އައްޑޫ މޭޔަރު ނިޒާރު
25 އޮކްޓޯބަރ 2025 - 22:36
އައްޑޫސިޓީ ކައުންސިލުން ހުޅުދު އާއި މީދޫ ވަކިވެ، ވަކި ކައުންސިލެއް އުފައްދަން މިއަަދުގެ ބޭއްވި ރިފަރެންޑަމްގައި ނިންމުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.
ފޭދު އާއި ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން މިއަދު ނެގި ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ ވަކިވާށެވެ. ފޭދޫން ނިންމީ ސިޓީކައުންސިލްގައި ދެމިތިބޭށެވެ.
ވޯޓަށް ފަހު ސޯޝަލްމީޑިއާ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށާއި އެހެން ނަމަވެސް ހުޅުދު އާއި މީދޫގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރާ ކަމަށެވެ.
މިއަދު ކުރިއަށްގެންދިޔަ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ޢާންމު ވޯޓުގެ ވަގުތީ ނަތީޖާ pic.twitter.com/AxP33muOee
— Elections Commission (@ElectionsMv) October 25, 2025
"މި ހާލަތަކީ ދެކެން ބޭނުން ވި ހާލަތެއް ނޫން. އެހެންނަމަވެސް އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ލޮބުވެތި ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރަމުން މަރުހަބާ ދަންނަވަން" ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ނިޒާރު ވިދާޅުވި އެވެ.
މިއަދުގެ ވޯޓުގެ ނަތީޖާއަކީ އެ ދެރަށުގެ ރައްޔިތުންގެ އުދާސްތަކަށް ނިމުމެއް ގެނުވާނެ ނިންމުމެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ ހިތަދޫގައި އައްޑޫ ސިޓީކައުންސިލުން ހުޅުދުއާއި މީދުއަށް އިހުމާލުވާ ކަމަށް ބުނެ އެ ދެރަށުގެ ބައެއް ރައްޔިތުން މީގެ ކުރިން ފާޅުކުރަމުން އައި ކަންބޮޑުވުމަށެވެ.
އައްޑޫ ވޯޓުގެ ނަތީޖާއަށް ފަހު މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓް.
މިއަދުގެ ވޯޓުގައި ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ނިޒާރު ސިފަކުރެއްވި ގޮތުގައި ދުރުވިސްނޭ، ތަަރައްގީ އާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ނިންމުމެކެވެ.
"ސިޓީގައި ދެމި ތިބުމަށް، ސިޔާސީ ފިކުރުން އެއްކިބާވެ ފޭދޫ ރައްޔިތުންގެ ތެރެއިން މަސައްކަތް ކޮއްދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާ އަޅުގަނޑުމެންނާ އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން އެދޭ ކަމަށާއި "ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ" އެކުވެރިކަމާއި އެކު ކުރިއަށް ދާން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީދު އާއި ހުޅޫދޫގެ ރައްޔިތުންނާ މެދު އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމުގެ ޔަގީން ވެސް އޭނާ ދެއްވި އެވެ.
"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކުވެރިކަމާއި އެކު ތަރައްގީ ލިބިގަތުމަށް ކުރިންވެސް ކުރިހެން މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން. އައްޑޫ ހިތަދޫ، އައްޑޫ މަރަދޫ، އައްޑޫ މަރަދޫ ފޭދޫ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ،" އޭނާ ވިދާޅުވި އެވެ.
ހުޅުދު އާއި މީދޫ އަދި ފޭދޫގައި ވެސް ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ. .ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝާއުފަތްް
27 October 2025
ރައްޔިތުންގެ އިތުބާރެއް ނިޒާރަކަށްނެތް. ދެން އެންމެ އަވަހަކަށް މިއޮންނަ ކައުންސިލް އިންތިހާބުން އެކަން ވަރަށް ސާފުވާނެ. ލަދުގަންނަން ބޭނުންނުވަންޏާ ވާދައެއްވެސް ނުކުރާނެ.
ރަމަ
26 October 2025
ނިޒާރުއަށްއެގޭތަ މޮޔައެއްގެ އަތަށް ކަނޑިއެއްދިނީމާ ދެންވާނެގޮތް އެގޮތްމިދަނީ ޤައުމަށް ވަމުން!
