ރަސްމާލެ ހިއްކުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ކުރަނީ.---ފޮޓޯ: އެމްއޭސީއެލް
29 ޑިސެމްބަރ 2025 - 09:54
މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ފްލެޓު ދޫކުރާ އުސޫލު ސަރުކާރުން ރޭ އާއްމުކޮށްފި އެެވެ.
އެ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީ އެވެ.
ދެ ކެޓަގަރީގެ މީހުންނަށް ވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ގޯތިތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިއުލާން ކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް 2-3 މަސް ތެރޭގައި ހިއްކައި ނިމެނޭ ކަމަށް ލަފާކޮށްފައިވާ ރަސްމާލެ އިން 25،000 ގޯތި ދޫކުރާއިރު ފުރަތަމަ ދޫކުރާނީ 15،000 ގޯއްޗެވެ.
ރަސްމާލެ އިން ޖުމްލަ 25،000 ގޯތި ދޫކުރާނެ: ރައީސް https://t.co/DSmrCLaSde
— Mihaaru (@Mihaarunews) November 18, 2025
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން ގޯތި ދިނުމުގެ ކެޓަގަރީ އެކަކީ މާލޭގެ ރަށްވެހިންނެވެ. އެ ކެޓަގަރީގެ މީހުންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި (ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނާއި) ރަސްމާލޭން ވެސް ގޯތި ދޫކުރާނެ އެވެ. ދެވަނަ ކެޓަގަރީ މީހުންނަށް ރަސްމާލެ އިން ގޯތި ދޫކުރަން އުސޫލުގައި ވަނީ ހިމަނައިފަ އެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ރަސްމާލެ އިން ގޯތި ދިނުމުގައި ފުރަތަމަ ޝަރުތަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައި ވުމެވެ. އަހަރު ގުނާނީ އަންނަ ޖެނުއަރީމަހުގެ 14 ވަަނަ ދުވަހާ ހަމައަށެވެ.
އެ ކެޓަގަރީގެ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭފައި މާލޭގައި ދިރިއުޅުނު މުއްދަތާއި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ހިމެނެ އެވެ.
މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލާ ޕޮއިންޓް ދޭ އުސޫލުގައިވާ ގޮތުން 15 އަހަރުން ފެށިގެން 20 އަހަރާ ދޭތެރޭގެ މުއްދަތެއްގައި މާލޭގައި އުޅެފައިވާ ނަމަ ދޭނީ 20 ޕޮއިންޓެވެ. އަދި 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަަކަށް އުޅެފައިވާ ނަމަ 30 ޕޮއިންޓެވެ. މާލޭގައި ދިރިއުޅޭތާ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައި ވާ ނަމަ 40 ޕޮއިންޓެވެ.
ގޯތި ދިނުމުގެ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ތިން ގޮތެއް ބަޔާންކޮށްފައި ވެ އެވެ. އެއީ:
1- އުފަންވީއްސުރެ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން.
2- މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުން.
3- މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ފަހުން ޖެހިފައިވާ މީހުން.
މާލޭގެ ރަށްވެހިންނަށް ދޫކުރާ ގޯތި ލިބޭނީ އެ އުސޫލުގައިވާ ގޮތުން ގިނަ ޝަރުތުތަކެއް ހަމަވެގެންނެވެ. ފާހަގަކޮށްލެވޭ ޝަރުތުތަކުގެ ތެރޭގައި ގޯއްޗަށް އެދި ހުށަހަޅާ މީހާ އަކީ ރާއްޖޭގެ އެއްވެސް ތަނަކުން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ މީހަކަށް ނުވުމާއި 400 އަކަފޫޓު އޮތް ނަމަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ބައި ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ.
ބަހައިގެން ވާރުތައިން އެވަރުގެ ޖާގައެއް ލިބެން އޮތަސް، އެބައި ދޫކޮށްލަން އެއްބަސްވުމަކީ ވެސް ޝަރުތެކެވެ.
