ޚަބަރު / އިލެކްޝަންސް ކޮމިޝަން

އައްޑޫ ވޯޓު: ސިޓީ ކައުންސިލުން ވަކިވާން ފޭދޫ ދެކޮޅު، ހުޅުދު އާއި މީދޫ ބޭނުންވަނީ ވަކި ދެ ކައުންސިލެއް!

ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

25 އޮކްޓޯބަރ 18:01

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، މިއަދު މި ނެގީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ރިފަރެންޑަމް.

25 އޮކްޓޯބަރ 17:54

ފޭދު އާއި ހުޅުދު އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން އިދާރީ ގޮތުން ވަކިވެ، އެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ ފެންނަ ނުފެންނަ ވޯޓެއް މިއަދު ނެގީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން، އެ ކަމާ މެދު ގޮތެއް ނިންމައި ދޭން އައްޑޫން އެދުމުން ކަމަށް. އެހެންވެ، އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށްޓަކައި އެ ވައުދު ފުއްދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވީ ކަމަށް ރައީސް ވިދާޅުވެފައިވޭ. އަދި އެ ވޯޓުގައި ކޮންމެ ގޮތަކަށް ފޭދު އާއި ހުޅުދު އާއި މީދޫގެ ރައްޔިތުން ނިންމިސް ސަރުކާރުން އެ ކަން ބަލައިގަނެ ކުރިއަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވޭ.

25 އޮކްޓޯބަރ 17:43

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ނުތިބެން މީދު އާއި ހުޅުދޫގެ ރައްޔިތުން މިއަދުގެ ފެންނަ ނުފެންނަ ވޯޓުގައި ނިންމިއިރު މީގެ 15 އަހަރު ކުރިން އޮކްޓޫބަރު 9، 2010 ގައި ނެގި ވޯޓުގައި ހުޅުދޫ ރައްޔިތުން ބޭނުންވީ އައްޑޫ ސިޓީ ކައުންސިލް އުފައްދަން. އެކަމަކު އޭރު ވެސް މީދޫގެ ރައްޔިތުން ސިޓީ ކައުންސިލާ ދެކޮޅު. ފޭދޫ ރައްޔިތުން 15 އަހަރު ކުރިން ވޯޓު ދިނީ ސިޓީ ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް. ނަމަވެސް އޭގެ 15 އަހަރު ފަހުން މިއަދު ނެގި ފެންނަ ނުފެންނަ ތާރީހީ ވޯޓުގައި ފޭދޫގެ ރައްޔިތުން ވޯޓު ދިނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން ބޭނުންވާ ކަމަށް. އެހެންވެ، މިއީ ސިޔާސީ ގޮތުން ބަލާއިރު މި ތިން ރަށުގެ ރައްޔިތުން ނިންމި ތާރީހީ އަދި މުހިންމު ނިންމުމެއް.

25 އޮކްޓޯބަރ 17:33

ފޭދޫގައި ދިރިއުޅޭ މީހުންނަށް އެ ރަށުގައި ބެހެއްޓި ހުރިހާ ފޮއްޓެއްގެ ނަތީޖާ ގުނައި ވަނީ ނިމިފައި. ހުރިހާ ފޮއްޓަކަށް ވޯޓުލީ މީހުން ވެސް ބޭނުންވީ ފޭދޫގައި ވަކި ކައުންސިލެއް ނުއުފައްދައި މިހާރެކޭ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން.

25 އޮކްޓޯބަރ 17:20

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އިދާރީ ގޮތުން ތިބެން ފޭދޫ ރައްޔިތުން ބޭނުންވާ ކަމަށް މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން ދެއްކި ނަމަވެސް ހުޅުދު އާއި މީދޫ މީހުން ބޭނުންވަނީ އެ ދެ ރަށުގައި ވެސް ވަކި ކައުންސިލެއް އުފައްދަން.

