ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން މަހްލޫފް އުޅުއްވުމުން، ފުލުހުން ހުރަސް އަޅަނީ: އޭނާ އަށް ޖަލުން ލިބޭ ބައެއް އިނާޔަތްތައް އެއް މަސް ދުވަހަށް ކަނޑާލާފައިވާ ކަމަށް އާއިލާ އިން ބުނޭ.---މިހާރު ފައިލް ފޮޓޯ
29 މާޗް 2017 - 12:10
ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވާހަކަ ދައްކަވާ ކަމަށް ބުނެ، އޭނާ އަށް މާފުށީ ޖަލުން ދޭ އިނާޔަތްތައް އެއް މަސް ދުވަހުގެ މުއްދަތަށް ކަނޑާލައިފި އެވެ.
މަހްލޫފަށް ދޭ އިނާޔަތްތައް ކަނޑާލި ކަމަށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މަހްލޫފްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، އޭނާ އަށް ޖަލުން ލިބޭ އިނާޔަތްތައް ކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ނެރުއްވި އޯޑިއޯ އާ ގުޅިގެންވެ. އެ އޯޑިއޯގައި މަހްލޫފް ވަނީ މަސީހްގެ އިތުބާރު ނެތް ކަމަށް ހުރިހާ މެމްބަރުން މިދިޔަ ހޯމަދުވަހުގެ ޖަލްސާގައި ވޯޓު ދެއްވުމަށާއި އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތަށް ތާއީދު ކުރައްވައިފަ އެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވި ގޮތުގައި، ކަރެކްޝަނަލް ސާވިސް އިން ހިފެހެއްޓީ، ހަފުތާއަކު އެއް ފަހަރު އާއިލާ އަށް ފޯނު ކުރުމުގެ ފުރުސަތާއި އާއިލީ ބައްދަލުވުންތައް އަދި އެކަހެރި ބައްދަލުވުންތަކެވެ.
އޭނާ ވިދާޅުވީ މަސީހާ ގުޅޭ ގޮތުން މަހްލޫފް ނެރުއްވި އޯޑިއޯގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް ގޮވައިލެއްވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް އައުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިނާޔަތްތައް ކަނޑާލުން ވަރަށް ބޮޑަށް ކުށްވެރި ކުރަން. މިއީ ވަކި މީހަކާ މެދު ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމުގެ ހެއްކެއް،" ނަޒޫ ވިދާޅުވި އެވެ.
މަހްލޫފްގެ އޯޑިއޯގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން "މޮޑެން ގެންގުޅުއްވާ ފުށްގަނޑަކަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެއްދެވީ މަޖިލީހުގެ ރައީސް މަސީހު ކަމަށެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް "ހަލުވަން ގެންގުޅޭ ބޮލި ރަވައެއްގެ ފުއްތަކަކަށް" މެންބަރުން ހެއްދެވުމުގެ ޖާގަ ދެއްވީ ވެސް މަސީހު ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.
ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހުގެ ކުރީކޮޅު ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މރ. ހަދާނެއް ނުނެތޭ.
29 March 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ވާހަކަ ދެއްކިއްޔޭ، ނާ ހަމަ ތެދެއްތަ، މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓު ދޭން ގޮވާލުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވީގޮތެއް ހަމަ ނޭގުނު، އަހަރުމެންވެސް މިދަނީ އެހެން ގޮވަމުން، އެއް އިނާޔަތެއްވެސް ނުކެނޑޭނެ އަޅެ ކަނޑާލަބަލަ، ކުރިއަށް އޮތްތަނުގަ މާވަރަގަދަކޮށް އެހެން ގޮވާނަން، ބަލަންތިބޭ.
ޢަލީ
29 March 2017
މަހުލޫފުގެ އޯޑިޔޯގަ މަސީހާ ދެކޮޅައް ވޯޓުލާން ގޮވާލުމަކީ ގައުމީސަލާމަތައް ނުރައްކާވާ ކަމެއްތަ؟ ތިޖޫރީ ވަގައް ނެގުން އެއީ ގައުމީ ސަލާމަތައް ހުރިގެއްލުމެއް ނޫންބާ
ސަރުކާނު
29 March 2017
އިރާދަ ކުރެއްވިއްޔާ މަކްލޫފަށް ރަގަޅު ގޮތް މެދުވެރިކުރައްވާށި. އަދި ދެން ދައުރެއްގައި މެމްބަރުކަމަސް ކުރިމަތިލުމުގެ ޚިޔާލު ހިތުން ފޮހެވޭނެފަދަ އަލިމަގެއް ދައްކަވާށި އާމީން
ސުވާދީބުކަލޯ
29 March 2017
އޮތް ހާލަތާއިގެން ނޫޅެއްވެންޏާމުން ތިކަލަ އިނާޔަށްތައް ކެޑިގެންދާނެ ވަރަށް ދެރަ
ކަކަކަކަކަކަކަ
29 March 2017
ޖަލުންދޭ ޚިދުމަތް ކަދާލުމަކީ ޖަލުން ދޫކޮށްލުމެއް ނޫންތަ؟ ކެކެކެކެ
ފަޓާސްބަރި
29 March 2017
މަހުލޫފް 4 ދުވަސް ކުރިން ފެއްޓެވި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ އަޕްޑޭޓެއް އިނގެން ވަރަށް މުހިންމު
ޕެނިކްފަރީދާ
29 March 2017
މަހުލޫފުވެސް ބަލައިގެން ދެން އުޅެންވީ. ޖަލުން މިނިވަންވާ ވަގުތުވެސް ކައިރިވަނީ. އެހެންނޫނީ ތިބޭފުޅާ ފާޑަކަށޭ ނޭވާލަނީ ކިއާ ޓެރެރިޒަމަށް ދައުވާ ކޮށްފާނެ.
ކުޅިގަނޑު
29 March 2017
ޤައުމުގެ މަސްލަޙަތު ހިފެހެއްޓުމަކީ ކޮންމެ 24 ގަޑިއިރަކުން ސިޔާސީ މީހަކު ހިފާ ހައްޔަރުކުރުން ނުވަތަ ބިރުދެއްކުމުގެ ކޮންމެވެސް ޢަމަލެއް ފުލުހުންނާ ސިފައިން އަދި ޝަރުޢީ ދާއިރާމެދުވެރިކޮށް ހިންގޭނޭ ގޮތަކަށް އިންތިޒާމުކުރެވިފައިވުމާއި އެކަންކަން ހިންގާ ބެލެހެއްޓުން.
ނަސޭހަތް
29 March 2017
މަހުލޫފު ޖަލު ހުކުމް ނިމެންދެން މަޑުމަޑުން ހުރެބަލަ.
ރަދީފް
29 March 2017
ހިތްވަރުކޮށްލާތި މަހޭ.ރެޖީމްގެ މޮޑަރޭޓަރ ވެސް ޖަލުގެ ތޭރިތަކުގެ ފުރަގަހުގަ އޮންނާނެ.އިންޝާﷲ