އެއްމެދު ގޯއްޗެއް ބަހައިގެން 400 އަކަފޫޓް ލިބޭ މީހުން ވެސް އެ އުސޫލުގައިވާ ގޮތުން ގޯއްޗަށް އެދެން ޝަރުތު ހަމައެއް ނުވާނެ އެވެ.
މީގެ ކުރިން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ބެލީ މީހެއްގެ މިލްކިއްޔާތުގައި 600 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް އޮތްތޯ އެވެ.
އާ އުސޫލުގައިވާ ގޮތުން، ގޯއްޗަށް ކުރިމަތިލާ މީހާ އަށް މީގެ ކުރިން ފްލެޓެއް ނުވަތަ ގޯއްޗެއް އެހެން މީހަކަށް ހިބައިން ދީފައި ނުވަތަ ވިއްކާފައި ވޭތޯ ވެސް ބަލާނެ އެވެ.
ގޯއްޗަށް ކުރިމަތިލާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް މާލެ ސަރަހައްދުން ފްލެޓް ލިބިފައި ނުވުމަކީ ވެސް ޝަރުތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންސާފުވެރި
29 December 2025
އެންމެ އިންސާފުވެރި ގޮތަކައްވީހީ ކަނޑައެޅޭ ޝަރުތުތަކެއްގެ ތެރެއިން ގޯތިލިބޭ މީހުން އެންމެ ކުޑަމިނުން އެތަން ހިއްކުމައް ހިނގިހަރަދު އަދި އަސާސީ ހިދުމަތްތަކުގެ ހަރަދު އެމީހުންގެ އަތުންނެގޭނެ ގޮތަކައް ހެދުން. ބިމަކީ އަގުހުރި އެއްޗަކައް ވާއިރު އެންމެ ކުޑަމިނައް ވުރެ އިތުރައް ނަގާގޮތައް ހެދިދާނެ އަދި އިތުރައް ނަގާފައިސާއިން އެންމެ ބޭނުންޖެހިފައިވާ މީހުންގެ ފްލެޓްސަބްސިޑައިސް ކުރުމައް ބޭނުންކުރެވިދާނެ. ނޫނީ ތިބިންތައް ދުވަހަކު ތަރައްގީނުކުރެވޭނެ.
އުސްމާނު.
30 December 2025
އިންސާފުވެރިއާ ތިކަހަލަ ވާހަކަ ނުދައްކާ. މާލޭގެ ބޭފުޅުން ކޯފާވާނެ ތިކަހަލަ ވާހަކަ ދެއްކީމަ. އެމީހުން އިސްސާފު ކަމަށް ދެކެނީ އެމީހުނަށް ބިން ވެސް ދީފަ އަދި ހިލޭ ފުލެޓް ވެސް ދިނުން. ވަރުގަދަ ބަޔަކު އުލޭ ރަށެއް. ކީކޭ ބުނާނީ.
ދޮން ޓައްޕު
29 December 2025
ދިިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތައް ހުރީ ފެޑެރަލް ނިޒާމަކަށް. މާލޭގައި ރަޖިސްޓްރީކޮށްފައިވާ ޕާރޓީތަކަށް މަޖްލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން އިންތިޚާބުކުރުން ހުއްޓާލަން އެބަޖެހޭ. މި ކައުންސިލް އިންތިޚާބުގައި ޕާރޓީތަކުގެ ވެރިންނަށް އަޅުދާސް ނުވާނެހެން މިނިވަން ކެނޑިޑޭޓުން އިންތިޚާބުކުރަން ރަށްރަށުގެ ރައްޔިތުން އިސްކަން ދޭންވީ
ޚާދިމްކުމް
29 December 2025
ރަސްމާލެއަކީ އެއްވެސް ވަޒަންވެރިއަކު ނެތް ތަނެއް. އެތަނަކީ ބްރިޖަކުން އެއްވެސް ރަށަކާއި ގުޅާލެވިފައިވާތަނެއްވެސް ނޫން. ދެން މިރަށުން ގޯތި ދިނުމުގައި ދިވެހި ރައްޔަިތުންގެ ތެރެއިން ވަކިތަނެއްގައި ރަޖިސްޓްރީވެފައި އޮތުން އަދި ވަކި ރަށެއްގައި ދިރުއުޅުން ހިމެނުމަކީ އިންސާފުން ބޭރުވެވޭ އަދި އެއްދައުލަތެއްގެ ސިފަ ގެއްލި، ނަސްލީ އިމްތިޔާޒަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ދެކެމެވެ.
