އެފްޑީސީން ބުނީ، އެހެން ފަރާތްތަކަށް ފްލެޓު ކުއްޔަށް ދޭ ނަމަ އެއްބަސްވުން ބާތިލް ކުރާނެ ކަމަށް.
ހައުސިން މިނިސްޓަރު މުއްތަލިބާއި އެފްޑީސީގެ އެމްޑީ ޝަކީލް.---ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރ 2025 - 16:58
ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ދީފި އެވެ.
އެ ކުންފުނީގެ އިންޒާރު މި އައީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތް ކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭން އިޝްތިހާރު ޖަހަން ފެށި މައްސަލަ އިއްޔެ ފެންމަތިވުމުންނެވެ.
ގެދޮރުވެރިޔާ ނުވަތަ ފަހި ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް ފޮޓޯއާ އެކު މިހާރު ވަނީ ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.
ހުޅުމާލެ 2 ގައި އެފްޑީސީން ހަދަމުން އަންނަ ފްލެޓުތައް: ބައެއް ތަންތަން ވަނީ ދޫކުރަން ފަށާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި މައްސަލާގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "އެކްސް" ގައި މިއަދު ވިދާޅުވީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެ ފްލެޓުތައް ދޫކުރަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ދީގެން ކަމަށެވެ.
"އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭނެ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ފްލެޓުތަކުގެ ތަޅުދަނޑިތައް އަދި ހަވާލުކޮށް ވެސް ނުނިމެނީސް ބައެއް ފްލެޓުތައް ކުއްޔަށް ދޫކުރަން ޖެހުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަދި އެ ތަންތަން އަތުލަން ގޮވައިލަމުންނެވެ.
ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާން ކޮށްފައިވާއިރު، އެ ތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި ވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.
އެފްޑީސީން 4،000 ފްލެޓް ލިބުނު މީހުންނާ، އެ ތަންތަނުގެ ތަޅުދަނޑި ހަވާލުކުރަން ފެށިތާވީ އަދި އެންމެ ދެ ހަފުތާ އެވެ. ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ އެ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށެެވެ.
އެފްޑީސީން "މިހާރު" އަށް މިދިޔަ ބުރާސްފަތި ދުވަހު ބުނީ މިހާތަނަށް ތަޅުދަނޑި ހަވާލުކުރީ 78 މީހަކާ ކަމަށެވެ. އެ ޓަވަރުތަކަށް ފެނާއި ކަރަންޓު ދީފައިވާތީ އެތަން ހަވާލުކުރުމާ އެކު ދިރިއުޅެން ފެށޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމަލު1
13 October 2025
އާއިލާ މެންބަރުންނާއި އެވަގުތު އުޅެވޭނެ ޖާގައިގެ ތަނަކަށްވާތީ 3 ކޮޓަރި ތަނަކަށް އެޕްލައިކުރީ. އެހެނަސް ފުލެޓް ލިބުނުއިރު މިއޮތީ ތަންކުޑަވެ ދަރިން ބޮޑެތިވެފަ.އެހެންކަމުން އަދިވެސް އުޅެން މިޖެނީ ޖާގައިގެ ދަތިކޮށް އެހެންވެ ލިބުނު ފުލެޓް ކުއްޔަށްދީ އެއަށްވުރެ ބޮޑުތަނެއް ކުއްޔަށް ހިފީ.
