ގުޅީފަޅުގައި ގޯތި ކަނޑައެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު
28 އޮކްޓޯބަރ 2025 - 11:51
ހައުސިން މަޝްރޫއުތަކަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މެދުވެރިކޮށް މިހާތަަނަށް ހޭދަކުރީ ކަނޑައެޅި އަދަދުގެ ނުވަ ޕަސެންޓު ކަން ފިނޭންސް މިނިސްޓްރީގެ ތަފާަސްހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތައް ދައްކާ ގޮތުން ގެދޮރުގެ މަޝްރޫއުތަކަށް މިހާތަނަށް 164 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މި އަހަރުގެ ބަޖެޓުގަައި ހައުސިން އަށް ހާއްސަ އިސްކަމެއް ދީގެން ޕީއެސްއައިޕީގެ ދަށުން އެ ދާއިރާއަށް 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެހެންވެ، ހައުސިން އަށް ޕީއެސްއައިޕީގެ ބަޖެޓުން ކުރަން ކަނޑައެޅި ހަރަދުގެ 90 ޕަސެންޓު މިހާތަނަށް ބޭނުމެއް ނުކުރެ އެވެ.
ޕީއެސްއައިޕީއާ އެކު، ހައުސިން އަށް 4.8 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
މި އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު ކަމަށް މިދިޔަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެ އެވެ.
ހައުސިންގެ ބަޖެޓުން މާބޮޑު ހޭދައެއް ނުކުރާ އިރު، ސަރުކާރުން ދާދި ފަހުން ވަނީ އެމްއެމްއޭއާ ގުޅިގެން ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށް ހާއްސަ ހައުސިން ފައިނޭންސިން ސްކީމެއް އިއުލާނު ކޮށްފަ އެވެ.
ހައުސިން ބަޖެޓުގެ އިތުރުން ޖުމްލަކޮށް ޕީއެސްއައިޕީ އަށް ދައުލަތުގެ ބަޖެޓުން ކުރި ހޭދަ ކުޑަ އެވެ. ޕީއެސްއައިޕީ އަށް ހޭދަކުރީ 5.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި 12.4 ބިލިއަން ރުފިޔާ އެފަދަ މަޝްރޫތަކަަށް ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުރޭތަ1
28 October 2025
ދައުލަތުގެ ޚަރަދު ކުޑަ ކުރަންޖެހޭ ވަގުތުގަ މާލޭ މީހުންނަށް ފުލެޓު އަޅާދިފަ ކުއްޔަށްދޭން ދޭން ދުކުރާނެ ކަމެއް ނެތް. މިހާރު ކުއްޔަށްދީފަ ހުރި ފުލެޓު ތަކަށް ދޭ ސަބްސިޑީ ކަނޑާލަ ހަމަ އަގު ނަގަންޖެހޭ.
ރާވެރިބެ
28 October 2025
ކޮބާ ބާކީ ފައިސާ؟ އެބަ ހުރިތަ؟ ނޫނީ ހަމަ އެކަނި ކަރުދާހުގަ ޖަހާފަ އޮތް އަދަދު އެކަނި ދޯ ބާކީ ފެންނަން އޮތީ؟ އެހެން މިބުނަނީ އަބަދު އެބަކިޔާ ޚަރަދު ނުކުރާ ވާހަކަ. އެކަމަކު ކަމެއްކުރަން ފައިސާ ހުންނަ ކަމަކަށް ނުވޭ. އާސަންދަ ނުލިބިގެން ވަރަށް ގިނަ ރައިޔިތުން އުޅޭ ނިކަމެތި ހާލު އެގޭނީ އެކަން ބެލި ބަޔަކަށް. ދޮހޮއްކޮބެ ބުނި ކަހަލަ އެއްޗެއް ބުނެފިއްޔާ އާ ގާނޫނުގެ ގޮޅިއަކަށް ފައްތާލާނެ. ޗުއްޕު!
ހޯސްފޯސް
29 October 2025
އަމިއްލަ ބަހުން ދޮގު ފަޅާއަރާއިރު ވެސް އިހުސާސް ނުވޭ. ތިލިޔުނީނު ސަރުކާރާ ދެކޮޅަށް ލިޔަން ބޭނުންވި އެއްޗެއް. އެޔޮށްގެން ވެރިކަން ބޭނުންވެގެން ނިދިނައިސްގެން އުޅޭ މީހުން މަގުތަކަށް ނިކުމެ ހަޅޭއްލަވަނީ. ފެނޭ ބޭނުން އެއްޗެއް ގޮވާތަން. ކޮންހާ ދޮގެއް. ކަލޭމެންގެ މޑޕ ގެ ދުވަހު ދެކުނިން މުސްކުޅި ދެދައްތަ ފަހާ ދުވި ތަން!!!
އއ 2
28 October 2025
އެހެންވީމާ 2026 ވަނަ އަހަރުގެ ބަޖެޓުން ސިއްޙީ ދާއިރާކުރި އަރާނެ ކަމާމެދަކު އެއްވެސް ޝައްކެއްނެތްް....
އުދުހޭ
28 October 2025
ސިޔާސީ މުއައްޒަފުން ގިނަކަމުން މުސާރަދީފަ މާބޮޑު އެއްޗެއް ބާކީ ނުވަނީބާ
ޢަލީ ކުރުސީ
28 October 2025
ނެތޭ ޤާބިލުކަމެއް! ހައުސިންގ އެންމެ މަޝްރޫއެއްވެސް ކުރިއަކަށް ނުދޭ! އެކަމަކު ދައުރު ނިމެންވާއިރަށް ވަޢުދުތައް ފުރިހަމަކުރާނަމޯ! ބޮޑެތިއިންޖިނޭރުން ތިބެގެން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަ!
އަފްރާސިޔާބު
28 October 2025
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އޭނާގެ ވައުދުތައް ރަނުން ރަނަށް ފުއްދަމުން ބާރު ދުވެލީގައި. ރަށްރަށުގެ ރައްޔިތުންތިބީ އޭނާގެ ޗާލާކީ ކަމުގައި ފިސާރި ފޯރީގައި. އަސާސީ ބާވަތްތައް ކަނޑައަޅައި. ހުރީ އަތްނުފޯރާ ފަށުގައި. ކުރީ ސަރުކާރުން އެތަކެތީގެ ހަގީގީއަގުގައެއްނޫން ތަކެތި ވިއްކާފައިވަނީ. ވަރަށް ކުޑައަގަށްވާތީ މިހާރު އެހުރީ ސަރުކާރުން މަސައްކަތްކޮށްގެން އޭގެ އަގު މަތިކޮށްފައި. ދެންނުދާނެ ތިރިއަކަށް. ނުދާނެ ތިރިއަކަށް. ހުންނާނީ ހިފެހެއްޓިފައި.މަތީގައި