އައްޑޫގެ ތިން ރަށެއްގައި މިއަދު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލާން ދިޔަ މީހަކު ވޯޓުލާ މަރުކަޒަށް ވަންނަނީ: މިހާތަނަށް އެ އިންތިހާބުގައި ވޯޓުލީ ނިސްބަތުން މަދު ބައެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ --- މިހާރު ފޮޓޯ/ނިޝާން އަލީ
25 އޮކްޓޯބަރ 2025 - 11:19
އައްޑޫ މީދޫ އާއި ހުޅުދޫ އަދި ފޭދޫގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު މިއަދު ބާއްވާ އާންމުންގެ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އައްޑޫގެ އެ ތިން ރަށުގެ މީހުންގެ މެދުގައި ބާއްވާ އެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖަހާއިރު ފަށަން ތާވަލް ކޮށްފައި އޮތަސް، ވޯޓުލާން މީހުން ނެތުމުން ސަބަބުން މާލެ އާއި އައްޑޫގެ ތިން ރަށުގައި ބަަހައްޓާފައި ހުރި ގިނަ ފޮށިތަކުގައި ވޯޓުލާން ފެށުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ހެނދުނު 10:00 އާ ހަމައަށް ތިން ރަށުން ވޯޓުލާފައި ވަނީ 695 މީހެކެވެ. އެއީ 284 އަންހެނުންނާއި 411 ފިރިހެނުންނެވެ. އެ ކޮމިޝަނުން ގޮތުގައި އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 7.26 ޕަސެންޓް މީހުންނެވެ.
މިހާތަނަށް 8،881 މީހަކު ވޯޓުނުލަ އެވެ. އެއީ 92.74 ޕަސެންޓެވެ.
މި ވޯޓުގައި ތިން ރަށުން ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 9،576 މީހަކަށެވެ. އެއީ 4،684 އަންހެނުންނާއި 4،892 ފިރިހެނުންނެވެ. އެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4 އާ ހަމައަށް ގެންދާނެ އެވެ.
— Elections Commission (@ElectionsMv) October 25, 2025
ވޯޓުލުމަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށްޓާއި މީދޫގައި ތިން ފޮށްޓާއި ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ފޮއްޓެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލްގަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ އެ ރިފަރެންޑަމްގައި ވޯޓު ގުނައި ނިމޭތާ 30 މިނެޓު ފަހުން އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އެ ރަށްތައް ހިންގަމުންދާތާ ގާތްގަނޑަކަށް 15 އަހަރު ފަހުން އެ ރަށްރަށުގައި ވަކި ކައުންސިލުތައް އުފެއްދުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ރަށްރަށުގައި ވަކި ކައުންސިލެއް އޮތުމަށް ބައެއް ރައްޔިތުން ބޭނުންވާތީ އެވެ. ނަމަވެސް އެކަމުގައި ސަރުކާރުން ބޭނުންވާ ވަކި ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
25 October 2025
އެކުއެކީގައި އެއްބައެއްގެގޮތުގައި ދިރިއުޅެމުންއައި އައްޑޫސިޓީގެ ރައްޔިތުންގެމެދުގައި ބޮޑު ފިތުނަވެރިކަމެއް އުފައްދާ އެއްބަޔަކު އަނެއްބަޔަކަށް ދުވަހަކުވެސް ހިތް ހެޔޮނުވާވަރަށް ޙަސަދަވެރިކަން އުފައްދާ މުޅި އައްޑޫސިޓީ ހަލާކުގެތެރެއަށް ވައްޓާލި ތިޔަ ރެފަރެންޑަމް ވޯޓުން އައްޑޫސިޓީގެ ކުރިއެރުމަކަށް އަދި އައްޑޫސިޓީގެ ރައްޔިތުނަށް ލިބޭނެ އެއްވެސް ކަމެއްނެތް. ހުޅުމީދޫ އާންމުރައްޔިތުނަށް ގެއްލުންދޭން ވޯޓްދިން މަހުޖަނުން ތިކުރީ ވަރަށް ނުބައިކަމެއް އިގޭތޯ.
ގޒޗސވ
25 October 2025
އެޓޯލް މިނިސްޓުރީ ދަށުގައި ތިބުމަށްވުރެ ނިކަމެތިކޮށް ބައެއް ރައްތަކާމެދު ސިޓީ ކައުނސިލުން އަމަލުކޮށްފައިވަނީ. 15 އަހަރު ފާއިތުވީއިރު އަދިވެސް ބައެއް ރައްރަށުން ކަމެއްކުރަން ބޭނުންވެއްޖެޔާ ޖެހެނީ އާދޭސްކޮށް ކުރުނީސްކުރަން. މިހާލުގައި ތިބެން ބޭނުންވާނީ ކާކު. ބައިބައިނުވަށޭ ކިޔައި މިއަދު ނުކުމެ ގޮވާ ބައެއްމީހުްނނަކީ މާލޭ ސަރުކާރު ކިޔައި ބޮއިކޮޓަށްގޮވާލި މީހުން . ހައުދަހާ ދެރައޭ
ޙަވަރު
25 October 2025
ވަކި ދައުލަތެއް ހަދަން ވީނު
ވީޓް
25 October 2025
ވޯޓުލާ މީހުން އިނގޭނީ ވޯޓް ލީމަ
ގުނައިދު ޝަރީފް
25 October 2025
ބަލަންތިބޭ، ލާރިކޮޅެއް އަޅާލީމަ ވޯޓްލާން ނުކުންނާނެ.
