ޖާހުގެ ޓަވަރެއް.
20 އޮކްޓޯބަރ 2025 - 13:23
ޖާހު އިންވެސްޓްމަންޓު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓުތަކުގެ ބާކީ މަސައްކަތްތައް މި މަހަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން އެ މަސައްކަތް ހަވާލުކުރި އާރުސީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭ 1 ގައި ހަދާ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ ބައިތައް ނިންމަން 20 މިލިއަން ރުފިޔާ އަށް އާރުސީސީއާ ހަވާލުކުރީ މިދިޔަ ޖޫން 2 ގަ އެވެ. ހަތަރު މަސް ދުވަހަށް ހަވާލުކުރި ޕްރޮޖެކްޓުގެ މުއްދަތު މި މަހުގެ 2 ގައި ހަމަވި ނަމަވެސް އެ މަސައްކަތުން އަދި އެއްކޮށް ނިންމައި ނުލެވެ އެވެ.
"އަޅުގަނޑުމެންނާ މަސައްކަތް ހަވާލުވިއިރު 30 ޕަސެންޓު މަސައްކަތް ހުރީ ނުނިމި. އެ ހުރިހާ ކަމެއް ނިންމަން އަޅުގަނޑުމެންނަށް ޖެހުނު. އެއީ ވަރަށް ބޮޑެތި މަސައްކަތްތަކެއް،" އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމް "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވެފައި ވަނީ ޖާހު ފްލެޓުތައް ނިންމުމުގެ އަމަލީ މަސައްކަތް ވެސް ފެށުނީ އިދާރީ ކަންކަން ފުރިހަމަ ކުރުމަށް ފަހު ތަންކޮޅެއް ލަހުން ކަމަށެވެ.
"ބައެއް މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ވެސް ގެންނަން ޖެހުނު ކަމަށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ. އެތައް އަހަރެއް ކުރިން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް ވާތީ ބަދަލުތަކެއް ގެންނަން ޖެހުނީ،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އާރުސީސީގެ ޗެއާމަން ނާޒިމް ވިދާޅުވީ، މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޖާހުގެ އެޕާޓްމަންޓުގެ މަސައްކަތްތައް 2017 ވަނަ އަހަރު ފެށީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، 8 އަހަރު ވެގެން ދިޔައިރު ވެސް މަސައްކަތް ނުނިމޭތީ، އެ ތަނުން އެޕާޓްމަންޓް ގަތް މީހުން މުޒާހަރާ ވެސް ކުރި އެވެ
އެހެންވެ، އެ މައްސަލަ ބެލުމަށް ފަހު، ފްލެޓުތައް ނިންމުމަށާއި ބިމުގެ އަގު ދެއްކުމަށް އެޗްޑީސީން ޖާހު އިންވެސްޓްމަންޓަށް 30 ދުވަހުގެ ނޯޓިސްއެއް މީގެ ދެ އަހަރު ކުރިން ފޮނުވި އެވެ. އެކަމަކު، އެ ނޯޓިސް ހަމަވިއިރު އެއްވެސް ކަމެއް ނުވެ އެވެ.
އޭގެ ފަހުން އެޕާޓްމަންޓުތައް ނިންމަން 45 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތުގައި އެ މަސައްކަތްތައް ނުނިމުމުން އެޗްޑީސީން ވަނީ އެންމެ ފަހުން އެއްބަސްވުން ބާތިލް ކޮށްފަ އެވެ. އެ ބިމާ އެޗްޑީސީން ހަވާލުވުން ހުއްޓުވައި ދިނުމަށް އެދި ޖާހުން ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް، ކޯޓުން ނިންމީ އެ ފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.
އެޗްޑީސީން އޮކްޓޯބަރު 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
ޖާހުގެ "ދަ ގާޑަން" ގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނާނެ އެވެ. އޭގެ ގިނަ ތަންތަން ވަނީ ވިކި ހުސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޭެަޗަކޮއެ
01 November 2025
މިއަދު ނޮަވެންބަރު 01 ހަވާލެއް ނުކުރޭ، ތަން ނިމެން އަދި ވަރަށްގިނަ މަސަތްކަރް އެބަހުރި!
ވަގުމަން
21 October 2025
ކޮބާހޭ މަންޑޭގެ ފްލެޓްތައް!
އަފްރާސިޔާބު
20 October 2025
ތަންކޮޅެއް ކުރިން ބުނި ޖާހުގެ ފްލެޓްތައް އެޗްޑީސީން ނިންމަނީއޭވެސް. އެއީ ޖާހަށް ކޮށްދޭ ކަމެއްގެ ގޮތުގައި. ދެންތިބުނީ ޖާހުގެ ފްލެޓްތައް އާރުސީސީން ނިންމަނީއޭވެސް. ދެން ޖާހު އާމުން އަތުންނެގި ރުފިޔާވެސް އާންމުންނަށް އެޗް.ޑީ.ސީން ދޭންވާނެނުން. ދެން ތިތަނަކީ އަރސީސީން ހަދައި ވިއްކާ ތަނެއްވީމާ އާރސީސީއަށް ފައިސާ ދައްކައިގެން މީހުން ގަނެފާނެނުން. ތިޔައީ އިޖުމާޢި ބޯވަހިކަން ހޯދައިދޭގޮތްދޯ. ފައިދާ މުޅިންވެސް ދެގުނަ.
ދާދީ
20 October 2025
ދެން ކީއްވެ 11 ވަނަ ފްލޯ ގަ ހުރި އެޕާޓްމަންޓްތައްވެސް ނިންމާނެ ތާރީހެއްނުބުނީ. އެއީ ނިންމަން ނުޖެހޭ ތަނެއްތަ؟
ޖާނޫ
20 October 2025
ޖާހުފުލެޓު ޖާނޫއަށް ދޭށެވެ.
ދަލޭކަ ދައިތަ
20 October 2025
މިހާ ހާލުން ނިންމާ ތަންތަނުގެ ފެެންވަރު ހުންނާނީ ކިހާވަރެއްގަބާ!! ފައިސާވެރިންގެ ރާއްޖޭގައި ވާގޮތަކީ މުއްސަނދި މީހާގެ ބަލަދުވެރިފަރާތަކީ ދައުލަތް. ފަގީރުމީހާ ލޫޓުވާލަނީ މުއްސަނދިމީހާ.
ސަސި
20 October 2025
މަ ބުނީ ތިކަމުގަ ޖާހުއަށް ހަމަ އެޅޭނެ އެއްވެސް ފިޔަވަޅެއްނެތްދޯ
ޖާހިލިއްޔަ ޒަމާން
20 October 2025
ރިޙާކުރު ފުޅީގެ ލެވެލުން ރާއްޖޭގައި ފިޔަވަޅު އަޅަނީ. އެތައްބައެއްގެ ހައްގަށް އަރައިގަނެ މިނިވަންކަމާއި އެކު އުޅެވެނީ މިތަނުގައި އަދުލު އިންސާފު ނެތުމުން