ހިޔާ ފްލެޓްތައްވެސް އަތުލާ
13 October 2025
ހަމ ަތިގޮތަށް ހިޔާ ފްލެޓްތައްވެސް އަތުލަން ޖެހޭ. ކެރޭނެބާ
ސިލްމާ ޒާހިރު
12 October 2025
ތިޔަ އަތުވަނީ ފޮނު. ތިޔަހެން ދައްކާ ބިރަކަށް ނުސިހޭނެ. ފުރަތަމަ ސިފައިންނާ ފުލުހުންނަށް ދިން ފްލެޓްތައް އެތައް އަހަރެއް ވަންދެން ކުއްޔަށްދިން މީހުން އެތަންތަނުން ބޭރުކުރޭ. ހިޔާ ފްލެޓްގައި އުޅޭ %80 މީހުން ކުލި ނުދައްކާ. އެ އެންމެން ބޭރުކުރޭ. ކުށްޔަށް ވެސް ދޭނެ. އެކަން އެހެން ނުވީސް ފޮނި ދައްކަން ނުއަގުގަ ނުދޭނަމަ. 3 ކޮޓަރި ފްލެޓަށް ކުލި ނަގަންވީ 18،000 ވަރު. ކުޑަކޮށްގެން ތިޔަ ސަކަރާތް ޖަހާނެ. އަދި ކުށްޔަށް ދީފައިވާ ހުރިހާ ފްލެޓް އަތުލާ!
ކަރަދުއިބްރާހީމް
12 October 2025
ދެލޯފުޅާ ގެދޮރުވެރިޔާއެއް ވެށިފައްސެއް ކިޔާނެކަމެއްނެތް ސްކީމްތަކުން ފްލެޓް ލިބިފައިވާ ތަންތަނުގެ ސްޕަވިޝަން ވަރުގަދަކޮށް ގޭގެ ވެރިފަރާތުން އެތަންތާ ނޫޅެ " ކުއްޔަށް ދީފަވާ ހުރިހާތަންތަނެއް " ވަގްތުން ވަގުތަށް އަތުލަންވީ ، ބޯހިޔާވަހިކަމުން އާމްދަނީ އެއް ނުހޯދޭނެ ، މިކަން ތަންފީޒް ކޮށްލަންކެރޭވަރުގެ " ވެރިއެއް " އަދި ނުފެނޭ . ވަރަށް ސަލާން މިޤައުމަކީ " ވޯޓުގެ " ދަށުވެފައި އޮންނަ ޤައުމެއް އަޅެ ނޫންތަ ؟
އަހަންމާބޭގެ ދަރި
12 October 2025
ގެދޮރު ކުއްޔަށް ދިނުން މަނާކުރަންވާނީ ކުއްޔަކާ ނުލައި ދިރިއުޅެވޭނެ ގޮތް އެންމެނަށް ހަމަޖައްސައިދީފައި. ޕާކް ކުރުން މަނާ ތަންތަން ކަނޑައަޅަންވާނީ ޕާކު ކުރެވޭނެ ތަންތަން ހަމަޖައްސައިދީފައި.
އަހަންމާބޭގެ ބަފާ
13 October 2025
ދަރިފުޅާ "ގެދޮރު ކުއްޔައް" ދިނުން މަނާކުރާވާހައެއް ނޫން އެދައްކަނީ. އެބުނަނީ ދިރިއުޅެވޭނެގޮތެއް ނެތިފައި ތިބިމީހުންނަށް ސަރުކާރުން ކުޑަކުލީގަ ދޫކުރި ފްލެޓްތަށް އޮޅުވާލައިގެން ހޯދައި އެތަނުގައި ދިރި ނޫޅެ އެތަނުން ވިޔަފާރިކުރުން ހުއްޓުވާވާހަކަ.
އަހަންމާބޭ
13 October 2025
އަހަންމާބޭގެ ދަރި ކަހަލަ މީހުން މިގައުމުގަ ގިނަވެގެން ދިމާ ވެގެން އުޅޭ މައްސަލައެއް މީ. ދައުލަތް ދަރަނި ވެރިވެގެންވެސަ މި މީހުން ބަލަހައްޓަން ޖެހޭނެ ކަމަށް ވިސްނަނީ. ދައުލަތް ދަރަނީގައި ހިންގާތާ 20 އަހަރު. ލަންކާއަށް ވީގޮތަށް ވީމާ މިމީހުންނަށް ހޭވެރިކަން ވާނީ.