25 އޮކްޓޯބަރ 17:18

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 351 މީހަކު ވަނީ ވޯޓު ދީފައި. ވަކި ކައުންސިލެއް ހުޅުދޫގައި ބާއްވަން ނުފެންނަ ކަމަށް ވޯޓު ދިނީ 151 މީހުން. މިހާތަނަށް ހުޅުދޫން ގުނައި ނިމުނީ ތިން ފޮށި.

25 އޮކްޓޯބަރ 17:16

ފޭދޫން މިހާތަނަށް ފަސް ވޯޓުފޮށި ވަނީ ގުނައި ނިމިފައި.

25 އޮކްޓޯބަރ 17:16

މިހާތަނަށް ގުނައި ނިމި ނަތީޖާ އިއުލާން ކޮށްފައިވާ ނަތީޖާ އަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 372 މީހުން. ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،015 މީހަކު ވޯޓު ދިން.

25 އޮކްޓޯބަރ 17:10

މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ފޭދޫ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބެން.

25 އޮކްޓޯބަރ 17:06

މިހާތަނަށް ލިބެމުން އަންނަ ނަތީޖާތަކަށް ބަލާއިރު ހުޅުދޫން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން.

25 އޮކްޓޯބަރ 17:02

މިހާތަނަށް ގުނަމުން އަންނަ ވޯޓުތަކަށް ބަލާއިރު ފޭދޫގެ ރައްޔިތުން ބުރަވަނީ އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް. މާލޭގެ ކަލާފާނު ސްކޫލްގައި ބެހެއްޓި އެސްޓީއާރު 3.3 އަށް ވޯޓުލީ މީހުންގެ ތެރެއިން ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 39 މީހުން. ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް އެ ފޮއްޓަށް 146 މީހުން ވޯޓު އެޅި.

25 އޮކްޓޯބަރ 16:53

ފޭދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން މިއަދު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

25 އޮކްޓޯބަރ 16:36
25 އޮކްޓޯބަރ 16:25

ނައިބު ރައީސް ސޮލާހު ވިދާޅުވީ، ވަގުތީ ނަތީޖާ އެއް ގަޑިއިރާއި ދޮޅު ގަޑިއިރުގެ ތެރޭގައި ވަގުތީ ނަތީޖާ ލިބެން ފަށާނެ ކަމަށް.

25 އޮކްޓޯބަރ 16:25

އީސީގެ ނައިބު ރައީސް ސޮލާހު "ރާއްޖެ ޓީވީ" ގައި ދެންމެ ވިދާޅުވީ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް. އެ ކަމަކު، އެކަން ކަށަވަރު ވާނީ އެންމެ ފަހުގެ ޖުމުލަ ނަތީޖާއާ ހިސާބުން ކަމަށް އޭނާ ވިދާޅުވި.

25 އޮކްޓޯބަރ 16:20

އީސީން ނިންމާފައިވާ ގޮތުން ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރި ވަގުތުން ފެށިގެން 30 މިނިޓު ވުމުން.

25 އޮކްޓޯބަރ 16:19

ފޭދޫގެ ވޯޓު ފޮއްޓެއްގެ ކިއު ބަންދު ކުރި ކަން އީސީގެ އޮފިޝަލް އިއުލާން ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

25 އޮކްޓޯބަރ 16:11

ފޭދޫގެ ވޯޓު ފޮއްޓަށް ކިއޫ މީހުން އަރަން ގޮސް ތިއްބާ ކިއޫ ބަންދު ކުރުމުން މިހާރު ހޫނު ޒުވާބެއް އެބަ ހިންގާ. އެކަމަކު، ކުރިއްސުރެ ކިއޫ އަށް އަރާފައި ތިބުމުން ވޯޓުލުން އަދިވެސް ފޭދޫގައި ކުރިއަށް އެބަގެންދޭ.

25 އޮކްޓޯބަރ 16:09

އަދިވެސް ބައެއް މީހުން ވޯޓު ލާން ކިއޫގައި ތިބުމުން ބައެއް ފޮށިތައް ބަންދެއް ނުކުރޭ. އެކަމަކު، ހަތަރެއް ޖެހިއިރު ކިއޫ ނެތް ތަންތަނުގެ ވޯޓު ފޮށިތައް މިހާރު ގެންދަނީ ބަންދު ކުރަމުން.

