"ހިޔާވެހި" ފައިނޭންސިން ސްކީމުގެ ދަށުން ލޯނު އެޕްރޫވް ކުރަން ފެށުމުގެ ހަފުލާގައި ހައުސިން މިނިސްޓަރު މުއްތަލިބާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން އަދި ބީއެމްއެލްގެ އެމްޑީ ޝަރީފު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ބީއެމްއެލް
10 އޮކްޓޯބަރ 2025 - 10:43
ގެދޮރުވެރިކަން ފަހިކޮށްދޭ ސްކީމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ޒިންމާދާރުކަމާ އެކީ، އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށް ކަމަށާއި އެކަން އެ ގޮތަށް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އިއްޔެ އެދިވަޑައިގެންފި އެވެ.
އޭނާ އެ ކަމަށް އެދިވަޑައިގަތީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަން ހަމަޖެއްސުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ހިޔާވެހި" ފައިނޭންސިން ސްކީމްގެ ދަށުން ބީއެމްއެލުން ލޯނު ދޫކުރަން ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
"މިއީ ހިލޭ އެހީގެ ސްކީމެއް ނޫން. މިއީ ފައިނޭންސިން ސްކީމެއް. އެހެންކަމުން ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ ފައިނޭންސިން އަނބުރާ ދެއްކުމުގެ ޒިންމާ ގަވާއިދުން އަދި ވަގުތަށް އަދާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް،" ގެދޮރުވެރިކަމުގެ ސްކީމަށް ދޫކުރާ ފައިސާ ގަވާއިދުން ދެއްކުމަށް ބާރު އަޅުއްވަމުން ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އެމްޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހިޔާވެހި ސްކީމާއި އަދި ކުރިމަގުގައި ހިންގާ މިފަދަ ގެދޮރުވެރިކަމުގެ އެހެނިހެން މަޝްރޫއުތަކުގެ ކާމިޔާބީ އާއި ދެމެހެއްޓެނިވިކަން ބިނާވަނީ ޒިންމާދާރުކަމާ އެކީ، އަނބުރާ ފައިސާ ދެއްކުމުގެ ސަގާފަތުގެ މައްޗަށް ކަމަށެވެ. އަދި މިފަދަ މުހިންމު ސްކީމްތަކުން ފައިސާ ލިބޭ މީހުން މާލީ ޒިންމާ އަދާނުކޮށްފި ނަމަ މުޅި ސްކީމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.
"ހިޔާވެހި" ސްކީމްގެ ދަށުން ލޯނު ދޫކުރަން ފެށުމުގެ ގޮތުން ބީއެމްއެލުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް
"މީގެ އިތުރުން، ފައިސާ ދެއްކުމުގެ ޕާފޯމަންސް ދަށްވެއްޖެ ނަމަ މުސްތަގުބަލުގައި މިފަދަ ސްކީމްތައް ކުޑަ ރޭޓްތަކުގައި ލުއި ޝަރުތުތަކާ އެކު ނުހިންގި ހިނގައިދާނެ. އެހެނީ ބޭންކިންގެ ނިޒާމް ހިނގާ ގޮތުން ބޭންކުތަކުން ދޫކުރާ ފައިނޭންސިންގެ ރޭޓްތަކާއި ޝަރުތައް ކަނޑައެޅިގެން ދަނީ ބޭންކަން އޮންނަ ރިސްކްގެ ކުޑަބޮޑުމިނަށް ބަލާފައިކަމަށް ވާތީ،" ޝަރީފު ވިދާޅުވި އެވެ.
އެހެންވެ، ތަކުރާރުކޮށް އޭނާ އެދިވަޑައިގަތީ ގެދޮރުވެރިކަން ފަދަ ބޭނުންތެރި މަޝްރޫއުތައް ދެމެހެއްޓުމަށްޓަކައި ފައިނޭންސް ލިބޭ ފަރާތްތަކުން ޒިންމާ އަދާކުރުމަށެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ފައިނޭންސަށް ބަރާބަރަށް ފައިސާ ދެއްކުން ހިމެނޭ ކަމަށާއި އެއީ ކުރިމަގުގައި މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ލިބޭ ބާރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އަނބުރާ ފައިސާ ދެއްކުމަކީ ހަމައެކަނި އެއްބަސްވުމެއްގެ ދަށުން އޮތް ޒިންމާއެއް ނޫން. އެއީ ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގެ ފައިނޭންސިން ލިބިދިނުމަށާއި މުސްތަގުބަލުގައި ވެސް އެ ނިޒާމް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" އެމްޑީ ވިދާޅުވި އެވެ.
