14 އޮކްޓޯބަރ 2025 - 06:29
ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ހުންނަ ޝެއިހް ޒައިދު މިސްކިތަށް ވަނުމަށް، ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ސޮނާކްޝީ ސިންހަ ބުރުގާ އެޅުމުން އިންޑިއާގައި ފާޑުކިޔުން ބޮޑުވެއްޖެ އެވެ.
ދީޕިކާ އެ މިސްކިތަށް ވަނީ އަބޫ ދާބީގެ ޓޫރިޒަމް އިޝްތިހާރުކުރަން ވީޑިއޯއެއް ނަގާށެވެ. "ވިޒިޓް އަބޫ ދާބީ"ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ އެ އިޝްތިހާރުގައި ދީޕިކާއާ އެކު އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވެސް ފެނެ އެވެ.
އެ އިޝްތިހާރުގައި ދީޕިކާ ހުންނަނީ ބުރުގާ އަޅައިގެން އަދި އަބާޔާ ވެސް ލައިގެންނެވެ.
ޝެއިހް ޒައިދު މިސްކިތަށް ޒިޔާރަތްކުރާ އަންހެނުން މިސްކިތުގެ އެތެރެއަށް ވަންނައިރު ބުރުގާ އަޅަން ޖެހެ އެވެ. ވަރަށް ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ އެތަނުގައި މިސްކިތަށް ވަންނަން ބޭނުންވާ އަންހެނުން ބޭނުންކުރަން އަބާޔާ އާއި ބުރުގާ ލިބެން ވެސް ހުރެ އެވެ.
މިދިޔަ އާދިއްތަ ދުވަހު އާންމުކުރި އެ ވީޑިއޯއަށް ވަނީ 44.4 މިލިއަން ވިއުސް ލިބިފަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، މިދިޔަ ބުރާސްފަތި ދުވަހު ސޮނާކްޝީ އާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް ވެސް ވަނީ ޝެއިހް ޒައިދު މިސްކިތަށް ޒިޔާރަތްކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
"އަބޫ ދާބީގެ މިތަނުން ކުޑަ ހިތްހަމަޖެހުމެއް ހޯދިއްޖެ،" އެ ފޮޓޯތައް ހިއްސާކޮށް ސޮނާކްޝީ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އިޝްތިހާރު ކުޅުމަށް ދީޕިކާ ބުރުގާ އެޅުމުން އިންޑިއާގެ ހަރުކަށި ހިންދޫން ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެއީ ހިންދޫ ދީނުގެ ހުރުމަތް ކަނޑާލުން ކަމަށް ސިފަކޮށްފަ އެވެ. އަދި ދީޕިކާ ބޮއިކޮޓްކުރަން ވެސް ގޮވާލި އެވެ.
Remember Deepika Padukone's video "My Choice"?
— Ankur Singh (@iAnkurSingh) October 7, 2025
"To wear a Bindi or not, my choice"
"I decide the clothes I wear"
Now Deepika Padukone has made video promoting Abu Dhabi tourism wearing Hijab.
What happened to "My Choice"? pic.twitter.com/y6bbIrqGYs
ނަމަވެސް، ދީޕިކާގެ ފޭނުން ވަނީ އޭނާ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ފޭނުން ބުނީ މިސްކިތަށް ޒިޔާރާތްކުރާ އަންހެނުން ބުރުގާ އެޅުމަކީ އެތަނުގެ ހުރުމަތް ހިފެހެއްޓުމާއި އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމަކަށް ވާތީ، ދީޕިކާ ވެސް އެކަން ކުރީ ކަމަށެވެ.
ސޮނާކްޝީ ބުރުގާ އެޅުމުން ފާޑުކިޔާއިރު، މިސްކިތުގެ ގޯތި ތެރޭގައި އޭނާ ފައިވާނަށް އަރައިގެން ހުރުމުން އިންޑިއާގެ މުސްލިމުން ވަނީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެ ކޮމެންޓުތަކަށް ރައްދު ދީ، ސޮނާކްޝީ ބުނެފައި ވަނީ ފައިވާން ބާލަން ޖެހެނީ މިސްކިތުގެ އެތެރެއަށް ވަންނަން ކަމަށާއި އޭނާ ފައިވާނަށް އަރައިގެން ހުރީ މިސްކިތުގެ ގޯތި ތެރޭގައި އެކަނި ކަމަށެވެ.
