ގެއްލިގެން ހޯދި ޕޫރްނީމާ ގަޖްމާ، 19--
26 އޮކްޓޯބަރ 2025 - 12:26
މީގެ ފަސް ދުވަސް ކުރިން ގެއްލިގެން ހޯދަމުން އައި ނޭޕާލުގެ އަންހެނެމީހާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމާ ގެއްލިގެން ރިޕޯޓުކުރީ މި މަހުގެ 23 ވަނަ ދުވަހު ކަމަށާއި އެއީ އޭނާ ދިޔަ ތަނެއް ނޭނގިގެން އުޅޭތާ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ޕޫރްނީމާ ފެނުނީ މިއަދު ކަމަށެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 October 2025
ވޯކް ވީސާގައި އުޅޭ މީހުން ކުށަށް އަރައި ގަތުމާއި އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ފަދަ ކަންކަންވެސް ހުއްޓުވުމަށްޓަކާ މިފަދަ ކަންކަމަށް ތުހުމަތު ކުރެވޭ ފަރާތް ތަކުގެ ވާކްވީސާ ކެންސަލްކޮށް އެފަދަ މީހުނަށް އަބުރާ ނާދެވޭ ގޮތަށް ޑީޕޯޓް ކުރިމަކީ ވަރަށް ގިނަ ޤައުމުތަކުން އެ ޤައުމު ތަކުގެ ބޯޑަރ ރައްކާތެރި ކުރުމަށާއި ވެށީގެ ސަލާމަތާއި މަސްލަހަތަށްޓަކާ އާންމުކޮށް ކުރާ ކަމެއް. ރާއްޖޭގައި ވެސް މިފަދަ ހަރުދަނާ ޤާނޫނާއި ޤަވާއިދު ތައް ހަދާ ތަންފީޒު ކުރަންޖެހޭ.
ކޮރަލް
26 October 2025
ގެއްލުނީމަ އާއްމުންގެ އެހީ އަށް އެދެއެވެ. ފެނުނީމަ އިތުރު މައުލޫމާތެއް ނުދެ އެވެ. ކޮންމެ މަހަކު ޓެކްސް ފައިސާ އިން މުސާރަ ޖަމާ ވީމަ މުސާރަ ނަގަ އެވެ.
ސިލްމާ ޒާހިރު
26 October 2025
ގެއްލޭ ކުދިންނަށް ވާނުވާއެއް ނޭނގި ފެންނާތީ ކަންބޮޑުވޭ. ރައްޔިތުންނަށް އެނގެން އެބަޖެހޭ ބަޔަކު އޭނާ ހިފެހެއްްޓީތޯ ނުވަތަ އޭނާ ފިލީތޯ. ވަޒީފާ ދިން ފަރާތުން މުސާރަ ނުދެނީތޯ. ރިޒޯރޓަކަށް ކެޝުއަލް ވާރކްއަކަށް ދެތިން ދުވަހަށް ދިޔައީތޯ!
ރަދީފު ބިން ރަފައިދާ
26 October 2025
ހާލުރަނގަޅޭ ބުންޏަކަސް އަދި ނުފުދޭނެ. އޭނާ ފެނުނުއިރު ހުރިތަނަކާ ލައިގެންހުރިއެއްޗެއް އެނގޭން ރައްޔިތުން ބޭނުންވޭ.
އެޑްމުންޑޯ
26 October 2025
ހަފްތާ ބަންދަން ގެެއްލޭކުދިން ހަފްތާ ފެށޭ ދުވަހު ފެންނާނެ ، ކަންބޮޑުވާނެ ކަމެއްނެތް
އަލަސް
26 October 2025
މަގޭ ސުވާލަކީ އޭނަ ފެނުނު އިރު އޭނަގެ ޕާސްޕޯޓު އޮތީ އޭނަ އަތުގަތޯ ނޫނީ ބޮސް ހިފަހައްޓާ ފޮރުވާފަތޯ. މި ސުވާލު ނޫސްވެރިން އަހާލަބަލަ.