އޮނަރަބްލް އަފީފު ދީދީ
25 October 2025
އައްޑޫސިޓީ ރޫޅާލަން އައްޑޫމީހުން ބޭނުންވޭތޯ "ޙިޔާލު ހޯދުމަށް" ރައީސް ތިޔަނަންގަވާ ވޯޓްގައި ފޭދޫ އިން 4355 މީހުން، ހުޅުދޫ އިން 2874 މީދޫ އިން 2347 މީހުންނަށް ވޯޓްލުމުގެ ޙައްޤު ލިބިފައިވާއިރު މީގެތެރެއިން ކޮންމެ ދާއިރާއަކުންވެސް މަދުވެގެން %50 މީހުން ވޯޓްލާން ނިނުކުމެ އަދި ވޯޓްދިން މީހުންގެތެރެއިންވެސް ހަނި އައުލަބިއްޔަތަކުން ސިޓީން ވަކިވާން ވޯޓްލިބުނު ކަމަށްވިޔަސް "އައްޑޫ ރޫޅާލަން ފެންނަކަމަށް" ވޯޓްލިބުނީކަމަށް ރައީސް ނިންމުމަކީ ވަރަށް ގޯސްކަމެއް.
ހޯރަބބ
25 October 2025
ތީ މިބުނަ ވާހަކަޔަކީ. ގައުމު ކުރިޔަށްދާނީ އެންމެން ގުޅިގެންނޭ ...އެހެންވީމައި މާލޭ ސަރުކާރު ކިޔުން ހުއްޓާލައި ވަކިވުމުގެ ހިޔާލުވެސް ނުގެންގުޅެންވީ. މިހެން ކިޔާ އަޑުއުވެނީވެސް ތިބައިމީހުންގެ ފަރާތުން.
އޮނަރަބްލް އަފީފު ދީދީ
25 October 2025
ރައީސް، މިއީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޏ ދަށުން ނަންގަވާ "ޙިޔާލުހޯދުމުގެ ވޯޓެއްކަމަށް ވާނަމަ" އައްޑޫސިޓީ ރޫޅާލަން ތިޔަ ނަންގަވާ ވޯޓްގައި ވޯޓްނަންގަވާ ދާއިރާގެ ވޯޓް ޙައްޤުވާ ރައްޔިތުންގެތެރެއިން މަދުވެގެން %40 ރައްޔިތުން ވޯޓްގަައި ބައިވެރިނުވާނަމަ، އަދި "ސިޓީގެދަށުގައި އޮންނަން ނުފެންނަކަމަށް" މަދުއަދަދެއްގެ ރައްޔިތުންނިކުމެ އޭގެތެރެއިން ވަރަށް ހަނި އައުލަބިއްޔަތު ލިބުނުކަމަށްވިޔަސް އެދާއިރާ ސިޓީގެދަށުން ވަކިކުރުމަކީ އިންސާފެއްނޫން. ޢިގޭތޯ.
އަހުމޭ
25 October 2025
ތިފަދަ ވޯޓްތައް ސައްހަވާނީ މަދުވެގެން 75% މީހުން ވޯޓްލައިގެން. 10% މީހުންނައް ބަސްކިއުމުގެ ހައްގެއް ނެތް
މަންދައްތަ
25 October 2025
ކިޔެންކެރަން ލާ ވޯޓެއް ތެއި
އޮނަރަބްލް އަފީފު ދީދީ
25 October 2025
ފޭދޫގަައިހުންނެވި އެންމެ ތައުލީމީ އަދި އަމިއްލަފުޅު ރަށުގައި އެތައް މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް 1000 ކޮޓަރީގެ ގެސްޓް ހައުސް އައްޑޫސިޓީ ފޭދޫގައި ތަރައްޤީކުރަމުންގެންދާ Dr Hassan Saeed ވަނީ އެމަނިކުފާނުގެ ރަށުގެ ރައްޔިތުންނަށް މިވޯޓްގަައި ކަންކުރާންޖެހޭ ގޮތުގެ އިރުޝާދު ދެއްވާ "އައްޑޫސިޓީގެ ކުރިމަގަށާއި، ތަރައްޤީއަށް ހުރަސް އެޅޭގޮތަށް ވޯޓް ނުދިނުމަށް" އާދޭހާއިއެކު ރައްޔިތުނަށް ގޮވާ ލައްވާފަ. އެހެންކަމުން ފޭދޫ އޮންނާނެ ގޮތް އިގޭ.
ކޯޕަރޭޓް ހަސަނު
25 October 2025
ބިމުގެ ޑީލެއް މުޅިން ނުނިމިގެން އުޅޭ ވާހަކަ އަޑުއެހިން. ނިޒާރު، އިމާދު ސޯލިހު، ޒަރީރު، ފައިސަލް މިހެންގޮސް ތިޔަ ފިނިފެންމާ ޕާޓީގެ އެންމެން ޖަހާ ސަކަރާތް މަމެންނަށް ސާފު!
އޮނަރަބްލް އަފީފު ދީދީ
25 October 2025
ވެރިކަމުގައި ތިބި ބަޔަކު "އެމީހުންގެ ބޭނުމަކަށްޓަކާ" ސިޔާސީ ވޯޓެއް ނަގައި އައްޑޫ ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދަރު ކަމެއްނެތް ކަމެއް. ތިޔަ ވޯޓް ނަގާ އައްޑޫސިޓީ ކޮށާ ކުދިކުދިކޮށްލުމަށް ވުރެން ހުޅުމީދޫ ހިތަދޫ ބުރިޖަކުން ގުޅާލާ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދީ "މާލޭސަރުކާރުން އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަޅުވާފައިވާ މަރުތަޅު" ނައްޓަލުން އައްޑޫ ރައްޔިތުނަށް މާ މުހިންމުވާނެ.