ސޮނާކްޝީގެ ފިރިމީހާ ޒަހީރަކީ މުސްލިމަކަށް ވާތީ، ދޭތެރެދޭތެރެއިން އޭނާއަށް މި ކަހަލަ އެތައް ފާޑުކިޔުމެއް އަމާޒުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޓްކިންގ
16 October 2025
ބުރުގާއެޅުނީމާނިމުނީތަ؟ ދިވެހިން އުޅެނީ އިސްލަމުން އުޅޭގޮތައްތޯ؟ ބުރުގާއަކީ ސަގާފަތެއް. އަރަބިން ނުވަތަ އަފްގާނު މީހުން ހެދުން އަޅާގޮތަށް ހެދުން އެޅިޔަސް މުސްލިމުން އުޅޭގޮތަށް ނަމާދުކޮށް، އަޚްލާޤްޜަނގަޅު ހެޔޮލަފާ މީހަކަށް ނުވާނަމަ ކޮންބުރުގާއެއް ނުވަތަ ކޮންފަގުޑިއެއްތޯ މުހިއްމީ. ދިވެހިންގެ ދީނެއް މިއްލަތެއް އަދަބެއް އަޚްލާޤެއް ނެތް މިންވަރު މަގުމަތިންނާއި ސޯސަލް މީޑިއާއިންވެސް އެދަނީ ފެންނަމުން.
ސުންބުލި
15 October 2025
ރާއްޖެ ނޫނީ އަމިއްލަ ސަގާފަތް ދޫކޮށްލާފަ އަރަބި ސަގާފަތް ގަބޫލު ކޮށް އެއްމެން އަބާޔާ އަށް ބަދަލު ކުރި ގައުމެއް ނޯންނާނެ! އެއީ އަރަބި ސަގާފަތް! އެކަމަކު އެމީހުން ވެސް ޔޫރަޕަށްދާއިރު އެ އަބާޔާ ދޫކޮށްލާ! ފރިހެނުން ވެސް އެ ދިގު ރޯބް ދޫކޮށްލާ! އަރަބިން ބޭނުން ވަނީ މަޝްހޫރު މީހުން ބޭނުން ކޮށްގެން އެމީހުންގެ ސަގާފަތް ޖެންޒީ އަށް އާއްމު ކުރަން! އަރަބިންގެ ކްރިސްޓިއަނުން ވެސް އެ ސަގާފީ ހެދުން ލާ!މީގަ އެމީހުން އިސްކަންދެނީ ދީނަކަށް ނުން! ސަގާފަތަށް
ކަން އައުން
15 October 2025
ތިޔަހާ ވަރު ވަރުވާ ކަމެއް ނޫން. ފަރުވާ ހޯދަން ފެނޭ.
ހުސޭނުބޭގެ ޢަލީ
15 October 2025
މަށަށް އަރަބި ހެދުން ލުމުގަ އިޚްތިޔާރު ލިބޭ. އެކަމަކު ޔޫރަޕްގެ ގަމީހާ ޓައި ލާން އެކަމަކު މަޖުބޫރު އޮފީހަށް ދާން ބޭނުންވާނަމަ. އެހެން ވީމަ އަރަބި ސަގާފަތަށް ވުރެ ޔޫރަޕުގެ ސަގާފަތް މަޖުބޫރުކޮށްފަ މި އޮތީ.
ރާއްޖެ
15 October 2025
ސަގާފަތައްލޯބި ކުރަނީނަމަ ސާދާ ސީދާ ދިވެހިބަހުން ވާހަކަ ދައްކާ ފާސްކުރި ގަމީސް ލައިގެން އޮފީހައްދޭބަލަ. އަދި ދަރިފުޅައް ޖަންޖުފަރާސް ނުލައްވާ ފޭލި އަނދުވާފަ ބަހައްޓަބަލަ
ލަސް
15 October 2025
ގައުމެއް އިސްތިހާރު ކުރާއިރު އެގައުމެއްގެ ސަގާފަތް އިސްތިހާރުކުރާނެ، އަބާޔާއަކީ އަރަބި ސަގާފަތުގެ ހެދުމެއް، ދީނަކާއި ގުޅުވާކަށް ނުޖެހޭ. އިންޑިޔާަގަވެސް ތިބޭނެ ހައްދުފަހަނައެޅި ހިންދޫ މީހުން، އެމީހުނަށް ހަޖަމެއް ނުވާނެ. ކޮންމެ ކަމެއްގަވެސް ދީނީކާޑު ކުޅޭނީ.
