ގެއްލިގެން ހޯދާ ޕޫރްނީމާ ގަޖްމާ
24 އޮކްޓޯބަރ 2025 - 20:08
ނޭޕާލުގެ، އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފި އެވެ.
ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ރިޕޯޓްކޮށްފައިވާ މީހާގެ ނަމަކީ ޕޫރްނީމާ ގަޖްމާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ ގެއްލިގެން ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރު އޮއްސުނު ފަހުން ކަމަށެވެ.
"... އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ދިނުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙުސޭނު
26 October 2025
ރައްޔިތުންގާތު އެހީ އަށްއެދޭއިރު މައުލޫމާތު ސިއްރުކުރީމަތިކަމެއްނުކޮށްެވޭނެ
ަސދސފދ
25 October 2025
ކާރެއް މަޑުކޮށްލާއިރަށް އެބަ އަރާ ބުރުޖަހަންދާން. ތިމާމެން މިއުޅެނީ ބޭރުގައުމެއްގައި ކަމުގެ އިހްސާސެއް އެމީހުންނަކަށް ނުވޭ.
އިބުރ
26 October 2025
ކާރު ދުއްވަން މިތިބެނީ ދިވެހިން، އެހެންވީމަ ތިބުނަނީ ދިވެހިފިރިހެނުންނަކީ އަންހެނުންނަށް ވަރަށް ނުރައްކާތެރި ބައެކޭދޯ. މިވަރުން ހަމަމަގަށް އަޅުވަންވީ ދިވެހި ފިރިހެނުންތާ. ހަމަ ތާކުން އަންހެނެއް ފެންނަ އިރަށް އެމީހުންނަށް ހަމަލާނުދޭން.
އަހުސަން ފަލީ
25 October 2025
ޢަހަރެންވެސް ބުނަން އޮތީ އޮނަރަބްލް އަފީފު ދީދީވެސް ބުނިހެން ހަމަ. އެކަމު އަދި އެހެންބުންޏަސް ވޯކްވިސާ ދޭފަރާތުން މި ކަބުލޭގެ ގެނައިފަރާތަށް އެހެން މީހަކު އަވަހަށް ގެނެވޭނެ ގޮތަށް ސިސްޓަމުން ހުއްދަތަށް ދެއްވުންވެސް އެދެން. މިހެންގެއްލޭ މީހާ ހޯދާފަ ފޮނުވާލާތާ 10 ބާރަ އަހަރުވާއިރުވެސް އެކްސްޕެޓް ސިސްޓަމުން އެމީފެނުނު ކަމަށް ނުހަދާ ކްލިއަރ ނުވެ ހުންނަނީ މަދެއްކޮށް ނޫން
ފުލި
25 October 2025
ތި ކުއްޖާގެ އާއިލާއާއި ކޮންޓެކްޓު ކުރަން ފުލުހުން މަސައްކަތް ކޮށްފައިވޭތޯ އަދި ތި ކުއްޖާގެ ކޯލް ރިކޯޑްތަކުން އެކުއްޖާގެ ދިރިހުރި ކަމުގެ އެއްވެސް ހިލަމެއް ވެފަތޯ ބެލިފަތޯ ވަނީ މިވެސް ސުވާލެއް. މިގޮތަށްް ގޮތްނޭނގި ގެއްލުމުން ވަރަށް ކަންބޮޑުވޭ އާއިލާއިން ހިތާމަކުރާނެ ވަރު ވިސްނާފަވެސް.. އަދި އާއިލާއާއި ދުރުގައިހުރި ކުއްޖެއް ވީމަ.... ހެޔޮހާލުގައި ހުއްޓައި ފެނުމުގެ ތައުފީޤް މިންވަރުކުރަށްވާށި...!
ރާވެރިބެ
25 October 2025
ގެއްލިގެން ހޯދަނީ ޓުއަރިސްޓެއްތަ؟ ނޫނީ ވަޒީފާއަށް އައިސް އުޅޭމީހެއްތަ؟ ގެއްލިގެން ރިޕޯޓުކުރި ފަރާތާ މިއަންހެން ކުއްޖާއާ އޮތީ ކޮން ގުޅުމެއް؟ އެއްވެސް ތަފްސީލެއް ނެތި މީހަކު ގެއްލިގެން ހޯދަނީ އޭބުންޏަސް ކިހިނެތް ތިކަމުގަ އާންމުން އެހީވެދޭނީ.
އިހްސާސް
25 October 2025
އައްޑޫ ސިޓީގެ ވޯޓުގެ ކަންތަކާ އަފީފު ދީދީ މާބޮޑަށް ޕުރެޝަރަށް އަރާފަ ހުރިހެން ހީވަނީ.
