ޕޭޕަލްގެ ހިދުމަތް ރާއްޖެ އަށް ތައާރަފްކުރަން ނިންމިކަން އިއުލާންކުރި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އުރީދޫގެ ބައެއް އިސްވެރިން: ޕޭޕަލްގެ ހިދުމަތް އަންނަ އަހަރު އުރީދޫން ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން ބުނޭ.--- ފޮޓޯ| އުރީދޫ
14 އޮކްޓޯބަރ 2025 - 19:36
އުރީދޫން ރާއްޖެ އަށް އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ތައާރަފްކުރާނެ ކަން މިއަދު އިއުލާންކޮށްފި އެވެ.
އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޕޭޕަލް ކުންފުންޏާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަންނަ އަހަރު ރާއްޖެ އަށް ޕޭޕަލް ތައާރަފްކުރަން ނިންމައި، އެ ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އުރީދޫން ބުނީ އަންނަ އަހަރު ޕޭޕަލްގެ ހިދުމަތް ރާއްޖެ އަށް ދޭން ފެށުމާ އެކު، ޕޭޕަލްގެ ހިދުމަތް ގަބޫލުކުރާ ދުނިޔޭގެ އެތައް ފަރާތްތަކަކާ އެކު، ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ ކަމަށެވެ. އޭރުން އުރީދޫގެ އެމްފައިސާ އެކައުންޓްތައް މެދުވެރިކޮށް ޕޭޕަލް ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
"އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނަރޝިޕާ އެކު، ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާ ލިންކު ވެގެން ދިޔުމަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް،" އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އުރީދޫން އިސްވެ ތިބެ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެ އަށް ތައާރަފްކުރަން ނިންމިކަން އިއުލާންކުރި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އުރީދޫގެ ބައެއް އިސްވެރިން: ޕޭޕަލްގެ ހިދުމަތް އަންނަ އަހަރު އުރީދޫން ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށް އެ ކުންފުނިން ބުނޭ.--- ފޮޓޯ| އުރީދޫ
ޕޭޕަލްގެ ހިދުމަތް ރާއްޖެ ގެންނަން ނިންމިކަން އުރީދޫން އިއުލާން ކުރިއިރު، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވެސް ކުރިން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް އެ އަަރުގެ އޮގަސްޓް މަހުގެ ފަހު ހަފުތާގައި އެ ކުންފުންޏަށް ވަނީ ހުށަހަޅައިފަ އެވެ.
"އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް އާދެވޭނެ ކަމަށް. ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ އަޅުގަނޑުމެންނަށް،" މިނިސްޓަރު ސައީދު އޭރު ވިދާޅުވެފައި ވެ އެވެ.
ޕޭޕަލްގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓަރު ސައީދު މިދިޔަ އަހަރުގެ އޮގަސްޓް 22 ގައި ވަނީ އެ ކުންފުނީގެ އިސް ވެރިންނާ އޮންލައިންކޮށް މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަން.
15 October 2025
ޕޭޕަލްއަކީ މިހާރު އެހާ ރަނގަޅުއެއްޗެއް ނޫން. ފީތައް ބޮޑުވެފަ ގިނަ ބަޔަކު މިހާރު ތިބޭނުންކުރުން ހުއްޓާލައިފި.
އައިރާ
15 October 2025
ސަރުކާރުން ކުރި ކަމެއް ނޫން! އުރީދޫ ފިންޓެކް، ގަތަރު އާ ޕޭޕޭލް ގެ އެއްބަސްވުމެއް! އޫރިދޫ ބޭނުން ކުރާ ގައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެ އަދި އޮމާން ގައި ވެސް މި ޚިދުމަތް 2026 ގައި ފަށާ ގޮތަށް އޮތީ..
އަލިމާ
15 October 2025
ޕޭޕާލް މިހާރު އެބްސޮލެޓް ވެއްޖެ. މާލަސްވެއްޖެ ތިކަން ކުރަން. ފަހުގެ އެޕްތަކާއި ، ވެބްސައިޓް ތަށް ވެސް ޕޭޕަލް ނުހުރޭ. ގެންނަންވީ ފަހުގެ ، ޒަމީނީ ގޭޓްވޭތަށް. ސްޓްރައިޕް ރަގަޅުވާނެ.
ޝާޔާާ
15 October 2025
ޒުވާނުންނަށް އުފާވެރިކަން ރައީސް މުއިއްޒު ގެނުވައިފި. މިއީ ހަމަ ހަގީގަތުގައިވެސް ދަބެސްޓް ރައީސް.
