ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
13 އޮކްޓޯބަރ 2025 - 11:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްްރަހީމް އަބްދުﷲ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް އަމަލު ކުރައްވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނައިބު ރައީސް އަހުމަދު ނާޒިމާ ހަވާލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދާއި އެމްޑީޕީގެ އެހެން މެންބަރުން ވެސް ތުހުމަތު ކުރައްވާ ގޮތުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރެއްވުމަކީ ގަވައިދާ ހިލާފަށް އަބްދުއްރަހީމް ކުރައްވާ ކަމެކެވެ. އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާ އިރު ޓައީ ނާޅުއްވާ ދުވަސްކޮޅެއް ވެސް ދިޔަ އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޝަމްހީދު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭނެ ކަަމަށް ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގައި ވެސް ބަޔާންކުރާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީގެ އެ މާއްދާގެ ބާރު ކަނޑުވާލައިގެން ކަަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
"އެ މާއްދާގެ [މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގެ] ބާރު ކަނޑުވާފައި މަޖިލިސް ހިންގާތީ އަޅުގަނޑު މިއަދުން ފެށިގެން މަޖިލީހުގެ ރައީސްގެ މައްޗަށް މަޖިލީހުގެ ގަވައިދުގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ވާހަކަ، އެކަން އަޅުގަނޑުމެން ފަށްޓާނެ ވާހަކަ ހާމަކުރަން،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވި ދެ މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ މަޖިލީހުގެ ރައީސް، މަގާމުގެ ވާޖިބުތައް އަދާކުރަން އުޒުރުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތެވެ. ގަވައިދުގެ 42 ވަނަ މާއްދާގައިވާ ގޮތުން އެ ހާލަތުގައި މަޖިލީހުގެ ނައިބު ރައީސެވެ. ގަވައިދުގެ 43 ވަނަ މާއްދާގައި އޮތީ އެ ނޫން އެހެން ހާލަތްތަކުގައި ވެސް މަޖިލީހުގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސާ ހަވާލުކުރެވިދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ލިބިފައިވާއިރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އެންމެ 12 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މ އަތޮޅު
13 October 2025
ގެންނަން ހެވަރުވާ މީހެއްނޫން
ރާވެރިބެ
13 October 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ އިރަށް ނާޒިމްއަށް މަޖިލިސްގެ ރައީސްކަން ލިބޭނެ. މާ ބޮޑު މަސައްކަތެއް ކުރަން ޕީއެންސީ މެމްބަރުންނަކަށް ނުޖެހޭނެ.
މޯމޯ
13 October 2025
އެމްޑީޕީ މެމްބަރުން ސައިޒުގަ ތިބުން ރަގަޅު ގޮތަކީ، މަޖިލީހުގެ ރިޔާސަތު ބަދަލު ކުރެވޭ ވަރުގެ ބައެއްނޫން މިހާރު އެމްޑީޕީ މީހުންނަކީ
ސަސި
13 October 2025
ތިޔަ އޮންނާނީ މިހާރު ޑީލް ނިމިފަ. މާ ލަސްތަކެއްނުވެ އެކަން ހިނގާނެ
އަފްރާސިޔާބު
13 October 2025
މިއަދުވެސް ނާޒިމް ރިޔާސަތުގައި އިންނެވުމުން މެންބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިދީފައި އޮތް. އަދުރޭ އަށް ހަޖަމު ނުކުރެވެނީ މަޖުލީހުގައި އިނދިލޮޅަށް ވާހަކަ ދެއްކުމުން.
ގުރާ
13 October 2025
މިހާރު މިހުރިހާކަމެއް ކުރަން މާލަސްވެއްޖެ. ތީ ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތައް. ސަރުކާރުން މާލެ ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އަޅާ ކުޑަކުލިއަކަށް ދިވެހިހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް ދޭންވީ، ވޯޓުލިބޭނެކަންޔަގީން، މާލެހުޅުމާލޭގެކުލި ދުވަހަކުވެސް ކުޑަނުވުމަކީ ސަރުކާރުން އެކަމާ ޒިންމާވާންޖެހޭ ކަންކަން. އެކަން ހައްލުކޮށްދޭނޭ ސަރުކާރެއްބޭނުމީ
ޗަޕް
13 October 2025
ކޮންތާކު ކުލިތަ އަތްފޯރާ ފަށުގައި އޮތީ؟ ކޮންމެ ގައުމެއްގައިވެސް ވެރި ރަށުގެ ކުލީގައި ތަފާތު ހުރޭ. ކުއްޔަކީ ޑިމާންޑްއާ އެއްވަރަށް މަތިވެ ތިރިވާ އެއްޗެއް. ރާއްޖޭގެ އާބާދީގެ އެންމެންނަށް މާލެއިން ބޯހިޔާވެހިކަން ދިނަސް އަގުތިރި ވެފައި އޮންނާނީ ދުވަސްކޮޅަކަށް. އަގުބޮޑު ނުވާނެ ގޮތަކީ ރާއްޖޭގެ އާބާދީގެ އެންމެންނަށް މާލެއިން ގޯތިދީ އަދި ވިހާ އެންމެންނަށްވެސް ގޯތިދިނުން. އަދި ބޭރު އެންމެ ބިދޭސީންނަށްވެސް ހިލޭ ބޯހިޔާވެހިކަން ދިނުން.