އޮނަރަބްލް އަފީފު ދީދީ
29 December 2025
މާލޭމީހުން ވަންނާނެތަނެއް ނެތްކަމަށްބުނެ "ތިރަށުމީހުންގެ ކަށިމައްޗަށް ޕޮއިންޓް ދީގެން" ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތުގެދަށުން ބަހާލި 6200 ގޯތިން ބައެއްގޯތި 25 މިލިޔަން ރުފިޔާއަށް ވިއްކަން އިސްތިހާރު ކުރާއިރު ސޯޝަލް ހައުސިން ފުލެޓް ކުއްޔަށްދިނުމުން އެތަނުގައި "ބިދޭސި ލޭބަރ ކްއާޓަރ ހަދާފައި ހުންނައިރު ބައެއް ފުލެޓްތަކަކީ ކަސްބީ ވިޔަފާރިހިންގާ ނާސިގެތަކެއް" ކަމަށް ފުލުހުން ބުނާއިރުވެސް ފުލެޓްތަކުގައި ބިދޭސިން ބޭތިއްބުން ހުއްޓުވަން އުޅޭތަނެއް ނުފެނޭ!
މަރިޔަމް މޫސާ.
29 December 2025
އަފީފު ކަލެއާއި ބެހޭ ކަމެއްނޫން ފުލެޓް ކުއްޔަށް ދިނަސް. ފުލެޓް ކުއްޔަށް ދެނީ އެތަން ލިބުނު އިރު ދަރިއެއް ނެތް މީހުނަށް 2 ދަރިން ލިބުނީމަ އެތަނުގައި ދިރި ނޫޅެވޭނެތީ. މާލޭގައި އުޅޭ ރައްޖެތެރޭ މީހުންވެސް މާލޭގައި އުޅެނީ ރަށުގައި އޮތް ގޯތި ކުއްޔަށްދީފަ އެއް ނޫނަތަ؟
އޮނަރަބްލް އަފީފު ދީދީ
29 December 2025
މަތީގައިދެންނެވި ސުވާލު އުފެދެނީ ދަފުތަރު އާބާދީއާއި އެކު ކ.މާލޭ 18 އަހަރުންމަތީގެ އާބާދީ 75 ހާހަށް ނާރާ އިރު،، ތިރަށުގައި ބޯހިޔާ ވަހިކަމަށް 70 ހާސް ބަންޑާރަ ގޯއްޗާއި، 30 ހާހާއި ގާތްކުރާ އަދަދަކަށް ދައުލަތުގެ ސޯޝަލް ހައުސިންގ ފުލެޓް އަދި ރިއަލްއެސްޓޭޓް ކުންފުނިތަކުން ތަރައްޤީކޮށްފައިވާ 1500 ވަރަކަށް ފުލެޓް ހުރިއިރު (މިހިސާބުތަކަކީ މާލޭގައި ދިހަ 12 ބުރިއަށް ހަދާފައިވާ އިމާރާތްތައް ނުހިމަނާ) ތިމައްސަލަ މާލޭމީހުނަށް އޮތްކަމަށް ސަރުކާރުން ބުނާތީ.
އަލިމަނިކު.