ތަރާދު...
12 October 2025
އަހަރެންގެ ރަށުން މާލެއައި މީހުންތެރެއިން ހިޔާފުލެޓް އަނބި/ފިރި މީހާއަށް ލިބުނު 10 އާއިލާއަށް އެމްޑީޕީ ސަރުކާރުން ޕޮއިންޓް ދީގެން ފުލެޓް ލިބުނު. ހިޔާފުލެޓްގަ ނެތްހާ އަރާމުގަ އުޅޭ ބަޔަކަށް 90 ޕޮއިންޓް ހަމަވާނީ ކިހިނެއް؟؟؟؟ އެމީހުން ތިޔަ ތަންތަން ކުއްޔަށް ނުދީ ހުންނާނެތަ؟؟؟ސަރުކާރުން އެނގިހުރެ އެމީހުންނަށް ފުލެޓް ދިނީ ކުއްޔަށް ދޫކުރުވަން. އެތަންތަން އަތެއްވެސް ނުލާނެ. ކުއްޔަށްވެސް ދޭނެ. ބަލަން ތިބޭ..
ަފަރީދާ
12 October 2025
މައްސަލަޔަކީ ފުލެޓް ކުއްޔަށް ދިނުމެއްނޫން. ބަލަންވީ ބަލަބަލާ ތިއްބާ 2 ކޮންޓޭނާ ސިނގިރޭޓް ގެއްލުނު މައްސަލަ. އެކަންނުކޮށް ނުވާނެ ކަންކަމުގެ ވާހަކަ ނުދައްކަވާ.
ޕޫރުބެ
12 October 2025
ކިހިނެއްހޭ އަތުލަނީ؟ ދައުލަތުގެ ޚަޒާނާ ބައްކޮށްލައިގެން ދާމީހާވެސް އެކޭ ބަޔަކަށް ކޭ އެއްޗެއް ނުކާ ބަޔަކަށް ދެރަ! އެންމެންނަކީ އެންމެންގެ ޙައްޤުތަށް ފެންފޮދަކާނުލާ ކާލަން ކެރޭ ބައެއްނޫނިއްޔާ
ބަޑިތަކުރު
12 October 2025
ވަކި އަކަފޫޓެއް ހަމަވާ ބިމެއް އަމިއްލަ ނަމުގައި ނެތިގެން ޝަރުޠު ހަމަވިޔަސް މާލޭގައި ގެދޮރު ހުރި ގިނަ މީހުންވަނީ ގޯތިތައް ބުރިބުރިއަށް ނަގައިގެން ކޮންމެ ދަރިޔަކަށް އެޕާޓްމަންޓެއް ހަދާފައި. ދެން ޝަރުޠު ހަމަވާތީ ފްލެޓް ހޯދައިގެން ކުއްޔަށްދިނުން ނޫންކަމެއް ކުރާނެބާ؟ ކުއްޔަށް ދޭކަން ނޭނގޭތީބާ އެންމެ ފުރަތަމަ ދިން ފްލެޓްތަކުގައިވެސް އަދިވެސް ކުއްޔަށް މީހުން އުޅެނީ؟
ދޮންކަރާ
12 October 2025
ފްލެޓް ކުއްޔައް ދިނުން އެކަންޏެއް ނޫން.. 6 މަސް ދުވަސްތެރޭ އެތަނުގައި ދިރިއުޅެން ނުފަށައިފިނަމަވެސް އަތުލަންޖެހޭނެ. އެއީ އެމީހަކަށް އެވަރުގެ ބޭޏުމެއް ޖެހިފަ ނެތީމަ.
ތީގެން ފްލެޓެއް
12 October 2025
ތީގެން ފްލެޓެއް ކުއްޔައް ދިންކަން ސާބިތުވާ ހެކި ދައްކާ މީހަކަށް 10000ރ ގެ އިނާމެއް ދޭންވީ