ބާނި ހަރަކާތުގެ ތެރެއިން ފީނުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކުރުމަށް ބައިވެރިވި މީހުން. --ފޮޓޯ: ވީއެމްސީ
18 އޮކްޓޯބަރ 2025 - 23:37
ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިކަމަށް ވީއެމްސީން ބުންޏެވެ.
ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވީއެމްސީން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަހޯދާފަ އެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ ވީއެމްސީގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ އެވެ.
ބާނި ހަރަކާތުގެ ތެރެއިން ފީނުމުގެ ދުނިޔޭގެ ރެކޯޑު ގާއިމުކުރުމުގެ ލިޔުން ހަވާލުކުރަނީ. --ފޮޓޯ: ވީއެމްސީ
ބާނި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާ އެކު އެވެ. މި ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެ އެވެ.
ބ. އޭދަފުއްޓާ 10 މިނެޓް ދުރުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެއްކަމުން، މި ހަރަކާތާއެކު، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކުވާދެވުނުކަމަށް ވީއެމްސީން ބުންޏެވެ.
މި ފިނޮޅުގެ ވަށައިގެންވާ ސަރަހައްދަކީ އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ.
ވީއެމްސީން ބުނި ގޮތުގައި، އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ކޯޕަރޭޝަނުގެ މައިގަނޑު އެއް މަގުސަދު ކަމުގައިވާ ކަނޑު ފަޅުގެ ޓޫރިޒަމް ދެމެހެއްޓެމުގައި ދުނިޔޭގެ އެންމެ އިސް ގައުމުގެ ގޮތުގައި ދެމެހެއްޓުމަށް ބާރުވެރި ކޮށްދޭނެ ހަރަކާތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
19 October 2025
މަޤްސަދަކީ ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދުން، އެކަން ވެއްޖެނު ދެން ވަރިހަމަ...........
ޑަރޯގާ
19 October 2025
ތިޔަ އިވެންޓު ނިމޭއިރު ފަރު އޮންނާނީ ހަލާކުވެފައި. ތީ ވަރަށް ފީކަޅާކޮށް ކުރިޔަށް ގެންދިޔަ އިވެންޓެށް.
މަންޖ
19 October 2025
ޓީވީ ޗެނަލަކުން ލައިވްކޮށްލާނެ ވަރުނެތީ! ކީއްކުރާނީ!
ދަނޑީގޭ ޒަކަރިއްޔާ
19 October 2025
ފީނިއްޔޭ؟ މޫދައް އެރުނީތަ؟ ނޫނީ ފެތީތަ؟ ނޫނީ ފީނީތަ؟ ފޮޓޯއިން ފެންނަނީ އެއްބުރި ތެންމައިގެން މޫދަށް އެރި ތިއްބާ. ސްވިމިންގ އަކީ ފެތުން. ޑައިވިންގ އަކީ ފީނުން. މާނަ އޮޅުވާލައިގެން ނުވާނެ!
ރަދީފަތު
19 October 2025
ސްނޯކުލިންނަކީ ވެސް ފީނުން… ދެނޯ؟؟
މިނިސްޓަރޯނީ
19 October 2025
ކަސްޓަމްސްއާ ޕޯޓްގެ ބެލުމުގެ ދަށުގައި ހުރި ސިގިރެޓް އެންމެ ގިނަ އަދަދަކަށް ގެއްލުމުގެ ވޯލްޑް ރިކޯޑްވެސް މިހާރު ވަނީ ގާއިމް ކުރެވިފައި،
ބސވސ
19 October 2025
މިވަރުކަމެއް ހިނގާއިރު މިކަން އަހަރެމެންނަށް ނޭނގުނީ މިގައުމު މާ ބޮޑީތަ؟ ނޫނީ ސިއްރުން ހިނގި ކަމަކީތަ؟
ނޒމ
19 October 2025
ބ އަތޮޅު ހުރިހާ ރަށަކަށް ގޮސް ކައުންސިލް ތަކާ ބައްދަލުކޮށް މައުލޫމާތު ދިން
އަބޫ
19 October 2025
ސޯޝަލް ދީޑިއާ އާއި ތަން ކޮޅެއް ދޔރީ ކަންނޭންގޭ ފޭސްބުކް ޕޭޖެއް ހަދައިގެން މި ކަމުގެ އިސްތިހާރުކޮށް، މި ކަމުގެ ބައިވެރިވާނެ މީހުން ހޯދަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އަނެއްކާ އިވެންތް ފެށުނީ ސުރެ ނިމެންދެން ވަރަށް ގިނަ މަންސަ ތަކުން ލައިވް ކުރަމުން ދިަޔައިރު، އެ އެ ލައިޕް ފީޑް ވަރށް ގިނަ ބަޔަކު ޝެއަރކުރަމުން ދިޔަ