29 December 2025
ވަރަށް ރަނގަޅު ވާހަކައެއް. އަސްލުވެސް މިހާރު މާލޭ މީހުނަށް ދީފައި ހުރި ބިންތަކާއި ފުލެޓްތައް ބަޔަކު ގުނައި އަދަދު ކޮށްފި ނަމަ މާލޭ މީހުނަށް ވުރެން އެތައް ތަނެއް ގިނަވާނެ. މާލޭ މީހާ ނިދަން ވަކި ފުލެޓެއް ފެންވަރަން ވަކި ފުލެޓެއް އަނބި ފިރިކަމުގެ ގުޅުމަށް ވަކި ފުލެޓެއް ހުންނަން ޖެހެނީ ކަމަށް ވެދާނެ.
ގައުމީ ދޫ
29 December 2025
ދެމަފިރިންގެ ތެރެއިން އެކެއްގެ ނަމުގައި ފްލެޓެއް ރަޖިސްޓްރީ އޮތުމަކީ ދެމަފިރިންގެ ތެރެއިން އެ ފްލެޓް ރަޖިސްޓްރީ ވެފައި ނެތް ފަރާތައް ބިމަށް ކުރިމަތިލުމަށް ޝަރަތު ހަމަ ނުވާންގޮތަށް އުސޫލު ހަމަޖައްސާފައި އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން. ފްލެޓާއި ބިމަކީ މުޅިން ދޭއްޗެއް. އަދި މިގޮތަށް އޮތުމުން ޝަރަތު ހަމަކުރަން ކައިވެނި ރޫޅާލާތަންވެސް ފެންނާނެ!
ނުބުނާނަންނަން
30 December 2025
އަނބިމީހާ ވަރިކޮށްގެން ނޫނީ ބިން ނުލިބޭ ގޮތަށް މިހާރު އޮތީ. އެހެޔޮ އުމުރު ދުވަހު މާލޭގައި އުޅުނަސް. ފްލެޓް އެއްކޮށް ގަނެ މިލްކު ކުރުމާއި ގަންނަން ފައިސާ ދައްކަމުން ދިއުން އެއީވެސް މުޅިން ދެކަމެއް. އެއްތަން ދޫކޮށްލާ މަތިން އަލަށް ހަދާ ތަންތަނަށާއި ގޯއްޗަށް ލެވެން ވާނެ. އިއުލާނުކުރުމުގެ ކުރިން މިހެން ހުރި ކަންކަން އިސްލާހުކުރަން ޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
29 December 2025
އެމީހާގެ އަމިއްލަނަމުގައި އެތައްބައިވަރު ފުލެޓް އަދި ކ.މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކުންވެސް ބޮޑެތި ގޯތިހުރި މާލޭމީހުނަށް (ކޮމަންޓްގައި އެމީހުންގެ ނަމާއި އެޑްރެސް ލިޔާން ހުއްދަ އޮންނަނަމަ އެކަން ކޮށްފާނަން) މިފަހަރު ކޮންމެވެސްވަރެއްގެ ދަތިކަމެއް ކުރިމަތިވާގޮތަށް އުސޫލު އޮތްކަން ފާހަގަ ކުރެވޭ. އެހެންނަމަވެސް މަތީގައިދެންނެވި ފަދަ، "ޤާނޫނީ ހައްލަކުން ނޫނީ" ކ.މާލޭމީހުންގެ ކަށީގައި ހިފާފައިވާ ބިމާއި "ފުލެޓް ވައްކަން" ހުއްޓުވުމަކީ ދަތިކަމަކަށްވާނެ.
ހީހީ ސުލީހް
29 December 2025
ހަލޯ ސޯރ، ކޮންތާކުހުރި ފުލެޓެއްތޯ؟
އެޗް އެމް
29 December 2025
ތިބަދަލާ ގުޅިގެން ރަސްމާލެގެ ނަން ވެސް ބަދަލުވާނެ ކަމަށް ބެލެވޭ.
ޑރ. ޒަނޖަބީލު
29 December 2025
ހެޔޮނުވާނެ ގްރޭޓާ މާލެއަށް މީހުން ތޮއްޖެއްސުން ހުއްޓާލާ! އަތޮޅުތެރޭގެ ރީޖަންތަކަށް ފުލެޓު އަދި ބިންވެރި ސޯޝަލަ ހައުސިން ބަދަލުކުރޭ،،....