އަޑައަހަފެލެ
26 October 2025
މިއެ މިކޯ ނުކުމި ކެންކައުކޭއް ތެހިނގަނީ؟ މިހުށިހެއި ދުވަހަކި މިދެރަށި މީހުންގެ ވާހަކަތަކަށް ދިނީ ބީރި ކަންފަތަށް! މިވެރިންގެ މައްސަލައަށް އޮއްކަމަކަށް ނިވި. ރައްޔިތުން ރިޑިއެރުވިމެއި މިހެން މިވީ. ފެން ހިންދާ ނިޒާމަށް ގާއިމު ކެރާށައު ކޭފެއި މިޅިއައްޑޫއެ މަދިރި ގިނަކެރާ ނިޒާމަށް ހެދީ. ބޮޑުތަނުން ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލުގެ ފެއިލްވުން މީ.
ދޮންމޮހޮނު1
26 October 2025
ރޫޅާލާނަން!!! ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!!ރޫޅާލާނަންނަން!!!ރޫޅާލާނަން!!!ރޫޅާލާނަން!!
ޢަލއ
26 October 2025
ބަލަ ހދ.އަތޮޅުން ކުޅުދުއްފުށި އެވަނީ ވަކިވެ ސިޓީއެއްހަދާފަ، ގދ.ތިނަދޫ އެއޮތީ ސިޓީއެއް، ތިވަރަކުން ތިއުޅެނީ ކީއްވެގެންބާ؟ ހިތަދޫ ސިޓީއާއިގެން ކުރިއަށް ދާންވީނު، ދުވަސްކޮޅަކުން ހުޅުމީދޫ ސިޓީވެސް ހެދިގެންދާނެ، އެއްވެސްމީހެއްގެ ރިޒުގުގަ އެހެންމީހަކަށް އަތެއްނޭޅޭނެ، އެއްވެސްމީހަކަށް އެހެންމީހަކަށް ރިޒުގެއް ނުދެވޭނެ، ނިޢުމަތްތައް ލިބުމާއި ބީވުމާ އެއީއޮންނަކަމެއް ތިކަމުގައި މޭޔަރަށް ނުވަތަ ކޮންމެވެސް ބަޔަކަށް ގޯހެއް ހެދިއްޖެ. ދެންހުރިރަށްތައް ގޮވައިގެން
މުގުރީ
26 October 2025
ފަލަސްތީނު މިނިވަންވާ ދުވަހަކު ނަތަންޔާހޫ ވެސް ބުނާނެ ތިހެން
އެމްޓޭޝަން
26 October 2025
ބަލަ މިޒާރޫރޫރޫ! ދުނިޔޭގެ ތިފާޑު މަގާމުތަކުގަ މޭޔަރުކަމުގެ ތިބޭ މީހުން، ސިޓީ ފުނޑި ބައިބައިވުމުން ނުހުއްޓުވުނީމާ ރިވެތި ގޮތުގައި އިސްތިއުފާދެނީ. އަދިވެސް ގެއަށް ދާކަށްނުވޭތަ؟
ވެރިން
26 October 2025
ކޮން ދެރަކަމެކޭ ކިޔާކަށް ކަލޭގެ ހުރި ނގާބިލުކަމާ އަމިއްލަ އެދުން ބޮޑުކަމުން ވާހާ ކަންތާއް މީ.ކަލޭ ގެ ގިނަ ކައުންސިލުން ތިބެގެން ހުރިހަކަމެއް ހިތަދޫއަށް ބައްކުރަން ހަދާއިގެން ވީ ގޮތް މީ.
ކޮރަލް
26 October 2025
ދެން އެހެން ރަށްރަށައްވެސް ބަޖެޓް ލިބޭނެ އެވެ. ގިނަ ބަޔަކަށް ފައިދާ ވާނެ އެވެ. ގެއްލުމެއް ނޫނެވެ. ކުރި އެރުމެކެވެ.
މުރާސިލް
26 October 2025
ތިމާގެ ނުފޫޒާއި ބާރާއި އާރު ގެއްލިގެންދާ މަންޒަރު ފެންނަ ޚުދުމުޚުތާރު ވެރިންނަށް، މިފަދަ ކަންކަން ފެންނަށް ފެށީމައި ލިބޭ ހިތްދަތިކަން ބޮޑުވާނެއެވެ. އެއީ ދުނިޔޭގެ ހަޤީޤަތެކެވެ. އައްޑޫގެ ކުރިއެރުމަށް ހުރި އެންމެ ބޮޑު ހުރަހަކީ ތިމާގެ ފިކުރު ނޫން ފިކުރުގެ ސަރުކާރަށް ޖެއްސުމާއި ދުއްތުރާ ކުރަމުންދާ އައްޑޫ ސިޓީގެ މޭޔަރެވެ.