ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭ ވޯޓުލާ ސަރަހައްދުގައި ޒުވާނުންތަކެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 އޮކްޓޯބަރ 2025 - 15:47
އައްޑޫ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި މިހާތަނަށް 72 ޕަސެންޓު ވެސް މީހުން ވޯޓުލާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދުގެ ތިނެއް ޖެހުމާ ހަމައަށް މި ތިން ރަށުން ވޯޓު ލާފައި ވަނީ 3،410 މީހެކެވެ. އަދި 6،116 މީހަކު ވޯޓު ނުލާ ކަމަށާއި އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 64.39 ޕަސެންޓް ކަމަށް އީސީން ބުންޏެވެ.
އެ ތިން ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު ފޭދޫގައި ބަހައްޓާފައި ހުރި ފޮށިތަކަށް މިހާތަނަށް ވޯޓުލާފައި ވަނީ 500 އެއްހާ މީހުން ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކަށް 3:20 ހާއިރަށް ވޯޓުލީ 1،200 އެއްހާ މީހުންނެވެ.
މި ވޯޓުގެ އެންމެ ފޯރިގަދަ ހުޅުދޫ އާއި މީދޫގައި ވެސް މިހާތަނަށް ޓާންއައުޓް އެހާ ރަނގަޅެއް ނޫނެވެ.
ވޯޓުލުން ކުރިއަށް އޮތް މަދުވަގުތުކޮޅެއްގެ ތެރޭގައި ބަންދުވާއިރު އެ ސަރަހައްދުގައި ތިބި ސިޓީއަކަށް ތާއީދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި ވޯޓުލާން މީހުން ނުނިކުންނަނީ އެންމެ ފަހު ވަގުތު ވެސް އިދިކޮޅު ފަރާތްތަކުން ކެމްޕެއިނުކޮށް މީހުން ނުގެނައުމަށް މަސައްކަތް ކުރާތީ އެވެ.
"ސިޓީއަކަށް ވޯޓުލާން ދާނެ ކަމަށް އަޅުގަނޑުމެން ކައިރި ބުނި މީހުން ވެސް 11 ޖެހީއްސުރެ މި ކިޔަނީ އަންނަނީ އަންނަނީ އޭ. ހީވަނީ އެމީހުން އެންމެ ފަހު ވަގުތު ލާރިއަށް ވިކުނީހެން،" ފޭދޫ ސްކޫލުގެ ބޭރުގައި ހުރި މީހަކު ބުންޏެެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭ ވޯޓަށް ފަހު ބަޔަކު ފޭދޫ ސްކޫލު ބޭރުގައި މަޑުކޮށްލައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އިތުރު އެހެން މީހަކު ބުނީ ސިޓީއަކަށް ތާއީދުކުރާތީ ވެސް ބައެއް މީހުން ވޯޓުލާން ނާންނަ ކަމަށެވެ. އަދި ވޯޓަށް ހޭލުންތެރިކުރުމަށް ވެސް މާބޮޑު ވަގުތެއް ދީފައި ނުވާ ކަމަށާއި އެހެންވެ، ސިޓީއަކަށް ތާއީދުކުރާ މީހުން ވޯޓުލުމަކީ ކިހާ މުހިއްމު ކަމެއް ކަން ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށް އެ މީހާ ބުންޏެވެެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ ސިޓީއަކަށް ތާއީދުކުރާ ބައެއް މީހުން ވޯޓުލާން މި ނާންނަނީ އެ މީހުންނަށް ހީވަނީއޭ ވަކި ކައުންސިލު އުފައްދަން ވޯޓުލާ މީހުން މަދުވީމަ، އެކަން ނުވާނެއޭ. އެހެންވީމާ އަސްލު ކުޑަ ވަގުތުކޮޅެއް ދީފައި މި ވޯޓު ނަގަނީ މީހުން ހޭލުންތެރި ވެސް ނުކޮށް،"
ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއީދު ކުރައްވާ އަދި އެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ވޯޓުލާން އަންނަ މީހުން އެހާ ބޮޑަށް މަދުވާ ސަބަބަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި އޮވެގެން ރަށުގެ ރައްޔިތުންނަށް ލިބުނު ހިދުމަތްތަކާ މެދު އާންމުން ހިތްހަމަނުޖެހޭތީ ކަމަށެވެ.
ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމާ ގުޅޭ ވޯޓަށް ފަހު ބަޔަކު ފޭދޫ ސްކޫލު ބޭރުގައި މަޑުކޮށްލައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"ބައެއް މީހުން އެބަ ބުނޭ ތިމަންނަ މެންނަށް ވަރިހަމައޭ ސިޓީއެއް އޮތަސް ވަކި ކައުންސިލެއް އޮތަސް. ވާ ގޮތަކީ ސިޓީއެއްގެ ގޮތުގައި އޮވެގެން ލިބުނު ހިދުމަތްތަކާ މެދު ރައްޔިތުން މި ތިބީ ވަރަށް މާޔޫސްވެފައި،" އޭނާ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ އިތުރުން ކައުންސިލު އިންތިހާބުގައި އެހާ ގިނަ ބަޔަކު ނިކުމެ ވޯޓުލަނީ އާއިލާ އާއި ރައްޓެހިންނަށް ދޭ ވޯޓެއްގެ ގޮތުގައި ކަމަށެވެ.
"އެހެންވެ އެހާ ފޯރީގައި އެ އިންތިހާބުތަކުގައި ނިކުންނަނީ. މި އިންތިހާބުގައި މިހާރު މި އަންނަނީއޭ ފަހުން އަންނާނަމޭ ކިޔަނީ. ހަވީރެއްހާއިރު ނިކުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ހަމަ ރަނގަޅު އަދަދެއް."
ވޯޓުލުމަށް މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށްޓާއި މީދޫގައި ތިން ފޮށްޓާއި ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ފޮއްޓެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލްގަ އެވެ.
މާލޭގެ ފޮށިތަކަށް ވެސް މި ވޯޓުގައި ވޯޓުލާން ދާ މީހުންގެ އަދަދު މަދެވެ.
ތިން ރަށުން މި ވޯޓުގައި 9،576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ައއއ
26 October 2025
އެބަޔަކު ބޭނުންވާގޮތައް ނިންމަންވީ....ސިޓީއެކޭ ކިޔާގެން ކުޑަވަރެއްގެ ސަރުކާރެއް ހަދާގެން ވަކިބަޔަކު ހިދަތޫވެފަ ތިބުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.
އޮނަރަބްލް އަފީފު ދީދީ
25 October 2025
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޏ ގެ ދަށުން ނަގާ "ޙިޔާލު ހޯދުމުގެ ވޯޓެއްކަމަށް" ބުނެ ތިޔަ ނެގިވޯޓަށް ނުފޫޒުހިންގުމަށް ނުވަތަ ވަކިގޮތަކަށް ވޯޓްދިނުމަށް ރައްޔިތުމީހާގެ ހިތަށް ވެއްދުމަށް ނުވަތަ އެފަދަގޮތަކަށް އެކަންކަންކުރާން ހިތްވަރުލިބޭފަދަ އެތައްކަމެއް މސަރުކާރުގެވެރިން ކުރަމުންދިޔައިރުވެސް މިފަދަވޯޓެއްގެ ނިންމުންނިންމަން ބަލާންޖެހޭ ހަމަތަކަށް ބަލާއިރު ފޭދޫ ވޯޓްގެ ނަތީޖާނޫން އެހެން ނަތީޖާއަކަށް ރައީސް އަމަލުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން.
