ފޭދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން މިއަދު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
25 އޮކްޓޯބަރ 2025 - 18:16
އައްޑޫގެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާ އެކު ދެމިއޮންނަން ފޭދޫން ވޯޓު ދިން ނަމަވެސް މީދު އާއި ހުޅުދުއަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށް އެ ދެ ރަށުން ނިންމައިފި އެވެ.
މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.
ފޭދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 616
ނުފެންނަ: 1،784
ހުޅުދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 723
ނުފެންނަ: 329
މީދޫ:
ވަކި ކައުންސިލް ހަދަން ފެންނަ: 847
ނުފެންނަ: 144
ވަގުތީ ނަތީޖާ ދައްްކާ ގޮތުން މި ރިފަރެންޑަމްގައި ފޭދޫގެ 4،355 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،436 މީހުންނެވެ. މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،008 މީހުންނެވެ. ހުޅުދޫން 2،874 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،069 މީހުންނެވެ.
މި ރިފަރެންޑަމްގެ ދާއިމީ ނަތީޖާ އިއުލާނުކުރާނީ މާދަމާ އެވެެ.
މިއަދު ކުރިއަށްގެންދިޔަ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓުގެ ވަގުތީ ނަތީޖާ pic.twitter.com/AxP33muOee
— Elections Commission (@ElectionsMv) October 25, 2025
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ރިފަރެންޑަމްގެ ވޯޓު ގުނައި ނިމުމާ އެކު، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާންކުރި އެވެ.
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވާލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.
އެ ވޯޓުގެ ނަތީޖާ އިން ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް އެ ދުވަހު ވޯޓު ދިނީ މިއަދު ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.
އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.
މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ.
ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްޑޫ މީހާ
27 October 2025
ވަކިވެވިއްޖެ ދެންތިބޭ ވަކިވެގެން ކުރިންވެސް މާކަ ގުޅިގެން އުޅެން ދަންނަބައެއްނޫން މަލިކު ވެސް އެއޮތީނުން އެގޮތަށް އޮވެދާނެ އެއްނޫން. ވަކިވެގަތުމަކީ މޮޅުލިބޭނެ ކަމެއްނޫން ނިކަމެތިކަމެއް، ދެންގުޅެން ނޫޅޭތި.
ޔާހުންބަރާސް
26 October 2025
ތިހެދީ ހަމަ ރަނގަޅަށް. ކޮންމެހެން ހުޅުމީދޫގެ ނަމުގަ ބްލޮކް ގްރާންޓް ނަގައިގެން އެހެން ބަޔަކު ތަރައްގީވާން ދީދީ ތިބޭނެކަމެއް ނެތް. މަރުހަބާ... ގޮތް ނިންމީ ރައްޔިތުން. ސަރުކާރުންވެސް މީގަ ކަންކުރިގޮތް ވަރަށް ރަނގަޅު. އެއްވެސް ކޮޅެއް ނުނަގާ... ކެމްޕޭނުގަ އުޅުނު ސަރުކާރަށް ނިސްބަތްވާ ދެމީހުންނަކީ އައްޑޫ ރައްޔިތުން. އެމީހުންނަށް އެމީހުން ބޭނުން ގޮތަކަށް އައްޑޫކަންކަމުގަ ބަސްކިޔޭނެ. މޑޕ މީހުންވެސް ވަކިވާން ވަކާލާތުކުރި.
އަލް ޖަބީނު
26 October 2025
ކޮބާ ދެން އައްޑޫ ސިޓީ ކައުންސިލެއް ނުކިޔޭނެ ދޯ ކިޔަންޖެހޭނީ "އައްޑޫ ވެސްޓު ސިޓީ" ނޫނީ "ފޭދޫ މަރަދޫފޭދޫ މަރަދޫ ހިތަދޫ ސިޓީ ކައުންސިލް" އައްޑޫ އަކީ އަތޮޅެއް އެހެންވީމާ ވަކި ރަށް ތަކެއްގެ ބަޔަކަށް އެކަނި މުޅި އައްޑޫގެ ނަން ތަމްސީލް ކުރެވިގެންނުވާނެ. ހުޅުދޫ ވެސް މީދޫ ވެސް އެއީ އައްޑު އަތޮޅުގެ ރަށް ތަކެއް. ވަކި ރަށު ކައުންސިލެއް އޮތަސް.
ނުވިސްނާ
26 October 2025
ހުޅުދޫ މީދޫ ގަދަ، ވަކި ކައުންސިލްވެސް ލިބުނީ ބުރިޖު ވެސް ލިބުނީ. ދިރިއުޅުން ތި ފުރިހަމަވީ. ވަނުވާ ނުބަލާ އަމިއްލަ އެދުން ބޮޑެތި ރަށުގެ ބޮޑުން ކަމައް ހެދިގެން އުޅޭ އަނގަ ގަދަ މީހުންކޮޅޮ ތިޔަ ދިނީ ވަރައް ބޮޑު ނިކަމެތި ކަމެއް ތި 2 ރަށައް. އެކުވެރި ކަމަކީ ގަދަ ބާރެއް ވަކި ވުމިކީ ނިކަމެތި ކަމެއް.
ނުވިސްނާ ގަމާރު
26 October 2025
ނުވިސްނާ ވިސްނައިގެން ހުރެ މިބުނަނީ! ހުޅުދޫ މީދޫ މީހުންނަށް އެޅޭނެ ބުރިޖެއް ނޯންނާނެ. މުއިއްޒު ތިވޯޓުގެ މަގުސަދަކީ ގުއިރޯނުގަ ޖައްސާ ބްރިޖް ކެންސަލްކުރާނެ އެކްސްކިއުޒެއް ހޯދުން.