25 އޮކްޓޯބަރ 15:39

ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭ ވޯޓަށް ފަހު ބަޔަކު ފޭދޫ ސްކޫލު ބޭރުގައި މަޑުކޮށްލައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

25 އޮކްޓޯބަރ 15:38

ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭ ވޯޓުލާ ސަރަހައްދުގައި ޒުވާނުންތަކެއް ހަރަކާތްތެރިވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

25 އޮކްޓޯބަރ 15:38

މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް މިހާތަނަށް ވޯޓުލާފައި ވަނީ 1،200 އެއްހާ މީހުން. ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ކައިރީގައި މިހާރު ކޮންމެވެސް ވަރަކަށް ވަނީ ކިއޫ ދަމާލާފައި.

25 އޮކްޓޯބަރ 15:30

އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ވޯޓުލީ 3،410 މީހުން ކަމަށް. އެއީ 35.61 ޕަސެންޓު މީހުން. ތިނެއް ޖެހުމާ ހަމައަށް އީސީން ހާމަކުރި ހިސާބުތަކަށް ބަލާއިރު އަދިވެސް 64.39 ޕަސެންޓު މީހުން ވޯޓެއް ނުލާ. އެއީ 6،166 މީހުން.

25 އޮކްޓޯބަރ 15:28

ފޭދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ޗެކް ކުރަނީ.---ފޮޓޯ: އީސީ

25 އޮކްޓޯބަރ 15:16

ވޯޓުލައި ނިންމަން މިހާރު 45 މިނިޓެއްހާއިރު އަދިވެސް ވޯޓުލާން ނުކުންނަނީ ވަރަށް މަދު ބައެއް.

25 އޮކްޓޯބަރ 13:42

ވޯޓުލުން ކުރިއަށް ގެންދާނީ ހަވީރު ހަތަރެއް ޖަހަންދެން. ވޯޓުތައް ގުނައި ނިމުމާ އެކު، އެ ފޮއްޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި. އަދި ހުރިހާ ފޮއްޓެއްގެ ވޯޓު ގުނައި ނިމުމުން އައްޑޫގައި މިއަދު ވަގުތީ ނަތީޖާ އިއުލާން ކަމަށް ކޮމިޝަނުން ބުނެފައިވޭ. ރަސްމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ.

25 އޮކްޓޯބަރ 13:32

މީގެ 15 އަހަރު ކުރީގެ ފެންނަ ނުފެންނަ ވޯޓަށް ބަލާ ނަމަ އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެއް. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލާފައިވޭ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި އޭރު ރަޖިސްޓަރީ ކުރީ 3،571 މީހެއް. އެ ވޯޓުގައި އައްޑޫގައި ސިޓީ ކައުންސިލެއް ހަދަން ނުފެންނަ ކަމަށް މީދޫގެ 271 މީހަކު ވޯޓުލި. ސިޓީ ކައުންސިލެއް ހަދަން މީދޫން އެ ފަހަރު ތާއީދުކުރީ އެންމެ 77 މީހެއް. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އޭރު އަދަދަކީ އޭރު 1،880.

25 އޮކްޓޯބަރ 13:29

އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވައިލަން ބޭނުންވޭތޯ ބަލަން މީގެ 15 އަހަރު ކުރިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދު، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގި. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮކްޓޫބަރު 9، 2010 ގައި ނެގި ވޯޓުގައި ފޭދު އާއި މީދޫގެ ރައްޔިތުން ތާއީދުކުރީ ސިޓީއެއް ނުހަދަން. އެކަމަކު، މިއަދުގެ ރިފަރެންޑަމްގައި ބައިވެރިވާ ހުޅުދޫގެ ރައްޔިތުން އެ ދުވަހުގެ ވޯޓުގައި ތާއީދުކުރީ އައްޑުއަކީ ސިޓީއަކަށް ހެދުމަށް.

