ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލަށް ޖުމްހޫރީ މައިދާނު ކައިރިން ބަންދުކުރާ މަގުތައް ދައްކުވައިދޭ ޗާޓު.-- ފޮޓޯ: ޕޮލިސް
30 އޮކްޓޯބަރ 2025 - 11:36
ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލް ބޭއްވުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެންވާ މަގުތައް ވަކި ވަގުތުތަކަކަށް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ރިހާސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:30 އިން 6:00 އަށް އަދި ރޭގަނޑު 11:00 އިން ފެށިގެން ރިހާސަލް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެ އެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެ އެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް އެ މަގު ބަންދުވާނެ އެވެ.
ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދަށް އާންމުން ވަނުން ވެސް އެ ވަގުތުތަކުގައި މަނާވާނެ އެވެ.
ސަރުކާރުން ވަނީ ނަސްރުގެ ދުވަހަށް ޖުމްހޫރީ މައިދާން އެއްކޮށް މަރާމާތުކޮށްފަ އެވެ. މަރާމާތަށް ފަހު އެ ދުވަހު އެ މައިދާން އަލުން ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ތާރު އަޅައި އެ މަގު ޒަމާނީ ފެންވަރަށް ހެދުމަށްޓަކާ ހިންގާ މަޝްރޫއުގެ ދަށުން މިހާރު ވެސް ވަނީ ޖުމްހޫރީ މައިދާން ކުރިމަތީގައި އޮންނަ ސަރަހައްދު ބަންދުކޮށްފަ އެވެ. އެކި ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ބައި ނިންމައި ތާރު އަޅަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަ
30 October 2025
ކިތައް މިލިޔަން ހަރަދުވޭ މި ހަރަކާތްތަކަށް؟
ށަކަރާ
30 October 2025
އަތޮޅުތަކަށް ފުރި ހުރިހާ ލޯންޗެއް ޑިލޭ ކޮށް ބޮޑު ގެއްލުން
އުދުހޭ
30 October 2025
ގްރީން ޒޯނު ބަދަލުކޮށްބަލަ ގުޅީފަޅަށް. ކިހާ ބޮޑު ....
ދެވަނަ ވިސްނުމަކަށް.
30 October 2025
ފުރަމާލޭގަ އެންމެ ޕުރައިމް އޭރިޔާ ބަންދު ކޮށްގެން ތިޔަޖަހާ ސަކަރާތް ހުއްޓަންވެއްޖެ....ތިޔަ ކަމުގެ ސަބަބުން އާންމު ވިޔަފާރިތަކާ އިގްތަސާދީ ކަންތައް ތަކައް އެބަހުރެސް އެޅޭ.....ހުޅުމާލެ ސެންޓުރަލް ޕާރކްގަ ތިފަދަ ކަންތައް ހިންގަން ފެނޭ.
އޮއިވަރު
30 October 2025
ތިޔަ ސަރަހައްދަކީ ސަރުކާރުގެ އޮފީސް ތަކާއި ވިޔަފާރި ކުންފުނިތަކުގެ އެތަކެއް އޮފީހެއް ހުންނަ ހިސާބެކެވެ. އޭގެ އިތުރުން ވިޔަފާރީގެ ހަރަކާތްތައް ގިނަ ސަރަހައްދެއް. އޮފީސްތައް ނިންމާފަ ގިނަ ބަޔަކު ގެޔަށްދިޔުމާށާއި ވިޔަފާރީގެ އާންމު މޫވްމަންޓްސްތައް އެންމެ ހަލަބޮލިވާ ވަގުތު ކޮންމެ ދުވަހަކު ތި ސަރަހައްދު ބަންދު ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އަމުދުން މިއަދަކީ ހަފްތާގެ ފަހު ދުވަހަށްވީމާ ހަރަކާތްތައް އިތުރުވާނެވެ.ހުކުރު ހޮނިހިރު ގެ ހެދުނު ތިކަން ކުރާށެވެ
އަނޫކް
30 October 2025
ކަންތަކާއި ޖެހުނީމި..ބާޒާރު އެއްކޮށް ބްލޮކް..ބީއެމްއެލް މަގު އެއްކޮށް ބލޮކް..ޗާނދަނީމަގު ބްލޮކް..މިކަން މިނޫންތާކު ނުކުރެވޭތަ..އަތޮޅުތަކަށް ފުރާމީހުނާއި ބާޒާރުން މުދާ ގަންނަ މީހުނަށް ބެލުމެއްނެތް.