ކަކުނިބޯ
26 October 2025
ޢެހެން އެކަން އެވަނީ ބަޖެޓްގެބޮޑުބައެއް ވަކިއަތަކަށް ޖެހޭތީވެ ކޮންމެއަހަރެއްގެ ބަޖެޓުން ހާއްސަކަން ވަކިރަށަކަށް އަހަރަކުން އަހަރަކުން ދާނަމަ ހުރިހާރަށެއް އެއްކޮށް ތަރައްޤީވީސް ތަފާތުބޮޑުވަންޔާ މިހެންވެދާނެ. ނަތީޖާ ނިކުތްގޮތަޑްބަލާއިރު ސިޓީކައުންސިލެއް އޮވެގެން ލާބަޔާމަންފާ ނުކުރާތީ އެނަތީޖާ އެނިކުތީ
2025
26 October 2025
ހުޅުދޫ، މީދޫ މީހުން ތިބޭނެ މިހާރު ރާކަނިމަސް ކެވިފަ ކުރިން ވީވަރުވެސް ދެން ނުވާނެ....... ބޮއިހަލަކި
މުލޭ
26 October 2025
ޖިއޮގްރަފީ ގޮތުން ވަކިން އޮންނަ ރަށްތަކެއް ހިމަނައިގެން ސިޓީއެއް ހެދުމަކީ ގޯސް ނިންމުމެއް. ސިޓީވާންޖެހޭނީ އެއްފަސް ތަނަކަށް.
މިރިކަލް
26 October 2025
އޭގެ އެއްވެސް ރަށެއް ނުހިމަނައޭ ސިޓީ ހަދާފަ އޮތީ. ކޮންމެވެސް ހިޔާލީ އަވަށްތަކެއް ހިމަނައިގެން ސިޓީ ހަދާފަ އޮތީ. އެބުނާ ސިޓީގެ އަވަށްތަކަކީ މީގެ އެއްވެސް ޒަމާނެއްގާވެސް އެއްވެސް ރަށެއްގާ އޮންނަ އަވަށެއްނޫން. ފާޑެއްގެ ކުންފުންޏަކާ ވައްތަރީ
1206
26 October 2025
ކަނޑައެޅިގެން ސާފުވާން އޮތް ހަގީގަތަކީ ނަޝީދު ސަރުކާރުގައި، އައްޑޫގެ އޮންނަންވީ ސިޓީ ކައުންސިލްއެއް ތޯ ބެލުމުގެ ވޯޓަކީ ވެސް ހަމަޔާ އިންސާފުން ނެގި ވޯޓެއް ނޫން. އަދި އެ ވޯޓުގެ ނަތީޖާއަކީ ވެސް ބަލައިގަނެވޭނެ ނަތީޖާއެއް. "ކުރިން ގޯހެއް ހަދައިފައި އޮތިއްޔޭ" ކިޔައިގެން މިއަދު ނަޝީދު މަތިޖަހަން އުޅޭ އިރު ވެސް، އެއްވެސް ނޫހަކުން އޭނާއަށް ފާޑެއް ކިޔައި ނުހެދި ކަމީ، 'މިނިވަން ނޫސްވެރިކަމެއް' އޮތަސް 'ނޫސްވެރިކަން މިނިވަން' ނޫން ކަމުގެ އަލިގަދަ ދަލީލެއް.
ޕާންޕޫރީ
26 October 2025
ވަކިވަނީއޭ! ވަކިވަނީއޭ! ގުޅުން ކެނޑެނީ އޭ! ދެން ހިތަދުއަށްވެސް ނޭރޭނޭ ހޮސްޕިޓަލަށްވެސް ނުދެވޭނޭ ކިޔާ ކިޔާ. ފޭދޫ މީހުންގެ ހިތުގައި ބިރުވެރިން ނޫފެދޭ ވަރަކަށް ނޫންވިއްޔާ.
މަ ބުނީ
26 October 2025
މުޅި ރާއްޖެ އާއި އަދި އައްޑޫ ސިޓީ ގެ ތަރަންޤީއަށް އައްޑޫ ފޭދޫ ރައްޔިތުން ތިދަންކައިދިން ދުރުވިސްނުމާއި އިލްމާއި ހިކުމަތާއި އެއްބާތަވައްތަކަމާއި އެއްބައެއްވަންތަތަމުގައި މާތް ﷲ ބަރަކާތްލައްވަވާށިއެވެ އާމީން. ހުޅުދޫ އާއި މީދޫ ކުދިން އެއުޅެނީ ވަށަފަރު މީހުން އުޅޭހެންނެވެ، އެއީ އައްޗިކޮންނެވެ. ފޭދޫ އަށް އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އަދި މުޅި ރާއްޖެއަށް ހެވާއިލާބަަށް އެދި ހެޔޮދުޢާކުރަމެވެ. އިންޝާ ﷲ . އާމީން.
މޭއޯރުތޫ
26 October 2025
ފޭދޫ މޭގަ. ހިތަދޫ ގަބުރުސްތާނުގައި ވަޅުލައިފި. އެކަމުގެ އުފަލުގައި ހިތަދޫ. ދެން ފޭދޫގެ މުދަލާ ފައިސާގެ މިލްކުވެރިކަން ހިތަދޫ އަށް ލިބި ، ހުރިހާ އެއްޗެއް ހިތަދުއަށް ގެންގޮސް ހަދާލާތި!
ަސދފގހ
26 October 2025
ބުރިޖު ނާޅާ ފަރިޖެހުނީއެއްނު؟