ސައޫދީގެ ރެޑް ސީ ގައި އޮންނަ ސެއިންޓް ރެޖިސްގެ ރިސޯޓެއް. -- ފޮޓޯ: ސެއިންޓް ރެޖިސް
28 އޮކްޓޯބަރ 2025 - 21:07
ރަލަކީ ޓޫރިސްޓުން ޝައުގުވެރިކަން ކުރަން މުހިންމު އެއްޗެއް ނޫން ކަމަށާއި ސައޫދީ އަރަބިއްޔާގައި ރާ މަނާ ވުމަކުން ޓޫރިޒަމަށް ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެ ކަމަށް އެ ގައުމުގެ ތެލަށް ބަރޯސާވާ އިގުތިސާދު ފުޅާކުރުމުގެ މަގްސަދުގައި ހިންގާ ލަގްޒަރީ ޓޫރިޒަމް ޕްރޮޖެކްޓުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
"ސައުދީގައި ބަނގުރާ މަނާ. އެކަން އޮތީ އެހެންކަން އެހާ ސާފު،" ސައުދީ އަރަބިއްޔާއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ބާއްވާ ބޮޑު ކޮންފަރެންސެއް ކަމަށްވާ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް (އެފްއައިއައި) ގެ ހަވާސާގައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ޖޯން ޕަގާނޯ ވިދާޅުވި އެވެ.
"މީހުން ބޭނުންވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެން. އެ މީހުން އަންނަނީ ތަޖުރިބާއެއް ކޮށްލަން. ބަނގުރާ ލިބުމަކީ އެ މީހުން ބޭނުންވާ ކަމަކަށް ވެދާނެ. އެކަމަކު އެއީ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ކާމިޔާބީއާ ގުޅޭ އެއްޗެއް ނޫން،" ޕަގާނޯ ވިދާޅުވި އެވެ.
އިސްލާމް ދީނުގެ ފެށުން ގުޅިފައިވާ އަދި މުސްލިމުންގެ އެންމެ މުގައްދަސް ދެ ބިނާ ހުންނަ ސައޫދީ އަރަބިއްޔާ މިހާތަނަށް އޮތީ "ދީނީ މަންޒިލެއްގެ ގޮތުގައި" އެކަނި ކަމަށް ވިޔަސް މި ފަހުން ވަނީ ވަރަށް ބޮޑަށް ހުޅުވާލައިފަ އެވެ. ޓޫރިސްޓް ވިސާ ވެސް އެ ގައުމުން ދޫކުރަން ފެށީ 2019 ވަނަ އަހަރު އެވެ.
މި ބަދަލުތައް ގެންނަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ގައުމުގެ އިގްތިސާދު ފުޅާކޮށް، ޓޫރިސްޓުންނާއި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް "ވިޝަން 2030" ގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުންނެވެ.
މި ބަދަލުތަކާ އެކު ވެސް ސައޫދީގައި، އިސްލާމީ އެހެން ގިނަ ގައުމުތަކަކޭ އެއްގޮތަށް ރަލަކީ ޖުމްލަ ގޮތެއްގައި މަނާ އެއްޗެކެވެ. އެކަމަކު މިދިޔަ އަހަރު ސައޫދީގައި ވަނީ ހަމައެކަނި ޣައިރު މުސްލިމުންނަށް ހިދުމަތްދޭ ގޮތަށް ރާ ފިހާރައެއް ހުޅުވައިފަ އެވެ.
ސައޫދީގައި 2034 ވަނަ އަހަރުގެ ބާއްވާ ވޯލްޑް ކަޕްގައި ވެސް ރާ މަނާވާނެ ކަމަށް، ސައުދީން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޚާލިދު ބިން ބަންދަރު ބިން ސުލްތާން އަލް ސައުދު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެންގެ މެހެމާނުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ އިންޓަނޭޝަނަލް އެރައިވަލްސް، އަޅުގަނޑު އުންމީދުކުރި ވަރަށް ވުރެ އަވަހަށް މި ހިސާބަށް މި ދިޔައީ،" ޕަގާނޯ ވިދާޅުވި އެވެ.
ރެޑް ސީ ގްލޯބަލް އިން ސައުދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި 27 ހޮޓާ އަދި ރިސޯޓް ހުޅުވަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 10 ތަނެއް މިހާރު ވަނީ ހިންގަން ފަށައިފަ އެވެ.
"އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި 27 ހޮޓަލާއި ރިސޯޓު އެއްކޮށް ހުޅުވާލެވޭނެ،" މިއީ ހައްޖާއި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ވެސް ފަސޭހައިން ދެވޭ ހިސާބެއްގައި ހުންނަ ރިސޯޓްތަކެއް ކަމަށް ވުމުން ޕަގާނޯ ވިދާޅުވީ އަޅުކަމަށް އަންނަ މީހުން ވެސް ރިސޯޓްތަކުން ހިދުމަތް ހޯދާނެ ކަމަށާއި އެ މީހުންގެ ފަރާތުން ވެސް އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ހައްޖާޖީންގެ މާކެޓް ލިބޭތޯ ރެޑް ސީ ޕްރޮޖެކްޓުން މަސައްކަތްކުރާނެ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެހެންތަ
30 October 2025
ދުވަންދާން ބޫޓެއްވެސް މުހިންމެއްނޫން… ބަޓް ދެޓް ހެލްޕްސް…
ނާހަމަތެދެއް
31 October 2025
ބޫޓު ނުލާ އެފްރިކާ ބަދަވީން އަދިވެސް ދުވެ އުޅެނީ. އެތައް ހާސް އަހަރަކު އިންސާނުން ދުނިޔޭގަ އުޅެފި ބޫޓަށް ނާރާ ދުވެއުޅެގެން. ލޮލެއް ނޫން ކަނުވަނީ. އަމަލުވެގެން ބީތާވީމައޭ މަޖާ ކުރެވެނީ ގަބޫލުކުރާ މީހުނަށް ހީވާނެ ރަލަކީ ރަންބިސްއަޅާ ކުކުޅެކޭ. އަމަލުވެގެން ތިބެ އަތްދިއްކޮށްގެން ތިބޭއިރު މިކުކުޅު އަތަށް މިލަނީ ގުއިކަން އަހަރުނަށްފެނޭ.
ސީޒަން ޖެކުހަން
29 October 2025
ރަލަކީ މާމުހިއްމު އެއްޗަކަށް ހަދައިގެންއުޅެނީ ރާއްޖޭގެ ރިސޯޓުވެރިން.
ޕޮޑީ
29 October 2025
ބޮޑުސޭޓުމެން ތިއެއް ގަބޫލެއް ނުކުރޭ. ރީތި ގޮނޑުތޮށްތަކުގަ ރ ބޯން އަންނަ ބައެކޯ ބޮޑުސޭޓުމެން ބުނަނީ ރާއްޖެ އަންނަނީ. އެއްޗަކީ ރ.
ހަސަންބޭ..
29 October 2025
"އެކަމަކު މިދިޔަ އަހަރު ސައޫދީގައި ވަނީ ހަމައެކަނި ޣައިރު މުސްލިމުންނަށް ހިދުމަތްދޭ ގޮތަށް ރާ ފިހާރައެއް ހުޅުވައިފަ އެވެ. " މިޔޯ .
އެޑްމުންޑޯ
29 October 2025
ވަރަށް ރަގަޅުވާހަކައެއް ، ވޯލްޑް ހެލްތް ރިޕޯޓްތަކުން އެގޭގޮތުގައިވެސް ރަލަކީ އިންސާނުންނަށް ނުރައްކާތެރި ކެންސަރ ގެ ގިނަބާވަތްތަކެއް ޖައްސާ އެއްޗެއް ، ޚާއްސަ ކޮށް ފުރަމޭ ހަލާކު ކޮއްލާ އެއްޗެއް ރަލުގެ ސަބަބުން މީހުންގެ ސިކުނޑިއަށް ނޭދެވޭ އަސަރުކޮށް މީހާގެ ވިސްނުމަށާް މުޑުދާރު ކޮއްލާ ، ރަލާއި ނުލާވެސް ވިޔަފާރި ކުރެވޭނެ ، އެކަން ގަބޫލުކޮއްގެން ކުރެވޭނީ
ވަސް
29 October 2025
މީގެން ބޭނުންވަނީ ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ކުރެވޭތޯ. ސައުދީއަށް ރާއެތެރެކުރުން "މަނާ" ކޮށްފައިއޮތަސް އެ ބޯން ބޭނުންވާ މީހަކު ހުންނަނީ އެބޮއިގެން. ކޯލާވަޓަރު ކަމަށް ވިޔަސް ވެސް. ކަމެއް ކުރީމަ އެކަމުން ނުކުންނަން ބޭނުންވާ ނަތީޖާ ބައެއްކަހަލަ ވިޔަފާރީގައި ނުނުކުންނާނެ. ސިގެރޭޓާ ރަލާ މަސްތުވާ ތަކެއްޗަކީ މަތިމައްޗަށް ގާނޫންހެދިއަސް އެއަކުން މާބޮޑު ނަތީޖާއެއް ނުނުކުންނާނެ ކަންކަން.
ރަދީފްއޮފިޝަލް /
29 October 2025
"އެކަމަކު އެއީ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ކާމިޔާބީއާ ގުޅޭ އެއްޗެއް ނޫން،" ޕަގާނޯ ވިދާޅުވި އެވެ.
ފުރޭތަ1
29 October 2025
ޜާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށެގެ ގެސްޓުހައުސްގަވެސް މަނާ. ބަރާބަރަށް ލިބޭ އެކަމު
ވިލުންތެރިރާއްޖެ
28 October 2025
ދިވެހިރާއްޖެވެސް މިއުސޫލަށް ބަދަލުވާންޖެހޭ. މިތަނަށް އެމީހުން އަންނަނީ ގައުމުން ނުލިބޭއެއްޗެއް ބޯކަށްނޫން. އޫރުމަހާ ބަނގުރާ މަނާކުރަންވީ
މިއައު
29 October 2025
ރާއްޖޭގަ ރާބޯން ފޯރި ހުންނަނީ ޓުއަރިސްޓުންނެއް ނޫން. މިތާ މިއުޅޭ ބަޔަކު އެކަމަށް ދެވި ހިފާފަށް ހުންނަނީ