ހަސަންރަހާ
27 October 2025
އަފީފޫ، ކަލޭ ކާން ދީފަ ހުރި ބޭސް ހުސްވީ ހޭ؟
އޮނަރަބްލް އަފީފު ދީދީ
25 October 2025
އެކުއެކީގައި އެއްބައެއްގެގޮތުގައި ދިރިއުޅެމުންއައި އައްޑޫސިޓީގެ ރައްޔިތުންގެމެދުގައި ބޮޑު ފިތުނަވެރިކަމެއް އުފައްދާ އެއްބަޔަކު އަނެއްބަޔަކަށް ދުވަހަކުވެސް ހިތް ހެޔޮނުވާވަރަށް ޙަސަދަވެރިކަން އުފައްދާ މުޅި އައްޑޫސިޓީ ހަލާކުގެތެރެއަށް ވައްޓާލި ތިޔަ ރެފަރެންޑަމް ވޯޓުން އައްޑޫސިޓީގެ ކުރިއެރުމަކަށް އަދި އައްޑޫސިޓީގެ ރައްޔިތުނަށް ލިބޭނެ އެއްވެސް ކަމެއްނެތް. ހުޅުމީދޫ އާންމުރައްޔިތުނަށް ގެއްލުންދޭން ވޯޓްދިން މަހުޖަނުން ތިކުރީ ވަރަށް ނުބައިކަމެއް އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
25 October 2025
މާލޭސަރުކާރުން ނެގި މި ވޯޓަކީ ދުނިޔޭގައި މިހާތަނަށް ނެގި އެންމެއަގުބޮޑު ވޯޓް ކަމަށްވާތީ، (4510 މީހުންގެ ވޯޓްގެ މައްޗަށް 8 މިލިޔަން ރުފިޔާ ގާތްގަނޑަކަށް 5 ލައްކަ 20 ހާސް ޑޮލަރު) ފޮރިންގ މިނިސްޓްރީގެ ފަރާތުން Guinness World Records ގެ 2025 ހުން ޖާގަހޯދަން ހުށަހެޅުން މުހިންމުކަމަށް ދެކެން. ދަރަނިވެރި ޤައުމަކުންނެގި މި އަގު ބޮޑު ވޯޓްގެ އަގަށް ބަލާއިރު އިންޑިޔާގެ ބޮޑު އާއިލާއެއްގެ ކެއުމަށް މަހަކު ޙަރަދު ކުރާވަރަށްވުރެން ވޯޓް ކަރުދާސް ކޮޅުގެ އަގު ބޮޑު.
ހަސަންރަހާ
27 October 2025
އަފީފޫ ހޭބަލި ނުވެބަލަ، މާލޭ ސަރުކާރު ކިޔާ ތަނެއް އެއްޗެއް ނޯންނާނެ. ދިވެހި ސަރުކާރު އޮންނާނީ. ދެން އޮތީ ތިޔަ ބޭފުޅުން ގެ އަފީފު ދީދީ ގެ ގޫބައްޑާ /ލޮނުބައްޑާ ސަރުކާރު. އެކަން ނިމިއްޖެ ދީ....
އޮނަރަބްލް އަފީފު ދީދީ
25 October 2025
ވޯޓްގެނަތީޖާ ކޮންމެގޮތަކަށް ނިކުތް ކަމުގައިވިޔަސް "މިވޯޓްގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް" ރައީސް ވިދާޅުވެފައިވާތީ، އާއި މިވޯޓަކީ ކުރިންވެސް ރައްޔިތުންގެ ރެފަރެންޑަމް އަކުން ކަޑައަޅާފައިވާ ކަމެއް ބަދަލު ކުރާން ނަގާ ޙިޔާލު ހޯދުމުގެ ވޯޓެއް ކަމަށްވާތީ، ވޯޓް ޙައްޤުވާ މީހުންގެ %50 ވޯޓް ނުލާނަމަ މައިނޯރިޓީ ރައްޔިތުންގެ ވޯޓްގެމައްޗަށް ބުރަވެ ރައްޔޮތުން ނިންމީ އައްޑޫސިޓީ އިން ވަކިވާން ކަމަށް ރައީސް ކަޑައަޅުއްވައިގެން ނުވާނެ.
