ޖެނެރޭޝަން ބޭންގެ ގާނޫނު ތަސްދީގުކުރުމަށް މިދިޔަ މެއި މަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
26 އޮކްޓޯބަރ 2025 - 18:20
ދުންފަތުގެ ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފެށުމުގެ ކުރިން، އެކަން ތަންފީޒުކުރުމާ ގުޅޭ ގަވައިދު ގެޒެޓުކުރާނެ ކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. އެއާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ޖެނެރޭޝަން ބޭން ކުރުމާ ގުޅޭ ގަވައިދު، އަންނަ ހޮނިހިރު ދުވަހުގެ ކުރިން އާއްމުކުރާނެ ކަމަށެވެ. އޭގެ ދަށުން، ކޮންމެ އުމުރެއްގެ މީހެއް ވިއަސް ދުންފަތުގެ ބާވަތެއް ވިއްކޭނީ އުމުރު ކަށަވަރުކުރެވޭނެ، ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާނަމަ، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރުކުރުމަށްފަހުގަ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ޖެނެރޭޝަން ބިލްގެ ގާނޫނު ތަސްދީގުކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން މުޖުތަމައުގައި ހުރި އެ ފަދަ ނުރަނގަޅު އާދަތައް ނައްތާލެވިދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ކުރިން ގެނެސްފައިވާ އިސްލާހުތައް ތަންފީޒުކުރުމުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވުމުން އަލަށް ގެނައި އިސްލާހުގައި އެ ހުރަސްތައް ކުޑަކުރުމަށް ކަންކަން ހިމަނާފައިވާ ކަމަށެވެ.
"އެންފޯސްކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިއުމާލްކުރުމާ ބެހޭ ތަކެތި ގެންގުޅުމާއި އެތެރެކުރުމާއި ބެހެއްޓުމާއި ނައްތާލުމާއި މި ތަކެތި އަތުލުމަށް ފަހު އެ ތަކެތި ބަލަހައްޓާ ނައްތާލުމާ، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާއަތްތައް ވަރަށް ފުރިހަމަކޮށް ބަޔާންކޮށްފައި މިހާރު އޮންނާނެ." ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުރިޔާ
27 October 2025
ސިނގިރޭޓް ބަޓްބުރި ފަހަތުން ސަރުކާރު ދުވެދުވެ ހުއް ސަރުކާރުގެ އިސްވެރިންނާ ވަގުން ގައުމުލޫޓުވަނި ރައްޔިތުން ހޭލާކައް އަދިވެސް ނުވޭބާ
ވޯލް
27 October 2025
ތިއި ވަރަށް ބޮޑޫ ބޭކާރު ކަމެއް. ދައުލަތުގެ ވަސީލަތް އިސްރާފު ކުރުން. ތިޔަ ކަމަކަށް ކުރާ ޚަރަދާ ވަގުތު މަސްތުވާ ތަކެތި މަދުކުރަން ކުރިއްޔާ މާ ރަގަޅު ވާނެ. މުޅިން އެކޮޅުކޮޅުން ކަން ކުރާ ސަރުކާރެއް.
ހަދީޖާާ
27 October 2025
އަހަރެންފަދަ ކިތަށް ބެލެނެވެރިން މިކަމާ އުފާކުރާނެ. ޝުކުރިއްޔާ ރައީސް މުއިއްޒު.
ދޮންމޮހޮނު1
27 October 2025
މޮޅެތި ނަންނަމުގަ ޤާނޫނުތަށް ހެދިޔަސް ތަންފީސް ނުކުރެވޭނަމަ ބޭނުމެށްނެށް!! މިހާރުވެސް ހެދިފަ ހުރި ޤާނޫނު ތަށްވެސް އެބަހުރި! މިހާރުވެސް ދުންފަތުގެ އިސްތިަުމާލް ނުކުރެވޭ ބޯރޑު ޖަހާފަ ހުންނަ ތަންތަނުގަ އާއި ސައިކަލް ދުއްވަމުންވެސް، އާމުތަންތަނުގަ ވެސް ދުންފަތުގެ އިސްތިއުމާލް ކުރެވެއެވެ. އެޅޭޤާނޫނީ ފިއަވަޅެއް ނޯވޭ!! މިފަށަންއުޅޭ އާޤާނޫނަކުން ވާނެކަމެއް ނޯންނާނެ!! ނުވާނެ އެއްވެސްކަމެށް!!
ޒިނާހްް
27 October 2025
އުންމީދަކީ މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާމީހުން މަދުވެ ރާއްޖެއިން މިވަބާ ފިލައިގެން ދިއުން.
ވިސާމާާ
27 October 2025
މި ގައުމުގެ ޒުވާންޖީލަށްޓަކާ ރައީސް މުއިއްޒު މިކޮށްދެއްވިކަމަކީ އެެހެން އެއްވެސް ރައީސަކަށް ކުރަން ކެރޭނެވަރުގެ ކަންކަމެއްނޫން.
ނޫރާ އިސްމާއިލް
27 October 2025
ސަރުކާރަކުން ކުރާނެ އެއްމެ ރަނގަޅު އެއްކަމަށް މިކަން ވާނެ. މީގެ ސަބަބުން އެތައް ބަޔެއް ސިއްހަތް ރަނގަޅުވެ އެތައް ޖީލެއް ކެންސަރުން ސަލާމަތް ވެގެން ދާނެ
ޝަމްނު
27 October 2025
މީގެ ސަބަބުން ދެން އެތައް ޖީލެއް ކެންސަރުން ސަލާމަތް ވެގެން ދާނެ. ސަބަބަކީ މިހާރުވެސް ކެންސަރު ވަރަށް ބޮޑު މިގައުމުގައި. ދެން ހަމަ ގައިމުވެސް އެކަމަށް ބޮޑު ހައްލެއް ލިބޭނެ
ހަސަން ނިހާމް
27 October 2025
ޒުވާން ކުދިންގެ މުސްތަގްބަލަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅަކަށް މިކަން ވާނެ.
ލާފްމް
27 October 2025
ގުޑް.. މަސްތުވާތަކެތި އާއި ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ. ޑްރަގު މަނާ ކޮށްފައި އޮތަސް ބޯއެގެން ތިބި ޒުވާނުން ބިއްބިތުގަޔާއި މަގުތަކުން ފެނޭ. މިކަމަށް ވެސް ހައްލެއް ބޭނުންވޭ. ޑްރަގް ވިއްކާ ބޮޑުން ދޫކޮށްލާ ގާޒީންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