25 އޮކްޓޯބަރ 12:31
25 އޮކްޓޯބަރ 12:26

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މެންދުރު 12 އާ ހަމައަށް ވޯޓުލީ 1،661 މީހުން ކަމަށް. އެއީ އެންމެ 17.35 ޕަސެންޓު މީހުން. އޭގެ މާނައަކީ 82 ޕަސެންޓު މީހުން ވެސް މެންދުރު 12 އާ ހަމައަށް ވޯޓެއް ނުލާ. ފޭދު އާއި ހުޅުދޫ އަދި މީދޫގައި މި ފެންނަ ނުފެންނަ ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ޖުމުލައަކީ 9،576 މީހުން.

25 އޮކްޓޯބަރ 12:17

އައްޑޫ ހުޅުދު އާއި މީދޫ އަދި ފޭދޫ އިދާރީ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ތިން ރަށުގައި ވަކިވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓު މިއަދު ނެގުމުގެ ކުރިން މުޅި އައްޑޫގައި ކަހަލަ ގޮތަކަށް ވާދަވެރި ބަހުސްތަކެއް ކުރި ނަމަވެސް ވޯޓާ ހަމައަށް އައި އިރު ފެންނަނީ އެއްވެސް ކަހަލަ ފޯރިއެއް ނެތް، ވާދަވެރިކަމެއް ވެސް ނެތް ވޯޓެއްގެ މަންޒަރު. މިއަދުގެ ހެނދުނު 8 އިން ފެށިގެން މެންދުރު 12 އާ ހަމައަށް ވެސް ފެނުނީ ވޯޓުލާ މަރުކަޒުތައް ފަޅަށް ހުރި މަންޒަރު. ކިއޫ ވެސް ނެތި، މާ ބޮޑު ޖޯޝެއް އެ ތިން ރަށުގެ މީހުންގެ ފަރާތުން ވެސް މެންދުރާ ހަމައަކަށް ނުފެނޭ. ވޯޓުލުމަށް 8،387 މީހުން ޝަރުތު ހަމަވި ނަމަވެސް ހެނދުނު 11 އާ ހަމައަށް ވޯޓުލީ އެންމެ 1،189 މީހުން. އެއީ އެންމެ 13 ޕަސެންޓު މީހުން.

25 އޮކްޓޯބަރ 12:09

ފޭދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން އެ ރަށުގެ އުމުރުން ދުވަސްވީ މީހަކު ފުރޮޅުލީ ގޮނޑިއެއްގައި ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

25 އޮކްޓޯބަރ 12:06

ފޭދޫ ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން ދިޔަ މީހެއްގެ ނަން ޗެކް ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

25 އޮކްޓޯބަރ 12:03

މާލޭގައި ދިރިއުޅޭ އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ވޯޓުލާން ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަކަށް މީހަކު ވޯޓުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

25 އޮކްޓޯބަރ 11:58

މާލޭގައި ދިރިއުޅޭ އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ވޯޓުލާން ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮށިތަކަށް ވޯޓު ލާން ދިޔަ ބަޔަކު ނަން ޗެކް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

25 އޮކްޓޯބަރ 11:45

ފޭދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން އެ ރަށުގެ އުމުރުން ދުވަސްވީ މީހަކު ގޮވައިގެން ދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

25 އޮކްޓޯބަރ 11:42
25 އޮކްޓޯބަރ 11:41

ހެނދުނު 8 ޖެހިއިރުން ފެށިގެން ވެސް ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑު ތަން މަދުކަން ފާހަގަކުރެވޭ.

25 އޮކްޓޯބަރ 11:40

ހެނދުނު 11 ޖެހުމާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުން ވޯޓުލީ 1،189 މީހުން. އެއީ އެންމެ 12 ޕަސެންޓު މީހުން. އެއީ 534 އަންހެނުންނާއި 655 ފިރިހެނުން. ހެނދުނު 11 ޖެހިއިރު ވޯޓުނުލާ އަދިވެސް 8،387 މީހުން އެބަތިބި. މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓަށް 9،576 މީހުން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.