އަލި
25 October 2025
ގެއްލުނު ރަށެއް އަތޮޅެއް ޖަހާލިނަމަ ހޯދަން ތަންކޮޅެއް ފަސޭހަވާނެ.
ބުރުގާ
25 October 2025
ތީ ހަފްތާ ބަންދައް ގެއްލޭ ކުދިން. އާންމުކޮއް ދެން ފެންނާނީ ހޮނިހިރު ނޫނީ އާދީއްތަ ދުވަހު.
ހިމް
25 October 2025
"އުމުރުން 19 އަހަރުގެ އަންހެނަކު"... ރާއްޖޭ ރައްޔިތެއް ނަމަ ބުނާނީ 19 އަހަރުގެ ކުއްޖެކޭ.
އޮނަރަބްލް އަފީފު ދީދީ
24 October 2025
ފެނުނީމާ މައްސަލަ ތަޙްޤީގުކޮށް ބަލާފައި ވާކްވީސާ ކެންސަލްކޮށްފަ 20 އަހަރު ފަހުންނޫނީ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާ. ދިވެހި ދައުލަތުގެ ޤާނޫނު ތަކަށް ބޯ ނުލަބައި ތިމާމެން ހިތުހުރިގޮތަކަށް މިތަނުގައި އުޅެ ޤައުމުގެ ކަރާމާތް ނަގާލަން އުޅޭ މީހުން ހަމަމަގަށް އެޅޭނީ މިގޮތަށް މިކަން ކޮށްގެން.
އެއްކަލައަފީފު
24 October 2025
އަފީފުއަށް އެނގޭތަ މި އަންމީހާ ވީތަނެއް ކޮންމެންޓްގައި އޮތް އެއްޗަކުން ހީވަނީ އަފީފު އަށް އެނގޭ ހެން މި މީހާ ވީތަނަކާ ވީގޮތެއް
އޫސިމޭ ނޭޒަރު
24 October 2025
އޮނަރަބަލް އަފީފު ދީދީއެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ މީހެއްކަން އިނގެނީ ކިހިނެތް؟
މީ ކޮންކަހަލަ އިންސާނެއްތަ
24 October 2025
އަދި އެކުއްޖާ ދިރިހުރިކަންވެސް ހުރިއްޔާ ހުރީ ކޮންހާލެއްގައި ކަންވެސް އެނގުނިއްޔެއް ނޫން!!
ފޮނި އަފީފު
25 October 2025
އައްޑޫ ދަރިއެއްކަމަކު ކިޔޭ ނުކިޔޭއެއް ވިސްނާލާފަ ކިޔާ.
އިނާދު 25
25 October 2025
މި ގެއްލުނުމީހާ އަކީ އަފީފުދީދީ ތިބުނާފަދަ "ދިވެހި ދައުލަތުގެ ޤާނޫނު ތަކަށް ބޯ ނުލަބައި ތިމާމެން ހިތުހުރިގޮތަކަށް މިތަނުގައި އުޅެ ޤައުމުގެ ކަރާމާތް ނަގާލަން އުޅޭ މީހެއް" ކަމެއް ނުވަތަ ނޫންކަމެއް ނޭނގުނަސް ކޮމެންޓް ކުތާތި. ނަމުގެ ކުރިއަށް އަމިއްލައަށް އޮނަރަބަލް ލިޔަކަސް ނުފުދޭ. ސިކުނޑި ބޭނުންކުރަން ވެސް ޖެހޭ ކަން ހަނދާންކޮށްދެން.
ބުޒުރަގު
25 October 2025
މަނިކުފާނު. ގެއްލިގެން ހޯދާ ކޮންމެ މީހަކީ ފިލައިގެން އުޅޭ މީހަކަށް ހެއްދެވީތޯ. ނޫނީ މަނިކުފާނުގެ އަތްދަށުން ފިލައިގެން ދިޔަ މީހަކީތޯ.
ރަޯނޭ
25 October 2025
މީނާ ގާނޫނާއި ޚިލާފްވި ގޮތެއްވެސް އޮނަރޭ ބުނެލިނަމަ ދޯ؟
ލެއްގިކޮމިޝަނަރ
25 October 2025
ނަމުގެކުރިޔަށް އޮނަރަބަލް ލައިގެން ފަަޑުފާޑުގެ ކޮމެންޓްކޮރީމަ، މިއެގެނީ އައްޑޫގަ އުޅެނީ ހިސްރޯބުއެދުރުން ކަހަލަ ގަމާރު މީހުނޭ.