އިމްދާދްް
15 October 2025
މިސަރުކާރުން ވަރަށް މަސައްކަތްކޮށްގެން މިކަން ކުރީމާ މިކަމުގެ ކްރެޑިޓް އެހެންބަޔަކަށްނުދީ. މިއީ ހަމަ ރައީސް މުއިއްޒުގެ ބުރަ މަސައްކަތް.
raajje
15 October 2025
ސަރުކާރަކުން ހަގީގަތުގާ ނުޖެހޭނެ ޕޭޕަލްއަށް އާދޭސްކުރާކަށް، ޕޭޕަލްއިންހިދުމަތްދިނީމާ ފައިދާވާނީ ޕޭޕަލްއަށް، ކުރިންނަމަ ޕޭޕަލްއަކީ ވަރަށްމުހިންމު ބޭނުންތެރިހިދުމަތެއް ނަމަވެސް މިހާރު ޕޭޕަލް އަލްޓަނޭޓިވުސްބައިވަރު، މާނައަކީ ޕޭޕަލްގޮތަށްބޭނުންކުރެވޭނެ އެހެންބައިވަރު ހިދުމަތްތައްމިހާރު އެވޭލަބަލް، ނަމަވެސްމިފަދަ ގިނަކަންކަން ދާދިފަހަކާޖެހެންދެން ބީއެމްއެލްއިން އުޅުނީ ބުލޮކުކޮށްގެން، މިފަދަހިދުމަތައް ރާއްޖެއަށްނުލިބިއޮތުމުގެ އަސްލަކީ ބީއެމްއެލް
ހައްމާދްް
15 October 2025
ބަޔަކަށް ކިތަންމެ ހަޖަމްނުވިޔަސް މިރާއްޖެއަށް ޕޭޕަލް ގެނައީ ރައީސް މުއިއްޒު.
މޮހަނުބެ
16 October 2025
ކެކެކެ. ބަޔަކު ކަމެއް ކުރެެމަ އަމިއްލަޔަށް ހަވާލުވީ
ކަޗޯރު
15 October 2025
އޫރިދޫގައި ޑޮލަރ ބަލެންސް ނެތްހާހިދެންގައި ބޭރުންލިބޭ ލާރި ލިބެނީ ދިވެހި ރުފިޔާއިން ބޭންކް ރޭޓުގައި. ރާއްޖޭގެ އެއްވެސް ވޮލެޓަކަށް އަދި ޑޮލަރ ބަލެންސް ގެންގުޅުމުގެ ހުއްދައެއް ނުދޭ. ދިވެހިން ޕޭޕޭލް އެހާ ބޭނުންވަނީވެސް ޑޮލަރ އިން ޕޭޕަންމަންޓް ލިބޭނެ ތީވެ.
ޕޭޕާލް ސީއީއޯ
16 October 2025
ބުދަ ދުވަހު ތިޔަބުނާ ލައިސަންސް އެމްއެމްއޭއިން ވަނީ އުރީދޫއަށް ދީފަ. މިހާރު ޑޮލަރު ބެލެންސް ގެންގުޅެވޭނެ. އަސްލުވެސް ވަރަށް ސަޅިވާނެ މިކަން އަވަހަށް ފަށާގަންނަންވީ.
އަންސާމްް
15 October 2025
ވަރަށް ހަބޭސް. ރައީސް މުއިއްޒުމީ ގަދަ މީހެއް.
ޢަރުތަ
14 October 2025
"މިދިޔަ އަހަރުގެ ސެޕްޓެމްބަރު 1 ގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ "ޕޭޕަލް" ރާއްޖެ އަށް ތަރާއަފު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް އެ އަަރުގެ އޮގަސްޓް މަހުގެ ފަހު ހަފުތާގައި އެ ކުންފުންޏަށް ވަނީ ހުށަހަޅައިފަ އެވެ ". ރައީސް "ފިނިހަކަ" ދުވެލީގެ ވާހަކަ މިމީހުންދެއްކީ އުތަ، އަހަރު ދުވަހަށްވުރެ ގިނަދުވަސްވީ، މީ "ހޫނުހަކަ" ދުވެލިބާ!
އައިރާ
15 October 2025
އޫރިދޫ ގަތަރު އިން ޕޭޕޭލް އާއެކު އެއްބަސްވީ... ސަރުކާރުން ކުރިކަމެއް ނޫން