ގެދޮރު އަލަށް އިމާރާތް ކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ދަށުން "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވެސް އެވެ.
ބީއެމްއެލް އިން "ހިޔާވެހި" ފައިނޭންސިން ސްކީމް ހިންގަނީ އިސްލާމިކް ފައިނޭންސްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އެ ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް އެ ބޭންކުން މިހާރު ވަނީ ފަށައިފަ އެވެ.
"ހިޔާވެހި" ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭނެ އެވެ. އެއީ 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ އެވެ. "ހިޔާވެހި" ފައިނޭންްސިން ހޯދާ މީހުން އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވާނެ އެވެ.
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ވެސް މި ފައިނޭންސް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
10 October 2025
ފެންނަމުންދަނީ ޤާނޫނާއި ޤަވާއިދު މުގުރިކަމަށް ވިޔަސް އަދި ރާއްޖޭގެ ކޮންޓްރެކްޓް ޤާނޫނުން ބާރުލިބިގެން ހަދާފާއިވާ މާލީ އެއްބަސްވުންތަކަށާއި، ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ތަކަށްވެސް ހަދާފައިވާ އެއްބަސްވުމަށް އިޙްތިރާމް ނުކޮށް އެއާއި އެއްގޮތަށް އަމަލުނުކޮށް ކަޑައެޅިގެން އެއްބަސްވުމާއި ޙިލާފަށް ތަކުރާރުކޮށް އަމަލު ކުރަމުންދާއިރުވެސް ކ.މާލޭ މީހާއަށްވާތީ، އޭނާއާއިމެދު ކަމެއްކުރާންނުކެރި ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުންވެސް ފަހަތަށް ޖެހޭތަން.
އޮނަރަބްލް އަފީފު ދީދީ
10 October 2025
ގޯތިގެދޮރާއި ފުލެޓް ހުރިމީހުނަށް ހައުސިންގ ލޯނުދޫކުރުން ހުއްޓުވުމަށާއި، "މާލޭމީހުންގެ ކަށީގައިހިފާފައިވާ ފުލެޓްވައްކަމަށް ނިމުންގެނައުމަށް" ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކުކުރާ ދެވަނަ ބިމާއިފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިބިމުން %100 ޓެކްސްނަގާ "ދައުލަތުގެ ސޯޝަލް ހައުސިންގ އަށް ދޮގު މައުލޫމާތުދިނުމާއި، އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީކުށެއްކަމަށް" ޤާނޫނުގައި ކަޑައަޅަންނުކެރެނީ މާލޭމީހުން ނުރުހުދާނެތީ.
އުދުހޭ
10 October 2025
ލޯން ދޭން މަޖުބޫރުވެފައިވާކަހަލަ... އަނބުރާ ނުލިބޭތީ ދީގެން ފަރުޖެހޭކަށްވެސް ނެތް ދެއްތޯ؟
ފަގީރުކޮއި
10 October 2025
ފައިސާނުދައްކާމީހުންނާށް އޮންނަނީ މައާފްކޮއްދިނުން ފައިސާދައްކާމީހާ ހުންނަންޖެހެނީ ފައިސާދައްކާދައްކާ މީރާއްޖެ މީމިކަންވާގޮތް ނިކަމެއްޗެއްވިއްޔާ ގޯތިގެދޮރުވެސް އަތުލާފަހުރީ މަހުޖަނުންނަށް މައާފްކޮއްފަ
ދިސްވޭއިން
10 October 2025
