މާލެ: ގޭގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަން ސިޓީ ކައުންސިލުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
21 އޮކްޓޯބަރ 2025 - 19:36
މާލޭގެ ގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެ އާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު، ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތް ކުރާއިރު، ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އިއުލާނުގައި ބުންޏެވެ.
އެކަން ހައްލު ކުރުމަށް ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބަހައްޓަން ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަލޭ
23 October 2025
ގެތަކަށް ނަން ކިޔުމުގެ ބަދަލުގާ ނަންބަރެއް ދިނުނުމުން މާބޮޑަށްވެސް ހޯދާލަން ފަސޭހަވާނެ. މިސާލަކަށް: މަޖީދީމަގު 10 ނަމްބަރުގެ (އެޑްރެސް ލިޔާނީ މަޖީދީމަގު ނަންބަރ:10 ފޮލޯނަމްބަރ 5 އެޕާޓްމަންޓް ނަމްބަރ 2)
އިބް
22 October 2025
ފުރަތަމަ މާލޭގެ މަގުތައް ހަދާބަލަ. ވެހިކަލް ދުއްވާ ކޮންމެ މީހެއްގެ އަތުން ޓެކްސް އެބަނަގާ ރޯޑް ވޯރތްނެސް ގެ ނަމުގަ. ސިޓީ ކައުންސިލް އަށް ފަސޭހަ ކޮށްދޭނީ ރައްޔިތުންނަށް ފަސޭހަވީމަ. މުސާރަ ދީފަ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ތިބިބަޔަކަށް ނުޖެހޭ ރައްޔިތުން ނުކުމެ ފަސޭހަ ކޮށްދޭކަށް.
ރަތަފައި
22 October 2025
މީހުން ދިރިއުޅޭ ހުރިހައި ރަށެއްގެ މަގުތަކުގައި ވެސް، އެމަގުގެ އެކި ހިސާބުގައި ނަންބޯޑު ހަރުކުރަންޖެހޭ
ރަތަފައި
22 October 2025
ވަރަށް ރަނގަޅު ނިންމުމެއް. ނަންބޯޑު ނެތީމަ އަސްލުގައިވެސް ވަރަށް އުނދަގޫވޭ އެގެއެއް ނޫނީ އެތަނެއް ހޯދުމުގައި. ނަންބޯޑު ހަރުކުރުމަށް ވަކި މުއްދަތެއް ދިނުން މުހިންމު. އެމުއްދަތުގެތެރޭ ހަރުނުކުރާ ފަރާތްތަކަށް ކޮންމެސް ފިޔަވަޅެއް އަޅަން ވެސް ޖެހޭނެ. ރަށްރަށުގެ ކައުންސިލުތަކުން ވެސް އެބަޖެހޭ އެރަށެއްގައި ނަންބޯޑު ހަރުނުކުރާ ގެތަކުގެ ނަންބޯޑުތައް ހަރުކުރުމަށް މަސައްކަތް ކުރަން
އަފްރާސިޔާބު
22 October 2025
މާލޭގެ ގޭގޭގައި ނަންބޯޑު ނެތިވަރަށްގިނަ ގެހުންނަކަން ފާހަގަ ކުރެވޭ. މީސަރުކާރުން ޚަރަދު ކޮށްގެން ކުރުން މުހިންމު ކަމެއްކަމަށްފެނޭ. ދެން މާލޭގެ މަގުތަކުގައި ނަންބޯޑު ބެހެއްޓުމަކީ ރައްޔިތުން ކުރަންޖެހޭ ކަމެއް. ހުރިހާ ކަމެއް ސަރުކާރަށް ކޮށްނުދެވޭނެ.
މިވަރުވާން ވާނެ.
22 October 2025
މަގުމަތި ނަންތަށް ޖެހޭނެ ދޯ ؟؟؟ މިއުޅެނީ ވެހޭ ފެންކޮޅު ކެޕިޓަލް ސިޓީގަ ހިންދާނުލެވިގެން.
