ގުޅިފަޅުން ގޯތި ލިބުނު ބަޔަކު ގޯތި ލިބުނު ސަރަހައްދު ބަލާލަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
29 އޮކްޓޯބަރ 2025 - 10:34
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއި ކުރުމަށް ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މުއްދަތުގައި އެެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ މީހުންނަށް އެއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށާއި އެއީ އެންމެ ފަހު ފުރުސަތު ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތުގައި އެޕޮއިންޓްމަންޓަށް އެދިފައި ނުވާ މީހުންނަށް އެއްބަސްވުމުގައި ސޮއިިކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ.
ހިޔާވަހި ޕޯޓަލުން އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތައް:
- އާ ބަންޑާރަ ގޯތި ދޫކުރުމުގެ އެެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރުމަށް ހާޒިރުވާނެ އެއް ފަރާތުގެ އައިޑީކާޑު ކޮޕީ.
- ގޯތި ލިބޭ މީހާގެ ބަދަލުގައި އެހެން މީހަކު އެއްބަސްވުމުގައި ސޮއިކޮށް، ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާ ނަމަ، ޕޯޓަލްގެ ޕަވާ އޮފް އެޓާނީގެ ނަމޫނާއާ އެއްގޮތަށް ޝަރުއީ ކޯޓެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ޕަބްލިކް ނޯޓަރީގެ ކުރިމަތީގައި ސޮއިކޮށްފައިވާ ޕަވާ އޮފް އެޓާނީ އާއި އެޓާނީގެ އައިޑީކާޑު ކޮޕީ
- ގޯތި ލިބޭ މީހާ ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގެ ކޮޕީ.
- ގޯތި ލިބޭ މީހާ ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.
ހައުުސިން މިނިސްޓްރީން ބުނީ އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ މީހުންގެ އެޕޮއިންޓްމަންޓް ވެސް ކެންސަލްވާނެ ކަމަށެވެ.
އާ ރަޖިސްޓަރީއަށް މިދިޔަ އޮގަސްޓް މަހު ހުޅުވާލިޔަސް ގޯތި ލިބުނު ބައެއް މީހުން ދަނީ ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ. އެ މީހުން ބުނާ ގޮތުގައި އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރަ އެވެ.\ އެ މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ. ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
އެ މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައިޝަމްް
30 October 2025
ތިމީހުންއަތުން ގޯތިތަށް އަތުލާނަމަ. ތިއީ މިހާތަނަށް މިގައުމުގަ ހިންގި އެންމެ ބޮޑު ކޮރަޕްޝަން.
އަސްނާދްް
30 October 2025
ގޯތި ބަލާ ނުގޮސް ފުއްޕަ ފުއްޕާފަ އުޅޭ ކުދިން މާދަން ރޯތަން ބަލަން ރެޑީގަ މިހިރީ.
ނުދީ ގޯތި
30 October 2025
މިދެން އަޖައިބެއްކަހަލަ ބައެއް. ގޯތި ބޭނުންވެސްމެ. އެކަމަކު ސިޔާސީ ގޮތުން ރައްޔިތުންގެ ލޮލުގައި ގޯތި ނުދޭކަމުގެ އަދުން އަޅުވަން ގޯއްޗާ ހަވާލެއްނުވޭ. ކިހާދެރަކަމެއްމިއީދެން.
ކުރި
29 October 2025
ގިރާވަރު ފަޅުން ލިބުނު ގޯތިތަށް އަދިވެސް އޮތީ އަޑީގަ ކޮން އިރަކުންތޯ އެތަން ތަން ހިކިފަސް ތަނަކަށް ބަދަލް ކުރެވޭނީ
ކަޑަބައެއް
29 October 2025
މިކަމަކާ ނޫޅެއޭ މި ސަރުކާރަކުން
ށަލި
29 October 2025
ދިވެހިންގެ ފަހު ފުރުސަތަކީ ދިގު ދެމިގެންވާ ފުރުސަތުތަކެއް. ހާސްވާންޖެހޭ، ތެޅިގަނެގެން އުޅެންޖެހޭ ކަމެއް ނެތް.
އަޑަށް ބާރުލައިފަވީ ވައުދު ކޮބާ؟
29 October 2025
މުއްދަތެއް ދޭކަށް ނުޖެހޭނެ، ގޯތިލިބުނު މީހުނާ ގޯތި ހަވާލުކުރޭ.