25 އޮކްޓޯބަރ 11:34

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ޕީއެސްއެމްގައި ވިދާޅުވީ، ވޯޓުލާން ދާ މީހުން ގެންދާ ޑޮކިއުމަންޓުތަކުގައި މައްސަލަ ހުންނަ ކަން ފާހަގަވާ ކަމަށް. ވޯޓުލާއިރު ބޭނުން ކުރެވޭނީ އައިޑީ ކާޑާއި ޕާސްޕޯޓު އަދި އެއްގަމުގައި އުޅަނދު ދުއްވުމުގެ ލައިސަންސް އަދި ޕާސްޕޯޓް ކާޑު ކަމަށް ވިޔަސް އެ އިން އެއްވެސް އެއްޗެއްގެ ޑިޖިޓަލް ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި. އެ އިން އެއްވެސް އެއްޗެއްގެ ފޮޓޯ މޮބައިލް ފޯނުން ދެއްކިޔަސް ގަބޫލު ނުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި.

25 އޮކްޓޯބަރ 11:24
25 އޮކްޓޯބަރ 10:46

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ހެނދުނު 10 އާ ހަމައަށް 695 މީހަކު ވަނީ ވޯޓުލާފައި.

25 އޮކްޓޯބަރ 10:36

މިއަދު ހެނދުނު 9 އާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 320 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 9،200 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ތިން ޕަސެންޓް މީހުން.

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓު ނެގުން ދެންމެ ފަށައިފި އެވެ.

ވޯޓުލުން ފެށުން ހެނދުނު 8 ޖަހާއިރަށް ތާވަލް ކޮށްފައިވީ ނަމަވެސް އެ ގަޑީގައި ނުކުތް މީހުންގެ އަދަދު މަދު ކަމުން ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ލަހުންނެވެ. ފޭދޫގައި ވެސް ވޯޓުލުން ފެށުނީ ލަހުންނެވެ. މާލޭގައި 8 ޖަހާ ބޮޑުވި އިރު ވެސް ވޯޓުލުން ނުފެށެ އެވެ.

ފޭދޫ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ހޯމް މިނިސްޓަރު އިހުސާން މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން ނަގާ މި ވޯޓުގައި 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ:

- ފޭދޫން 4,355 މީހަކަށް - ހުޅުދޫން 2،874 މީހަކަށް - މީދޫން 2,347 މީހަކަށް

ހުޅުދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން މީހަކު ނަން ޗެކް ކުރަނީ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން، މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ހުންނާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.

މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމްގެ ވޯޓު ގުނައި ނިމުމާ އެކު، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފޭދޫ ސްކޫލްގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މިއަދު ހަރަކާތްރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުރިހާ ފޮޓެއްގެ ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނީ ވެސް އައްޑޫގަ އެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ އެވެ.

މީގެ 15 އަހަރު ކުރި:

އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވައިލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.

އެ ވޯޓުގެ ނަތީޖާ އިން ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް އެ ދުވަހު ވޯޓު ދިނީ މިއަދު ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.

އައްޑޫގެ ތިން ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނަގަމުން އަންނަ ފެންނަ ނުފެންނަ ވޯޓުލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގައިޑްލައިން ފާރުގައި ހަރުކުރަން އީސީގެ އޮފިޝަލުން މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ މިހާރު

އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.

މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ. ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.

