ޚަބަރު / މޯލްޑިވްސް މީޑިއާ ކޮމިޝަން

މީޑިއާ ކޮމިޝަންގެ މީޑިއާތަކުގެ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަން ކުރައްވައިފި

މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ސްލޮޓު ތަމްސީލް ކުރައްވާ ހަތަރު މެމްބަރުން (ކ-ވ) ސަގީފް، ސިމާހާ، އަބްދުލްއަޒީޒް އަދި ޒަމްއަތު.

13 އޮކްޓޯބަރ 2025 - 17:52

2 comments

މިދިޔަ މަހު އަމަލު ކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މީޑިއާތަކުން އިންތިހާބު ކުރަންޖެހޭ ހަތަރު ބޭފުޅުން މިއަދު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފި އެވެ.

މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން މީޑިއާ ކޮމިޝަނަށް ހަތް ބޭފުޅުން އިންތިހާބު ކުރަންޖެހޭއިރު ހަތަރު ބޭފުޅުން އިންތިހާބު ކުރަން ޖެހެނީ މީޑިއާތަކުގެ މެދުގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ. އެކަމަކު، އެކަށީގެންވާ އަދަދަކަށް މީޑިއާތަކުގެ އެ ސްލޮޓަށް ކުރިމަތިލާފައި ނުވާތީ އިންތިހާބަކާ ނުލައި ހަތަރު ބޭފުޅަކު ވަނީ އިންތިހާބުވެފަ އެވެ.

މީޑިއާ ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވީ އެ ހަތަރު ބޭފުޅުންނެވެ. އެއީ:

ބްރޯޑްކާސްޓިން ކެޓަގަރީ:

- އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ

- ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލަ

އޮންލައިން ކެޓަގަރީ:

- ސިމާހާ ނަސީމް- ގދ. ރަތަފަންދޫ، ވެލީގޭ

- ހުސައިން ސަގީފް- ހދ. ވައިކަރަދޫ، ހިސާން

މީގެ ތެރެއިން ސަގީފަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެންމެ ފަހުގެ ރައީސެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު އަމަލުކުރަން ފެށި މީޑިއާ ކޮމިޝަންގެ ގާނޫނު ބުނާގޮތުން މީޑިއާ ކޮމިޝަންގެ ހަތް މެމްބަރުންގެ ތެރެއިން ތިން ބޭފުޅަކު ކަނޑައަޅަން ޖެހެނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެހެންވެ، އެ ކޮމިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ހުޅުވައިލުމުން 10 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލިހުން މީޑިއާ ކޮމިޝަނަށް އައްޔަންކުރާ ތިން ސްލޮޓަށް ކުރިމަތިލެއްވި 10 ބޭފުޅުން:

1- ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ (މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު)

2- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު)

3- ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް)

4- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)

5- އިބްރާހިމް މުހައްމަދު، ގ. ވިންޑް (މީޑިއާ ކައުންސިލްގެ ކުރީގެ ނައިބު ރައީސް)

6- މޫސާ ރިލްވާން، މ. ހާވިލާ (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)

7- ފާރިސް ތޯހާ، ހ. ސޯސަން (އެޗްއާރުސީއެމަށް އެންމެ ފަހުން ނަން ފޮނުވައި އެކަމަކު މަޖިލީހުން ރުހުން ނުލިބުނު ބޭފުޅެއް)

8- ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580

9- މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ

10- ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

މޯލްޑިވްސް މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން އައްޔަންކުރަން ޖެހޭ ތިން މެމްބަރުންގެ ސްލޮޓަށް ކުރިމަތލެއްވި 10 ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން: (ސޮފާ ޝަފީގު، ސަހާރަތު، ފާރިސް ތޯހާ، ފާތުމަތު ހިލްމީ، މޫސާ ރިލްވާން އަދި އިބްރާހިމް މުހައްމަދު.

މި 10 ބޭފުޅުންގެ ތެރެއިން މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން އަދި ބޭފުޅުން ކަނޑައެއް ނާޅުއްވަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ ބޭފުޅުންގެ ނަން އިއްވުމަށް ފަހު ވަނީ ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

މީޑިއާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން އައްޔަން ކުރަންޖެހޭ ސްލޮޓަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ބްރޯޑްކޮމްގެ އެންމެ ފަހުގެ ރައީސް ސޮފާ ޝަފީގު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނާ އެކު އުވުނު މޯލްޑިވްސް މީޑިއާ ކަައުންސިލްގެ ކުރީގެ ނައިބު ރައީސް އިބްރާހިމް މުހައްމަދާއި އެހެން މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް ކަން ކުރިން ކުރެއްވި މުހައްމަދު ފަރުޝަތު ވެސް ވަނީ ކުރިމަތިލައްވައިފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްދޫ

15 October 2025

އަބްދުލްއަޒީޒް މީ ކިހިނެއްފާވި މީހެއް؟؟؟

The name is already taken The name is available. Register?

އަބްޑޫޅް +

15 October 2025

ސުވައިދު އަތޮޅު ރަތްފަންދޫ މީހަކުވެސް ހިމެނޭ ދޯވ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454