ކޮމޮޑަސް
25 October 2025
ކޮން ސަކަރާތެއްތަ މި ސަރުކާރުން މި ޖެހީ. ކިހާ ބޭކާރު ކަމެއް އެކޮށްލީ. މިއަށްވުރެ މާ ރަނގަޅުވީސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުގައި ހުންނަން ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް. މިވަގުތަށް މާއައުލާކަން ބޮޑު އެކަން ކުރަން.
ދަދސފ
25 October 2025
އައްޑޫ މީހުން ވާހަކަ ދައްކާއިރު ހީވާނީ ދުނިޔޭގައި ލެއްވި ހުރިހާ ޢިލްމެއް ދަންނަ ބައެއްހެން. އެކަމަކު ކަމަކާ ލައިގަންނަ އިރު ހޭލުންތެރިކަން ކުޑަކަމާއި ވާނުވާ ނޭނގޭކަމާއި ކޮންމެ ގޮތެއް ވަރިހަމަކޮށްލައިގެން ތިބޭކަން މިއެނގެނީ. ތިމާމެންނާ މެދު ކަމެއް ނިމިގެންދާއިރު ބަސް ނުބުނެ ގަނބުވެފައި މިތިބެނީ.
ސާބަސް1
26 October 2025
އައްޑޫ މީހުންދެކެ ރުޅި އަޔަސް ބޮޑުވަރު! ހޭލުންތެރިކަން ކުޑަވީމަ އަތޮޅެއްގެ ހުރިހާ ރައްޔިތުންނަށް ނިސްބަތްކޮށް އެއްޗެހި ގޮވާނީ!
ދިސްވޭއިން
25 October 2025
ވޯޓް ލާން ނިކުތް މީހުން މަދުވެފައިވަނީ އިލެކްޝަންސް ކަމިޝަނަށް އެވަރަށް އައްޑޫގެ ރައްޔިތުންނަށް މިވޯޓްގެ މުހިއްމު ކަން އަންގައިދީދައި ނުވާތީއޭ މަމެންނަށް އިނގެއޭ މިވޯޓަކީ މުހިއްމު ވޯޓެއް ކަން އެކަމަކު އިލެކްޝަންސް ކަމިޝަނަށް މަތިކޮށްފައިވާ ޒިންމާ އެމެންނަށް ފުރިހަމަ އަށް އަދާކުރެވިފައި ނުވަނީ އެމެން ގައި ޓެކްނިކަލް ކެޕޭސިޓީ އަދި ޕްރެޑިކްޝަން އެން ޕްރޮޖެކްޝަންގެ ކެޕޭސިޓީ ނެތުމުންނޭ އެކެޕޭސިޓީ ނުހުންނާނެއޭ މެތެމެޓިކްސް ނުކިޔަވާނަމަ އެއީ ހަގީގަތް
ފްލައި
25 October 2025
ތިން ރަށުން 64 ޕަސެންޓް މީހުން ވޯޓު ނުލާ ނަމަވެސް އެއީ މައްސަލަ އެއް ނޫނޭ ވޯޓްލީ މީހުންގެ ވޯޓް ތައް ގުނާ ނަތީޖާ އިއުލާން ކުރުމުން ނިމުނީއޭ ނަތީޖާ ނިކުންނާނީ އެއީ ފޭދޫ ހިތަދޫ އާއި ވަކިން ހިންގަން އަދި ހުޅުދޫ މީދޫ ވަކިން ހިންގާށޭ އެއިރުން އެންމެ ބޮޑަށް އައްޑޫގައި ތަރައްގީ ވެގެންދާނީ ހުޅުދޫ މީދޫ ކަން އެއީ ޔަގީން ކަމެކޭ އައި ބިލީވް ދޭ ކޭން ފްލައި ދޭ ކޭން ފްލައި ދޭ ކޭން ފްލައި...
އެއީ
25 October 2025
އައްޑޫގައި ފިތުނަ އުފެދި ނިމިއްޖެ ކޮންމެ ގޮތަކަށް ތިޔަ ވޯޓުން ނަތީޖާ ތިކުތަސް