ބީއެމްއެލް އަށް ކުރިއެރުން އަންނަނީ ޕީޕީއެމް ފިކުރުގެ ވެރިކަމެއް އޮވެއްޖެނަމައޭ އެމްޑީޕީގެ ކޮންމެވެރިކަމެއްގައި ބީއެމްއެލް ފުނޑާލާ ތަނޭ ފެނިގެންދަނީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އަކަށް ދިވެއްސަކު ހުރެގެން އެބޭންކަށް ކުރިއެރުން ހޯދަމުން އަންނަ ތަން ދަނީ ފެންނަމުންނޭ ރާއްޖޭގެ ކޮންމެ ރަށެއް އަދި ކޮންމެ ރިސޯރޓެއްގައި ފައިސާ ނެގޭ މެޝިންގްސް ތައް ހުރުން އެއީ ޔަގީނުން ވެސް ކުރިއެރުން ލިބޭނެ ކަމެކޭ ގެދޮރު ހަދަން ލޯން ދިނުން އެއީ ރަނގަޅު ފާލެކޭ
ދިލައިޓް
10 October 2025
ވިޔާފާރި އާއި އިގްތިސާދުގެ ސައެންސް އިލްމް ދަންނަ ކަމެއް ނޫނޭ އެއީ ކޮމަން ކަރަންސީ އެއް ވިޔާފާރި ކުރަން ބޭނުންކުރުން އެއީ އާރޓިފިޝަލް އެއްޗެކޭ އެންމެ ބޮޑަށް އިގްތިސާދާއި ވިޔާފާރި ކުރިއަރާނީ ބާޓާ ސިސްޓަމް ބޭނުންކޮށްގެން ވިޔާފާރި ކުރީމައޭ އެކަން ކުރަން ބީއެމްއެލް އަށް މިހާރު އެއޮތީ ޗައިނާ އާއި އެކު މަގުފަހިވެފައޭ މިކަމަށް މާލޭގެ ވިޔާފާރި ކޮމިއުނިޓީ ހޭލުންތެރިކޮށް ހަދާ ހުރިހާ ވިޔާފާރި ތަކަށް މިޓޫލް އެޕްލައި ކުރަން ބީއެމްއެލް އިން މަސައްކަތް ކުރާށޭ
ވީބޯތްނޯ
10 October 2025
ބީއެމްއެލް އިން ހިޔާވައްސަށް ލޯންދޭއިރު ހުޅުމާލޭ 3 ގައި މީހުން އާބާދުކުރަމުންދާ ރޯޑްމެޕްގައި ހަޔަރ އެޑިއުކޭޝަން ޑިވެލޮޕްމެންޓަށް އިސްކަންދީ މާލޭގައި ހިންގާ އަމިއްލަކޮލެޖްސް ތަކަށް އެތަނުން ބިންގަނެވޭނެ ފައިނޭންޝަލް ފެސިލިޓީސް ތައްދީ އެފަދަ ކޮލެޖްސް ތައް އިމާރާތް ކުރަންވެސް ފައިނޭންސް ކޮށްހަދާ އެކޮލެޖްސް ތަކުން ސްޓެމް ސަބްޖެކްޓް ކިޔަވާދޭން ޖެހޭނެގޮތް ހަދާ ސްޓެމް ސަބްޖެކްޓް ކިޔަވާދޭން ބޭނުންވާ ސޮފްޓްވެއަރ ތަކަށް ވެސް ފައިނޭންސް ކުރެވޭނެގޮތް ހަދާށޭ
ފައިންޑްއަވޭ
10 October 2025
ބީއެމްއެލް އިން ލޯންދޫކުރާ އިރު ބަލަންވީ މާލެ ސަރަހައްދުގައި ބޯހިޔާވައްސަށް ބޭނުންވާ މީހުންނަށް ލޯން ދޫކުރެވޭތޯއޭ އެގޮތުން ހުޅުމާލެ އާއި ގިރާވަރު ފަޅުން ދިން ގޯތި ތައް ހަދަން ލޯން ދޭއިރު ކޮންމެ ގޯއްޗެއް މަދުވެގެން 10 ބުރިއަށް އިމާރާތް ކުރެވޭ ވަރުގެ ލޯންގޭގެ ވެރިފަރާތަށް ދީ ބޭންކުގެ ބެލުމުގެ ދަށުން 10 ބުރި އިމާރާތް ކޮށް އެތަނުން 10 ބުރި 100 އަހަރަށް ބޭންކަށް ލިބޭ ގޮތަށް ހަދާށޭ އެއިރުން ބޭންކަށް އެބުރި ތައް ކުއްޔަށްދީގެން ލޯން އަނބުރާ ހޯދޭނެއޭ
އެލައިންޑް
10 October 2025
ރާއްޖެތެރޭ ރަށްރަށަށް ދޫކުރާ ލޯން އަނބުރާ ދެއްކުން އެއީ ސުވާލު އުފެދޭ ކަމެކޭ ރާއްޖެތެރޭގެ އިގްތިސާދު ކުރިއަރާނެ ގޮތުގެ މޮޑެލް އެއް އޭއައި ބޭނުންކޮށްގެން ދިރާސާ ކުރާނަމަ ފެނިގެން ދަނީ ހަނަފަސް ކަމާއި ބަނަކަމޭ ރާއްޖެތެރޭގައި މީހުން ދިރިއުޅެން ހަދާ ގެތަކުން އެމެންނަށް އެގެދޮރު ތައް ކުއްޔަށް ދީގެން ލޯން ނުދެއްކޭނެއޭ ކުރިއަށް އޮތް 10 އަހަރު ނިމޭއިރު ރާއްޖެތެރޭގެ ބޮޑެތި އާބާދީ %85 ދަށަށް ދާނެއޭ އެއީ ޑޭޓާސެޓްސް ތައް އިވޭލުއޭޓް ކުރުމުން ފެންނަ ހަގީގަތަކީ