ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ކުރެހުމެއް.
09 އޮކްޓޯބަރ 2025 - 11:19
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު 9 ގައި ރަސްމީކޮށް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
ހަނިމާދޫ އެއާޕޯޓް މިހާރު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު "މިހާރު"އަށް ވިދާޅުވީ އެ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އަންނަ މަހު 9 ގައި އާ ޓާމިނަލް ރަސްމީކޮށް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް މިމަހު އެތަން ބޭނުންކުރަން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ.
ޝަރީފް ވިދާޅުވި ގޮތުގައި، ރަސްމީކޮށް ހުޅުވުމުގެ ކުރިން މިމަހު އާ ޓާމިނަލް ބޭނުންކުރަން ފަށަނީ އެ އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި، މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލަން ޖެހޭތީ އެވެ. އެހެންވެ، އޮޕަރޭޝަންތައް މިމަހު އާ ޓާމިނަލަށް ބަދަލުކޮށް، ބާ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ފަށާނެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާއި ހިއްސާކުރުމަށް އެމްއޭސީއެލްއިން މިދިޔަ އާދިއްތަ ދުވަހު ފުރަތަމަ ބައްދަލުވުން ވެސް ވަނީ ބާއްވައިފަ އެވެ.
We held the first stakeholder meeting for the Hanimaadhoo International Airport Development Project, led by our CEO & Managing Director, Ibrahim Shareef Mohamed. During the session, the latest project updates were shared with key stakeholders as we continue to progress toward… pic.twitter.com/IRub5YAtlV
— Maldives Airports Company Ltd (@MACLmedia) October 5, 2025
އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ މިންވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރުގަ ހިތިރަހަ ލާ އެބަ؟
10 October 2025
ނިމުނު ސަރުކާރުގެ އެހާ ފުރިހަމަ މަސައްކަތެއްވީނަ ތިތަން އަދި އަވަސް ހުޅުވަން. ނުހުޅުވަ ހިފަހައްޓާލަމާ 2028 އަށް.
ސޮބީހާ
09 October 2025
މިއީ އުތުރުގެ ތަރައްގީގެ އާބާބެއް, އައްޑޫ ގަން އެއާޕޯޓުވެސް މި ފެންވަރުގަ ނިއްމާލާތަން ދެކެންބޭނުންވަނީ, ޓޫރިޒަމް ފާގަތިވެ ސީދާ ރާއްޖެއިން ބޭރައް ދަތުރުކޮށް މުދާގެނެވި... މިހިރަ މިހިރަ ކަންކަމަކީ އުފާވާކަންކަން,
އިނާޒް
09 October 2025
ޝުކުރިއްޔާ ޖަޒީރާތަކުގެ ރައީސް، ހިތްހެޔޮ، އޯގާތެރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. މަނިފާނަށް ނުހަނު ފާގަތިކަމާއި އުފާވެރިކަމަށް އެދެން.
ސަބޫ
09 October 2025
ކުރެހުންތަކުން 2 އެއަރޯ ބްރިޖް ފެނުނު. ނިމުނު އިރު ފެންނަނީ 1. ނޫސްވެރިން ސާފުކޮއްބަލަ މިކަން
ހިތްތިރި ހިތްތަކުގެ ރައީސުންގެ ޕާޓީ
09 October 2025
ޝުކުރިއްޔާ ރައީސް އިބޫ، ޝުކުރިއްޔާ މޑޕ. އެކުވާން ޖެހޭތާ އެކުވެ ކުރިޔަށް ދާން އެނގޭ ޕާޓީއެއްގެ ގޮތުގަ ތިބޭނެކަމަށް ދެކެން.
އަމޭރު
09 October 2025
ކޮންމެ ބަޔަކު ކުރިޔަސް ފައިސާ ދައްކަންޖެހޭނީ ސަރުކާރަކުންނޫންތަ؟ އެކަންވެސް އެ ކުރަނީ ކޯއްޗެއް ލިބޭނެތީބާ؟ އިންޑިއާގެ ސިފައިން އެންމެފަހުން ތިޔަތަނަށް ވެރިވާނީ. ކާގޯވެސް ގެންނާނީ އެމީހުން، އަންނާނީވެސް އެމީހުން
އަސަރަފަ
09 October 2025
ޝުކުރު ޙައްޤުވާ މީހުނަށް ޝުކުރު ކުރަންވާނެ. ޝުކުރިއްޔާ ސޯލިހު- މުއިޒް މިކަމުގެ ކްރެޑިޓް އެއްކޮށް ނަގަން އުޅޭނެ. އެއްވެސް ކުއްޖަކު އެމަޅީގަ ނުޖެހޭތި
ހަނީ މާދޫ
09 October 2025
ރަށް ރަށުގައި އެއރޕޯޓް ހަދާފައި ޓިކެޓް އަތް ފޯރާފަށުގައި ބެހެއްޓީމަ ދިވެހިންނަށް ވެސް ޗުއްޓީ ހަދާލަން ހަފުތާ ބަންދުގަވެސ ދެވޭނީ.. އަވަށްޓެރި ގައުމަކަށް ދާ ވަރަށް ޓިކެޓް ގެ އަގު ހުރީމަކާ ނުދާނެ ،،،،،
ޑިއަރު
09 October 2025
ޝުކުރިއްޔާ މޑޕ. އަދި އޮނަރަބަލް އަފީފު ވަރަށް އުފާވާނެ ކަހަލަ ޚަބަރެއް. މާލޭ އޭރިއާއިން ބޭރުގައި މިކަހަލަ ބޮޑު ކަމެއް ކުރުން. ނޫންތޯ!
ޞބސބބސ
09 October 2025
ރަނގަޅު ވާހަކައެއް..ނުވިތާގަ ލާންޖު ފެެރީ ވެސް އެހާ އަގުބޮޑު
ރާވެރިބެ
09 October 2025
މިޕްރޮޖެކްޓަކީ ކުރީސަރުކާރުގެ ޕްރޮޖެކްޓެއް
އަފްރާސިޔާބު
11 October 2025
ކުރީ ސަރުކާރުން ރައްޔިތުން ދަރުވާލައިގެން އެއްރަށަކަށް ތިކަލަ ކަންތައްކުރީމާ ރަނގަޅެއްނުވާނެ. އަނެއްކާ ތިތަނަށް އިންޑިޔާއިން ވަރަށް މީހުންއައިސް ރާއްޖޭގެ އުތުރު ވަކިވެގެންދާނީ އެމީހުންގެ ގިނަވުމުގެ ސަބަބުން. އަބަދަކު މުހައްމަދުތަކުރުފާނެއް ނުހުންނާނެ ޕްރޮޓެކްޓް ކޮށްދޭކަށް.