108 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 11%
icon angry icon angry 61%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނުގ

27 October 2025

ކާކޯ ދެން ކަލޭމެންގެ މުސާރަ ދެނީ؟ ރައްޔިތުންގެ ލާރި ކާނެ ގޮތް މަދުވީތަ؟ މިހާރުވެސް އެތިބީ ފާޑުފާޑު ވެ ވަޒީފާ ހަދާފަ، ކޮހުން ލާފަ، ބޮޑު މުސާރަ ދީފަ. ތިހަމަ ލާރި ހޯދަން ކުޅޭ ކުޅިވަރު. ސަޅި ގޮތެއް. ވޯޓު ލާފަ، ދެން އަހަރުމެން ކައުންސިލެއް ހަދަނީޔޯ. އެހެން ވީމަ ކޮންމެ ރަށެއްގަ ކައުންސިލް ހެދޭނެތާ. ސިޓީ މިވީ ބޭސް ސިޓީއަކަށް. ފަންޑު ހޯދައިގެން ތި ކައުންސިލެއް ހިންގާ. އަހަރުމެންގެ ލާރި ދީގެން ނުވާނެ.

The name is already taken The name is available. Register?

ބެއްޔޫ

26 October 2025

ހިތަދޫ މީހުން މިހާ ރުޅިގަދަ ވެގެން އުޅޭންޖެހޭ ސަބަބެއް ނުވިސްނޭ، ހިތަދޫ އޮތީ މިހާރުވެސް އައްޑޫސިޓީ ކައުންސިލްގަ، މީދޫ ހުޅުދޫ ތި ސިޓީ އިން ބޭރުވީ އަމިއްލަ އިޙްތިޔާރުގައި، 2011ގަ އެޅި ވޯޓުންވެސް މީދޫ އެއް ނޫޅޭ ސިޓީ ވާކަށް، އެއަށްވުރެ ސްޓްރެޓީޖިކް ވިސްނުން މީދޫ މީހުން ކިބައިގަ ހުންނާނެ. އެއީ މިނިވަން ޕްރިންސިޕްލް އެންމެ ކުރިއަށް ނެރޭ ރާއްޖޭގެ އެވޭލާ ޒަމާނުއްސުރެންވެސް ފަނޑިޔާރުންގެ ރަށެއް.

The name is already taken The name is available. Register?

ކައްލަބާސް

26 October 2025

ފެރެތުމާކަށް ހުޅުދޫ މީދޫ ދެރަށި ތިބި މީހުން އެއް ގަލަކަށް އެރިފެހޭ މާ ނަލަ ނުނީ.. މިކަލަސް މެޗައް ބާފެލެ. ފެނޭހެއް އެއްބައިވަންތަވަރަ.. ހަހަ ތިމާމެން ވަރަ ބާކިން ނެއް ކަމައް ނިހެދެއު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 October 2025

އެކުއެކީގައި އެއްބައެއްގެގޮތުގައި ދިރިއުޅެމުންއައި އައްޑޫސިޓީގެ ރައްޔިތުންގެމެދުގައި ބޮޑު ފިތުނަވެރިކަމެއް އުފައްދާ އެއްބަޔަކު އަނެއްބަޔަކަށް ދުވަހަކުވެސް ހިތް ހެޔޮނުވާވަރަށް ޙަސަދަވެރިކަން އުފައްދާ މުޅި އައްޑޫސިޓީ ހަލާކުގެތެރެއަށް ވައްޓާލި ތިޔަ ރެފަރެންޑަމް ވޯޓުން އައްޑޫސިޓީގެ ކުރިއެރުމަކަށް އަދި އައްޑޫސިޓީގެ ރައްޔިތުނަށް ލިބޭނެ އެއްވެސް ކަމެއްނެތް. ހުޅުމީދޫ އާންމުރައްޔިތުނަށް ގެއްލުންދޭން ވޯޓްދިން މަހުޖަނުން ތިކުރީ ވަރަށް ނުބައިކަމެއް އިގޭތޯ.

The name is already taken The name is available. Register?

ކުދުބެއްޔާ

25 October 2025

"އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ވޯޓުލީ 3،410 މީހުން ކަމަށް. އެއީ 35.61 ޕަސެންޓު މީހުން.".......... މިވޯޓަކީ ރައްޔިތުން އެކަމަށް ބޭނުންވެގެން ނެގި ވޯޓެއްބާ!!!!!!

The name is already taken The name is available. Register?

