ޔާމީން: ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދޫއަށް ވަޑައިގެންނެވި މައްސަލާގައި ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ކޯޓުން ވަނީ ބުނެފައި
27 އޮކްޓޯބަރ 2025 - 15:27
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައިވަނިކޮށް ހާޒިރުވެ ވަޑައިނުގެން ހއ. ދިއްދޫގައި އޮތް ޖަލްސާއެއްގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި އޮތީ 2:30 އަށެވެ. ނަމަވެސް ވަގުތު ޖެހުނު އިރު ކޯޓުގައި ކަރަންޓު ނެތުމުން އެ ވަގުތަށް ޝަރީއަތެއް ފެށޭ ގޮތެއް ނުވި އެވެ.
ނަމަވެސް، އެ އަޑުއެހުން ކުރިއަށް ދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނިތާ އިރުކޮޅެއް ފަހުން ވަނީ އަޑުއެހުން ކަންސަލްކޮށްފަ އެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކަމަށް ކޯޓުން ބުނީ ޔާމީން ކޯޓަށް ހާޒިރުވެ ވަޑައިނުގަތުމެވެ.
"...ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނެވެ. ނަމަވެސް މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައެވެ. ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ." ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ކްރިމިނަލް ކޯޓުގައި 2:30 އަށް ޝަރީއަތް ޝެޑިއުލްކޮށްފައި އޮތް އިރު ޔާމީން ހަނިމާދޫ މަގުން ދިއްދުއަށް ވަޑައިގަންނަވާ ކަމަށް ބެލެވޭ ފްލައިޓް ފުރާ ގޮތަށް އޮތީ 2:50 ގައި ކަމަށް އެއާޕޯޓުގެ ޝެޑިއުލުން ދައްކަ އެވެ. އެހެން ކަމަށްވާ ނަމަ ޝަރީއަތަށް ހާޒިރުވެ ވަޑައިގަންނަވަންޖެހޭ ވަގުތު ޔާމީން ހުންނަވާނީ އެއާޕޯޓުގަ އެވެ.
ޔާމީން ދިއްދުއަށް ވަޑައިގަންނަވަނީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫހް އިބްރާހިމް
28 October 2025
ސަރުކާރުން އަސްލު މީނަ ކަހަލަ މީހަކަށް ހާދަ ލުޔެއް އެބަދެޔޭ. އެހެން ނޫންނަމަ އަސްލު އޮންނާނީ ސީދާ ގޮޅީގައި
އަސްލަމް ވަހީދު
28 October 2025
މީ މާ މަތިން އައިސްގެން އުޅޭ މީހެއްތަ އަޅެ؟ ކީކޭ ބުނާނީ އަޅެ
ތިލަދުން
28 October 2025
ވގކށ ހާސް ދުވަސް ވެރިޔަކަށް އެއްދުވަސް. ޤާނޫނުގެ ދިގު އަތް މީނަޔާ އަރާ ހަމަކުރާނެ. މަޑުކޮށްލާ.
މީނާ
28 October 2025
މިމީހާ ހީކުރަނީ މީދެން ތިމާގެ އެކަނި ޤައުމެއްކަމައްދޯ؟ މައުމޫނުގެ 30 އަހަރުން ނުފުދުނު މީހެއް ދެން ވެސް ހަމަ ފައިސާ ފައިސާ ފައިސާ އަށް އުޅޭނީ ރައްޔަތުން ވިސްނާ.
ކޫކޫކޫ
27 October 2025
ދެން ވެސް ކުށެއް ނުކުރަނީ ކަމަށް ބުނަންވީތަ. ހިމުކެއްކޮށް އަދަބެއް ލިބިއްޖެ ނަމަ ދެންވެސް ގޯސްވާނީ ސަރުކާރުތާ. ބަސްއަހައިގެން އުޅޭނަމަ ފަހުން ރަނގަޅުވާނީވެސް
ދިއްދޫ ގަނީ
27 October 2025
މީ ވަރަށް ދެރަކަންކަން، ރައީސް ކަންކޮށްފައިވާ މީހުން ރައްޔިތުންނަށް ނަމޫނާ ދައްކަން ވާނެ
ކައްދަ މޫސަ
27 October 2025
ދައުލަތުން ވވ ކޮށްފައި ތިބި މީހުންނަށް ރައީސްގެ ލަގަބުން ގޮވުމަކީ ރަނގަޅު ކަމެއް ނޫން. މިކަން ބަދަލުކުރަން އެބަޖެހޭ. ވެރިކަމުން ފޭބީމާ ރައީސެކޭ ނުކިޔާނެ. ކިޔަންޏާ ކިޔާނީ ފޭބި ރައީސް ނޫނީ ބޭލި ރައީސް ނޫނީ މުނި ރައީސް ނުވަތަ ކުނި ރައީސް ފަދަ ރީތި ނަމެެއް.
މުޑަހަންޖާ
27 October 2025
ތަންކޮޅެއް ފަގީރު ސޮރަކު ފައިވާންކިބައެއްގެ ސަރީއަތުގަ ތިހެން ހަދާފިއްޔާ ހަމަ ތިހެންތޯ ކޯޓުން އަމަލުކުރާނީ.
ސިވިލް ޤާޒީ
27 October 2025
މިހުންނަނީ ވަރަށް ދެރަ ކަންކަށް، މި ކަމުން މި ހާމަވަނީ ޔަމީންގެ ބޮޑާކަމާއި އޭނާގެ ނުފޫޒާއި ބާރު ކަރަށްޓަށްވެސް ފޯރާކަން، އަދި ކޯޓުތަކަށް ބޭނުން ކޮށްމެކަމެއް ޢެނާކުރާނެ ކަމުގެ ފެހި ސިގުނަލް. ދައުލަތުން އެތަށް މިލިއަން ރުފިޔާއެއްގެ ހިޔާނާތުގެ ކުއްސާބިތުވެ ހުކުމެއްގައި ހުރި މީހަކަށް އެހެން ތަންތަނަށް ދެވިގެން ނުވާނެ، އަހަރެންވެސް ބޭނުން އަހަރުންގެ ބޭބެ ޖަލަށް ނަމަކަށް ހުކުމްކޮށް ގޭގަ ބަހައްޓާފަ ބޭނުން ތާކަށް ދަތުރު ކުރެވެން. ޔާމިން ޖަލަށް ބަދަލުކުރޭ
ހައްޖަ.
27 October 2025
ޔާމީން އެހެއްދެވީ ރަގަޅައް ކޮބާތަ އަދީބު .އޭނަހުރީ ދޫވެފަ.ޔާމީން އެކަނި ތަ އެކަމުގަ ބެދެނީ؟