21 އޮކްޓޯބަރ 2025 - 07:10
ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލްއާ ރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރައްވައިފަ އެވެ.
އޭގެ ތެރޭގައި ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.
އެ މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ސޮއިކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓު ތަރައްގީ ކުރަނީ 2،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ކަމަށެވެ. އެ މަސައްކަތްތައް ކުރަނީ ކައްދޫ ސިފައިންގެ މަރުކަޒު، އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓު ބޮޑުކުރުމާ އެކު، ފޮނަދު އަށް ވެސް ބިން އިތުރު ވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓު މަޝްރޫއު އަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ބިން ހިއްކުމުގެ މަޝްރޫއު މިއަދު ހެނދުނު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
21 October 2025
އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކޮށްފައިވަނީ "ރަށު ފެންވަރުގެ" އިންޓަނޭޝަނަލް އެއްތޯ؟ މިހެން މިދެންނެވީ އައްޑޫ އިން ކ.އަތޮޅު މާލެއަށް "ކުލީ އަޅުން އުފުލާދިނުން ނޫން ކަމެއް" ޤައުމީ އެއަރލައިން މޯލްޑިވިއަން ގެ ފަރާތުން ނުކުރާތީ. ކ.މާލެ އިން އިންޑިޔާ، ޗައިނާ، މެލޭޝިޔާއަށް ނުއަގުގައި ދަތުރު ކުރާއިރު ހަނިމާދޫ އިން ވެސް އިންޑިޔާ އަށް ދަތުރު ކޮށްދޭއިރު އައްޑޫ އިން އިންޑިޔާ އަށް ދަތުރު ނުކުރަނީ އައްޑޫ ވީމަތޯ؟!
ބަކުރުބޭ
21 October 2025
މިދިޔަ އަހަރު ހަވާލުކުރީ ޗައިނާ ކުންފުންޏަކާ. މިއަހަރު އެމްއޭސީއެލްއާ. އަންނަ އަހަރު އާސަންދަ އާ. އިންތިހާބަށް ކައިރިވީމަ އެމްޑަބްލިއުއެސްއީ އާ. ވަރަށް ރަނގަޅު ގޮތެއް. ރަށުމީހުން ތިބޭނެ ހަމަ ބާރަށް އަތްޖަހަން.
ދަރަވަންދޫ މީހާ
21 October 2025
ކޮބައިތޯ ދަރަވަންދޫ އެެއަރޕޯރޓް ތަރައްޤީ ކުރުމަށް ދަތުރުފުޅުގައި ވެވަޑައިގެންނެވި ވަޢުދުފުޅު، އަޕްޑޭޓެއް ލިބިދާނެތޯ؟
raajje
21 October 2025
އަހަރެމެންގެވެރިން އެކަންކޮށްދޭނަން މިކަންކޮށްދޭނަން މިހެންކިޔާކަށްނުޖެހޭނެދޯ، ތިމަންނަގެ ޕުލޭނަކީމިޔޭ ކިޔާފަ ކުރިޔަށް ރާވާފަހުރިބައެއްކަންކަން ބުނެދެވިދާނެ، އެކަމަކު އަރާކޮންމެރަށަކުން އެކަންކޮށްދޭނަން މިކަންކޮށްދޭނަން ނުޖެހޭކިޔާކަށް، ކިޔަންނުޖެހޭސަބަބަކީ ރައްޔިތުންގެކަންކަން ކޮށްދެނީކީނޫން، ކުރަންޖެހޭނެ، އެކަންކަން ކުރަން ކޮންމެމީހަކާވެސްވެރިކަން ހަވާލުކުރަނީ، އަމިއްލަޖީބުންތަކުރަނީ ކޮށްދޭނަމޭކިޔާކަށް، ކޮންމެވޯޓަކާދިމާކޮށްމިހެންކިޔެނީވެސްދޯ
ރާވެރިބެ
21 October 2025
5 ލައްކަ އާބާދީ ހަމަ ނުވާ ކުޑަ ކުޑަ ގައުމެއް. އަހަރަކަށް މި އަންނަނީ 2 މިލިއަން ޓުއަރިސްޓުން. މަދު ޕްރައިވެޓް ޖެޓް ތަކެއް ފިޔަވާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓެއް މިޖައްސަނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް. ރަށެއްގަ އިންޓަނޭޝަނަލް ފެންވަރަށް ރަންވޭ އެއް ހަދާ އެތަށް މިލިއަން މީހުންނަށް އަހަރަކު ޚިދުމަތްދޭން ތައްޔާރު ކުރިޔަސް ދުނިޔޭގެ އެއާރލައިން ތަކުން ނާންނާނެ. ބޭރުގެ އެއަރލައިން މަންޒިލް ހޮވަނީ ބައިވަރު ކަންކަމަށް ބަލާފަ.
raajje
21 October 2025
ރާވެރިބެ: އަޅުގަނޑަށްވިސްނޭގޮތްތަފާތު، ވަކިއެއާލައިންތަކެއްގެ ފުަލައިޓުޖެއްސޭނީ ރާއްޖޭގެ މިވެނިއެއަރ ޕޯޓަކަށޭބުނެ އެގޮތަށް ނިންމީމާޖެހޭނީ ހަމަ އެބުނާއެއަރޕޯޓަކަށް ޖައްސަން، އެކަމުގާއެއާލައިންތަކަށް ޗޮއިސެއްނޯންނާނެ، ރާއްޖެއަށް ދަތުރުކުރުން ހުއްޓައެއްވެސްނުލާނެ، ރާއްޖޭގެ ޑޮމެސްޓިކުގަވެސް އެއްވެސްކޮންޕެޓިޝަނެއްނެތީކީއްވެ، އެއީ ވިލާ އަށާއި މޯލްޑިވިއަން އަށް އެއަރޕޯޓުތައް ބަހައިގެންއުޅޭތީ، އެމީހުންބޭނުން އަގަކު ދިވެހިންމިޖެހެނީ ދަތުރުކުރަން، ނޯޗޮއިސް
ދެންވެސް788
21 October 2025
ދެން ކީކޭ ވަކި ބުނެވޭނީ. ގއ ވިލިގިލީ އަދި ތިނަދޫ ގައި (މިހާރު ކާޑެއްދޫއަށް ބަދަލުކުރެވިފައި) އިންޓަނޭޝަލް އެއަރޕޯޓެއް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް މިއީ ވައުދު ފުއްދާ ރައީސެއް
ގރފލ
21 October 2025
އެއަރޕޯޓް ރާއްޖެ