އައްޑޫކުއްޖާ
15 October 2025
ފާޑުކިޔަންޖެހަެތަ އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އޮންނަ ގޮތް
ހަމަ ހުވާ
14 October 2025
100%ތެދެއް
އަޖާބު
14 October 2025
ހަ ހަ ހަ ހަ ތިޔަ ކިޔާތަ ބުރުގާ
ހާލުފޮޅިފޮޅި
15 October 2025
އާން... އެއީ މި 100% މުސްލިމް އޭ ކިޔާ ދިވެހިރާއްޖޭގައި މިހާރު ބުރުގާ އަޅާގޮތް.. އެމީހުން ލައިގެން އެތިބަ ހެދުންވެސް ރާއްޖެގައި މިހާރު ބުރުގާ އަޅައިގެން އުޅޭ އަންހެނުން ލާ އެއްޗިއްސަށްވުރެ ނިވާކަންބޮޑުވެފަ ރީތި . . .
ޢަރުތަ
15 October 2025
އެއަށް ކިއަނީ ބުރުގާއެއް ނޫން، ބުރުތުޤާލު.
ޗެރީ ބުލޮސަމް
14 October 2025
ތިތަނުން އެކަކުވެސް ބުރުގާއެއް އަޅާފައެއް ނެތް.. އެހެން ނޫން ދޯޕައްޓާއެއް ބޮލުގަ އަޅާފަ އެބަ އޮތް..އެވެސް އާއްމު އިންޑިޔާ ޕާކިސްތާން ބަނގުލާ މީހުން އަޅާ ގޮތަށް. ދެން އިންޑިޔާ މީހުން ކޮން މޮޔައެއް ވެގެން މިއުޅެނީ.
2025
14 October 2025
އެއީ މުސްލިމުންގެ މިސްކިތަށް ވަންނަގޮތް ދީޕޫ، ސޮނާ ގިނަ ފޮޓޮތަކާ، ވީޑިއޯތައް ދޫކޮށްލަބަލަ ހިންދޫތައް ތިބޭނެ ރާކަނިމަސްކެވިފަ...... ބޮއިހަލަކި
ރާއްޖެ
14 October 2025
އިޒްރޭލު ނަގާފަ މުސްލިމުންނާއި އެންމެ އަދާވާތްތެރީ އިންޑިއާ ހިންދޫން.
އަބޫ222
14 October 2025
އަބާޔާ އަކީ އަރަބި ސަގާފަތެއް ކަމަށް އެމީހުން ބުނީ! އެމީހުން ބޭނުމެއް ނުވޭ އިންޑިޔާ މުސްލިމުން އަރަބި ސަގާފަތް ކޮޕީ ކުރާކަށް! އަސްލު އިސްލާމް ދީނަށް ހުރުމަތްތެރި ކޮށް އަބޫދާބީ ހިތި ނަމަ ބުދު ނުދައްކާނޭ އެމީހުން ބުނީ! ބޭނުމަކީ ދީޕިކާ ކަހަލަ މަޝްހޫޫރު މީހެއްގެ ޒަރީ އާ އިން އަރަބި ސަގާފަތް ގެނައުން ކަމަށް އެމީހުން ބުނަނީ! އެކަމާ އެމީހުން މައްސަލަ އަކަށްވީ! މުސްލިމުން ނާ އިދިކޮޅުވީމަ އެއް ނުން
ދިގަލި
15 October 2025
އަބޫ 222 މީ ހަމަ ހޭގައި ހުރި މީހެއްތަ؟ ހިނދީން މުސްލިމުންނާ އިދިކޮޅުކަން ނ|ޭނގޭން.