީވަރަކުން ރައްޔިތުންގެ ފައިސާގައި ޖެހުން ކަމަށްވެފައިވަނީ ތިބުނާ އިންޓަނޭޝަނަލް އެމެރިކާ އިން. އެވެރިން ހަދާގޮތަކީ ކޮންމެވެސް ތަނެއްގައި މީހުން މެރުމުގެ ޢަމަލު ހިންގަނީ. އެއީ އެމީހުންގެ އިންޓަރެސްޓަށް ގެއްލުންދޭ މީހުންނޭ ކިޔައިގެން. ދެން ހަދާގޮތަކީ ބަޖެޓުގައި ހަތިޔާރު ގަންނަން ފައިސާ ޖަހައި އެމީހުންގެ މީހުންނަށް ބަހައި އޭގެ ތެރެއިން ބޮޑު ބައި އެމީހުންގެ ޖީބަށް އަންނަގޮތަށް އަތުރާލަނީ.
މާލީބެ
08 October 2025
ބަޔަކު ވިސްނައިދޭން ދިވެހިން ނަކީ ގަމާރުންތަ؟ މާލީ ބަޔާނުން ވާ ކަމެއް އޮވޭތަ؟ ބިލިއަނުން ހަދިޔާއޭ ޖެހިޔަސް އެ ހަދިޔާ އިތުރަށް ތަފްސީލު ކޮށް ބަލާނެ ގާނޫނީ މުއައްސަސާއެއް ނެތް. އެބާރެއް ނެތް އެއްވެސް ބަޔަކަށް. ކީއްކުރަން ހުށަހަޅާ އެއްޗެއް. ރައްޔަތުން ނޫޅޭ ވަގުން ނޭނގިގެނެއް. އެ މީހުންނަށް ގާނޫނު ނުހިނގާތީ މިއުޅެނީ
އަފްރާސިޔާބު
08 October 2025
މާލީ ބަޔާނުންވެސް އެއްޗެއް އެނގޭނީ އޭގައި ލިޔަން މަޖިލީހުން ބުނިގޮތަކުން. ވިޔަފާރީގެ ނަފާ/ ޑިވިޑެންޑް/ ޕްރޮފިޓް/ ކުލި މިގޮތަށް އެތައްކަމެއް އެއްގުޅައަކަށް ޖެހީމާ ވާނެގޮތް. ހަދިޔާ/ ބަދިޔާ/ ގަނޑިޔާ/ މަޑިޔާ/ އަމާނާތް/ ޚިޔާނާތް މިހެން އެއްގުޅައަކަށް އެތައް އެއްޗެއްޖެހީމާ އެތަނުން ހަދިޔާއަށް ލިބުނީ ކޯއްޗެއްތޯ/ ޚިޔާނާތަށް ލިބުނީ ކޯއްޗެއްކަން ބަލާމީހަކަށް ނޭނގޭނެ. ތަސައްރުފް ނުފުދޭ މީހުން ތަންތަނަށްލީމާ އެގަހުކޭލެއް މިގަހު ކޭލެއް ވަކިކުރާކަށް ނޭގޭނެ.
ނާޑުވާ
08 October 2025
މިއީ އެއްކަލަ މުސާރަ ކުޑަކުރަން ގޮވާނެ ކަމަށް ބުނި ބާރަށު މައިކް ތަ?
އޮނަރަބްލް އަފީފު ދީދީ
08 October 2025
ދައުލަތުގެ ތިންބާރުގެ އިތުރަށް ދައުލަތުގެ ބަންޑާރަ ނައިބް އާއި ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލް އާއި، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ވާހަކަ ޤާނޫނު އަސާސީގައި ސާފުކޮށް ލިޔެ ބަޔާން ކޮށްފައިވަނީ ކޮން މަޤުސަދެއްގަައި ކަން ސަރުކާރު ޒިންމާދާރުކޮށް ޤާނޫނުހެދުމުގެ މަސްއޫލިއްޔަތު ޤާނޫނުއަސާސީން މަތިކޮށްފަައިވާ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް އެގުމަކީ ވަރަށް މުހިންމުކަމެއް. މިދެންނެވި ފަރާތްތަކާއި މިނިވަން އެހެން މުއައްސަސާތަށް އަޅާކިއުމަކީ ދެރަކަމެއް.
ޣާޟަޜެ
08 October 2025
ސުޖާއު އަކީ މިހާރު ބޯޑު މަހުޖަނެއް ބިލިޔަނަރެއް