ދުނިޔެ / ސައޫދީ އަރަބިއްޔާ

މައްކާގެ ހަރަމްފުޅާ އިންވެގެން ބޮޑެތި ބިނާތަކެއް އަޅަން މެގަ ޕްރޮޖެކްޓެއް އިއުލާނުކޮށްފި

ކިންގް ސަލްމާން ގޭޓް މަޝްރޫއުގެ ތަސައްވުރެއް. ފޮޓޯ:ރުއުޔާ އަލް ހަރަމް އަލްމައްކީ

މާތްވެގެންވާ މައްކާގެ ހަރަމްފުޅާ އިންވެގެން، ހައްޖާޖީން ތިބޭނެ ބޮޑެތި ބިނާތަކެއް ހެދުމުގެ މަޝްރޫއެއް ސައުދީ އަރަބިއްޔާއިން އިއުލާނުކޮށްފި އެވެ.

ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުރާސްފަތި ދުވަހު ބުނީ "ކިންގް ސަލްމާން ގޭޓް" ގެ ނަމުގައި އިމާރާތްކުރާ އެ ބިނާތަކުގެ ޖުމްލަ ފްލޯ އޭރިއާގައި 12 މިލިޔަން އަކަމީޓަރު ހުންނާނެ ކަމަށެވެ. އެއީ ހައްޖާޖީންނަށް ފަސޭހަވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ސައުދީ ސަރުކާރުން ހިންގާ "ޕިލިގްރިމް އެކްސްޕީރިއެންސް ޕްރޮގްރާމް"ގެ ބައެއް ކަމަށް ވެސް އެ ޖެންސީން ބުންޏެވެ.

މަޝްރޫއު ކުރިއަށް ގެންދާ ރުއުޔާ އަލް ހަރަމް އަލްމައްކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ ހައިސިއްޔަތުން އެ މަޝްރޫއު އިއުލާނުކުރެއްވީ ސައުދީ އަރަބިއްޔާގެ ޑީފެކްޓޯ ލީޑަރު އަމީރު މުހައްމަދު ބިން ސަލްމާން އާލް ސުއޫދެވެ.

ނިދައި ކައިބޮއި އުޅޭނެ ތަންތަނާއި އެތެރޭގައި އަދި ބޭރުގައި ނަމާދުކުރާނެ ބޮޑު ސަރަހައްދުތައް ގާއިމްކުރާ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއުގައި ގިނަ އަދަދެއްގެ އުސް އިމާރާތްތައް ހިމެނޭނެ އެވެ. އެ މަޝްރޫއުގައި ނަމާދުކުރަން ހާއްސަކުރާ ބައިތަކުގައި ޖުމްލަ 900،000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެ ކަމަށް އެސްޕީއޭގެ ރިޕޯޓުގައި ބުންޏެވެ.

މައްކާއަށް ދަތުރުކުރަން ގާއިމްކޮށްފައިވާ އާއްމު ދަތުރުފަތުރުގެ ނިޒާމަށް ފަސޭހައިން ދެވޭ ގޮތަށް ތަަރައްގީކުރާ އެ ސަރަހައްދުގައި ގާއިމްކުރާ އިމާރާތްތައް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފައްކާކުރި ނަމަވެސް، އެތަންތަން ފަރުމާކުރާނީ މައްކާގެ ގަދީމީ ތަރިކައިގެ ސިފަތައް ނުގެއްލޭ ގޮތަށެވެ.

ސައުދީ ސަރުކާރުގެ 2030 ގެ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ އެ މަޝްރޫއުން 300،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް އެސްޕީއޭއިން ބުންޏެވެ.

9 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 72%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރު

18 October 2025

ތި ޕޮރޮޖެކްޓް ނިމޭއިރު ހައްޖާ އާއި އުމްރާގެ އަގު އެތައްގުނައަށް ބޮޑުވެގެންދާނެ ސަބަބަކީ މިހާރު ދިވެހިންތިބޭ ހޮޓާތައްވެސް ނަގާ ޒަމާނީ ފެންވަރުގެ ހޮޓާތައް އެޅީމާ ހޮޓާތަކުގެ އަގުބޮޑުވެގެންދާނެތީ

The name is already taken The name is available. Register?

ނަނަނަ

18 October 2025

ހައްޖާ އުމްރާ އަކީ ފަގީރުން ދާން އޮތް ތަނެއް ނޫން. ދީނީ ގޮތުން މިކަން އޮތްގޮތް މިއީ! އިސްލާމް ދީނަކީ ފުރިހަމަ ދީނަކަށް ވަނީ މިހެންވެގެން.

The name is already taken The name is available. Register?

ނުކައްސި

18 October 2025

ހައްޖަކީ ބައެއްގެ ބިޒްނަސްއަކަށްހަދާ ވިޔަފާރިއަކަށްވީމާ އަޅުކަންކުރަންދާމީހުން އަތުންބޮޑު އަގުނަގާފަ ބިންމަތީގަ ނިދަން މަޖުބޫތުކުރާ އެޖެންޓުންވެސް އުޅޭ. ތިޔަ ވިޔަފާރިން ލިބޭފައުސާއިން ގާޒާ އާރާސްތުކުރަން ހަރަދުކުރާނެނަމަ ކިހާރަނގޅު.

The name is already taken The name is available. Register?

އެއްލައްކަ1

17 October 2025

ތިޔަ ސަރަހައްދުގައިވެސް އެއްލައްކަ އާއި އެއްވަރުވާނެ އިންތިޒާމް ރަސްގެފާނު ހަމަޖައްސަވާދެއްވާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

މުއީނާ

17 October 2025

ދިވެހި އިންވެސްޓަރުންނަށް ރައީސް މުއިއްޒުގެ ހިކުމަތްފުޅުން ފުރުސަތު ލިބޭނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

1828

17 October 2025

މަލްޑި ބިލިއަން ޑޮލަރ ބިޒްނަސް

The name is already taken The name is available. Register?

2245

17 October 2025

އެހެން ކަމަކާ އުޅެބަލަ

The name is already taken The name is available. Register?

1819

17 October 2025

*ޓްރިލިއަން ޑޮލަރ ޓުއަރިޒަމް ބޫސްޓް

The name is already taken The name is available. Register?

ޑި ފެކްޓޯ ނުކިޔަމާ

17 October 2025

"ޑި ފެކްޓޯ ލީޑަރ" އަކީ ރަސްމީކޮށް ބަލައިގަންނަ ނުވަތަ ގާނޫނީ ގޮތުން އައްޔަންކޮށްފައިވާ ލީޑަރެއް ނޫނަސްއެއީ ، ގައުމެއް، ނުވަތަ ޖަމާއަތެއްގައި ހަގީގީ ބާރު ހިފަހައްޓާ މީހެކެވެ. މިއީ މަގާމުގެ ގާނޫނީ ހައްގު ލިބިގެންވާ ލީޑަރެކެވެ. ގިނަ ފަހަރަށް ޑިފެކްޓޯ ލީޑަރަކަށް ވެރިކަން ހޯދަނީ ބަޣާވާތެއް ފަދައިން ނުރަސްމީ ނުވަތަ ގާނޫނީ ނޫން ގޮތްތަކުން ކަމަށާއި، އެމީހުންގެ ބާރު ބިނާވެފައިވަނީ ރަސްމީ ހައިސިއްޔަތުގެ ބަދަލުގައި އަމަލީ ކޮންޓްރޯލެއްގެ މައްޗަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454