އަބްޑޫޅް +
22 October 2025
ވަރަށް އުފާވެރި ހަބަރެއް. "އޯލްވޭޒެ ހެޕީ ހައުސް"، "ބުރިން ޖޯލު ފުލާވަރު"، "ހެޕީ ލަކް"، މިކަހަލަ މިކަހަލަ، މޮޅެތި ނަންނަން އަނެއްކާވެސް ފެންނާނެ. ގެޔަށް ކިޔާނެ މޮޅެތި ނަން ހޯދަން މީހުން އައިސް އުޅުނީ މަޖީދިއްޔާގެ ކެމިޝްޓީ ޓީޗަރު، މިޝްޓަރު އެސް ވިލިޔަމު ކައިރިއަށް. އޭނަ ކިޔައިދިން ނަންނަން އަދިވެސް މުޅިރާއްޖޭގަ އެބަ ހުރި. މިސާލަކަށް، ހީލިޔަމް، ޒެނޯން، އޮކުޝީޒަން، ޕޮޓޭސިޔަމް، މިކަހަލަ، މިކަހަލަ، މޮޅެތި ނަންނަން.
ގޯޅި މަގު
22 October 2025
ގޭގޭގެ ނަންބޯޑު ބަހައްޓަން ކައުންސިލުން އަންގާއިރު، މާލޭ މަގުތަކުގެ ނަންބޯޑުތައް ބަހައްޓަން ޖެހެނީ ކޮން ބަޔަކަށްތޯ؟ އެ މަގުތަކުގައި ގެ ހުންނަ މީހުންތޯ ނޫނީ ކައުންސިލުންތޯ؟ ނަން މަޝްހޫރު މަގުތަކެއް ނޫނީ ދެން މިހުންނަ ހަނި މަގުތަކާއި ގޯޅިތަކަށް ކިޔާ ނަމެއް ނޭނގެ. އެ އޮންނަނީ ހަމައެކި ޗާޓުގަ. މަގުހިނގާ މީހަކަށް މިއިން މަގެއް/ގޯޅިއެއް ފާހަގަ ކުރެވޭނެ ފަސޭހަ ގޮތެއް ނެތް. ފުރަތަމަ ކައުންސިލްގެ ޒިންމާ އަދާކުރަން އެބަޖެހޭ.
ބޮޑުމީހާ2
22 October 2025
މި މާލެއަކީ އެތައް ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވެފައި މަގުތަކަށް ކިޔާ ނަންތައް ފެންނަން ނެތުމަކީ ދެރަވަރުކަމެއް. ހުރި ތަނެއް މީހަކަށް ކިޔައިދެވެނީ މުޅި ސަރަހައްދުގަ ހުންނަ ބިލްޑިންގްތަކާއި، ޕާކުތަކާއި، ރުއްގަސް ފަދަ ތަންތަން ކިޔައިދީގެން. މިއަށްވުރެ އިދާރާތައް ޒިންމާދާރުވާންވާނެ
ސުވާސާ
22 October 2025
ގޭގޭގެ ނަންބޯޑުވެސް މުހިންމު. އެކަމަކު މާލޭގެ މަގެއްގެ ޕޭމަންޓަކުނ މިހާރު ހިނގާކަށްނުކެރޭ. އޮފީހަށް ދާއިރުއާ ކުދިން ސްކޫލަށް ހިނގާއިރު ފުރާޅުތަކުންނާ، ފޫގޮއްސަ ހުންނަ ދިޔަދޮވިތަކުން ގަޔަށް ހަޑި ފެންފައިބާ ތެމޭވަރުން. އަޅެފަހެ، ގެތަކަށް ޓީމުތައް ފޮނުވައިގެން މިކަން ހައްލުކޮށްދީބަލަ. މިހާރުވެސް އަލިކިލެގެފާނު މަގުގަ ރެއިންބޯ ކުރިމަތީގަ ހުންނަ ރާދަފަތި ކިޔާ ތަނެއްގެ ކުރިމަތިން ހިނގޭވަރެއްނޫން. މީހުންގެ ގަޔަށާ ކަރަންޓްބޯޑަށް ދިޔަދޮވިންހުރިހާފެނެއް.
ޢަކިއޯ
21 October 2025
މާލެ މަގުތައް ހަދާބަލަ
ބޮޑުވަރު
22 October 2025
ބަޔެއް ފަހަރު ކަވަރު ދޫވެފަ ހުރި ސައިކަލެއްގަ އިނދެވޭއިރު ހީވޭ ރަންވޭ ކޮޅަށް ފްލައިޓު ފޯރާހެން، އެންމެން އަތުގަ ނުހުންނާނެ އެންމެ ފަހުގެ ސައިކަލެއް.