ޖައުފަރްް
30 October 2025
ނުޖެހޭނެ ހަވާލުކުރާކަށް. ކަންކަން ކުރަމުންދަނީ އޮންނަންވާ ހުދޫދުގެ ތެރެއިން. މިފަދަ ކަންކަން ކަލޭމެެން ސިޔާސީ ކުރަމުންގޮސް ބަޔަކަށް ގޯތި ނުލިބި އެހެންބަޔަކަށް ލިބުނީމާ ފަހުން ދެރަވާނެ.
މީމިހާރު ކުރަންވެފަ އޮތްކަމެއް.
29 October 2025
ގޯތިދިނުން ގޯހެއް ނޫން، ރިއަލް ސްޓޭޓް ވިޔަފާރިގެ ޓެކްސް ބޮޑުކުރަންވީ. އަދި މަލެނޫން އެހެން ތަންތަން ތަރައްގީކުރަންވީ.
އަފްރާސިޔާބު
29 October 2025
މާލެ ނޫން އެހެންތަނެއް ތަރައްގީ ކުރުމަކީ ރިހޭފައިމައްޗަށް ފޮއި ވެއްޓުންކަހަލަ ކަމެއް. ކުރީ ސަރުކާރުން ކަންކަންކުރިގޮތަކަށް ރަށްރަށަށް މިސަރުކާރުން ނުކުރާނެ.
ފޮޑަރު
29 October 2025
ހަވާލުނުވާ ގޯތިތައް ނީލަމުގާ ވިއްކާލާ.
ސަނީސައިޑްބޮންޑް
29 October 2025
މި ގޯތި ސްކޭމްމީ އެމްޑީޕީ ސަރުކާރުން ހިންގި އެންމެބޮޑު އެއްޖަރީމާ. މިސަރުކާރަށްވެސް އެޢުޅެނީ މިސްކޭމުންމަންފާކުރިމީހުންގެ ކިބައިން ސަލާމަތްނުވެވިގެން ވޯޓްކޮޅުގެއްލިދާނެތީ. މަމީކުރީގަ އެމްޑީޕީސަޕޯރޓަރެއް، އެކަމަކުދެން މަވާސަލާމް. މަދެންބަލާނީ މަދަންނަ އެންމެންވެސް އެމްޑީޕީއާ ދުރަށްގެންދެވޭތޯ.
ސަލިމާ
29 October 2025
ތިގޮތަށް ލިޔުނީމަ މަމެންނަށް އެނގޭ ތީ ސަޕޯޓަރެއް ނޫންކަން. މާވެގަނެގެން ތިއުޅުނީ
މަމެންމާލެމީހުން
29 October 2025
ބްރޯ ސުކޭމޭ ކިޔާނެ ކަމެއް ނެތް މާލެ މީހުންނަށް މާލެއިން ގޯތި ހިލޭ ދޭން ޖެހޭ މިތަންކޮޅު 100 ފަހަރު ކިޔާލާ
އާދަމު
29 October 2025
އެޕޮއިންޓްމެންޓަށް ރިކުއެސްޓް ކުރީމަ ހޯލްޑްކޮށްފަ އިންނަނީ. ދެން ތިހެން މުހުލަތު ދީގެން އަހަރެމެން ކިހިނެއް ހަދާނީ؟ 4-5 ފަހަރު ރިކުއެސްޓް ކުރެވިއްޖެ. ރިޖެކްޓްކޮށްފަ މެސެޖެއް އަންނަނީ އެޑްމިނިސްޓްރޭޓިވް ކަމެއް ވެރިފައިކުރަންށޭ. ގުޅީމަވެސް ބުނަނީ މިހަފްތާ ޖަވާބެއް ދޭނަމޭ. އެ ހަފްތާއެއް ނާދޭ ދުވަހަކުވެސް. ތިހެން މިނިސްޓްރީ އިން ހޯލްޑްކޮށްފަ މިނިސްޓްރީއިން އަހަރެމެންނަށް މުއްދަތު ދެވޭތަ ވަކި ދުވަހެއް ތެރޭ ނިންމަން
ވާންވީ
29 October 2025
ތިހިން އަދި ނުވާނެ! މަށަށް ގުޅާނަމޭ ކިޔާފަ ނުގުޅީމަ 5 ދުވަހު އެތަނަށް ގޮސްގެން ރަޖިސްޓްރީ ދިނީ. އެވެސް އެމީހުންގެ މިސްޓޭކްސް ރަނގަޅުނުކުރެވިގެން. އެތަނަށް ގޮސް ނުލިބެނިސް ނުނިކުތީމަ ކަމެއް ވާކަމަަށްވަނީ. ސަރުކާރު އޮފީހެކޯ!