ހަސަނުގ

27 October 2025

ތި ލާރި ކާން ކުޅޭ ކުޅިވަރެއް.

The name is already taken The name is available. Register?

އިހްސާސް

25 October 2025

މާލޭ ސިޓީ ކައުންސިލުވެސް ބައިކޮށްލަން ޖެހިދާނެދޯ މިވާގޮތުން. ވިލިގިއްޔާ ހުޅުމާލެ އަދި ގުޅީ ފަޅުވެސް..

The name is already taken The name is available. Register?

ކުރިއަރުވޭނެއޭ

25 October 2025

އައްޑޫ ހުޅުދޫ އާއި މީދޫ މިދެރަށުގައި ވަކި ކައުންސިލް ތަކެއް އޮވެގެން ހިންގާނަެމަ ވާދަވެރިކަން އިންތިހާ އަށް މަތިވާނެއޭ މިދެރަަށަށް ބަލާއިރު ގުދުރަތީ ވަސީލަތް ތައް އެންމެ ގިނައީ މީދޫގައޭ އަނެއް ކޮޅުން ހުޅުދޫ އަކީ ގުދުރަތީ ވަސީލަތް ނެތް ރަށެއް ނަމަވެސް މުއްސަނދިން ގިނަ ރަށަކަށްވާތީވެ ރަށުކައުންސިލަށް އަންނަ މީހުންނަކީ ބިޒްނެސް މައިންޑެޑް މާލެ ސަރަހައްދުގައި އުޅޭ ބަޔަކަށް ވާނަމަ އެމެންނަށް މާލެ ނަކަލު ކޮށްގެން ބޮޑު ފަޅު ހިއްކާ ހެރެތެރެވެސް ހިއްކާ

The name is already taken The name is available. Register?

އަފަގެ އައްޑޫ

25 October 2025

ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ %50 ވެސް ވޯޓުނުލާ ރެފެރެންޑަމްގެ ނަތީޖާއަށް ބަލައި އެއްވެސް ނިންމުމެއްް ސަރކާރުން ނިންމަވައިގެން ނުވާނެ. އެފަދަ ކަމެއް ކުރެއްވުން އިންސާފުވެރި ނުވާނެ ކަމަށް ގަބޫލްކުރެވެނީ. މިވޯޓުގެ މާބޮޑު ޝައުގުވެރިކަމެއް ނެތީ ގިން މީހުން ބަދަލެއް ގެންނަށް ބޭނުން ނުވާތީ. އަތޮޅު ކައުންސިލެއްގަ ހުރިހާ ރަށެއް އޮތަސް ސަރުކާރުން ބަޖެޓްދޭ އިރު ކޮންމެ ރަށަކަށް ވަކި އަދަދެއް ކަޑާ އަޅާފަ ދެވޭނެ. އެހެން ކަންކަން ވެސް މިގޮތަށް ކުރެވޭނެ

The name is already taken The name is available. Register?

ކުރަގަނޑު

25 October 2025

ވޯޓްގަ ބައިވެރިނުވީ ކޮންމެގޮތެއް ވިޔަސް ވަރިހަމަ މީހުން ކޮންމެހެން އެމީހުންނަށް ބަލާކަށްނުޖެހެ. އެވަރު ކަނޑުކޮސްމީހުން ބޯގުނަންވެސް ކަމުނުދާނެ.

The name is already taken The name is available. Register?

ޙާދީ

25 October 2025

މީދޫ ސާލިހާ އައުޓް.

The name is already taken The name is available. Register?

އާއިޒް

25 October 2025

މިހާ މަދު ބަޔަކު ވޯޓް ދީގެން ކަންކަން ނިންމުމުގައި މަސްލަހަތު ގެއްލޭނެ.

The name is already taken The name is available. Register?

އެއީ ނެތްބައެއް

25 October 2025

ކީއްވެ، ވޯޓްގަ ބައިވެރިނުވީނު. ވޯޓްގަ ބައިވެރޮވުމުގެ ފުރުސަތުގެ ބޭނުން ނުހިފީނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454