މީޑިއާ ކޮމިޝަންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން: މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތް އެ ކޮމިޝަނާ ވަނީ ހަވާލުކޮށްފައި --- ފޮޓޯ/މީޑިއާ ކޮމިޝަން
30 އޮކްޓޯބަރ 2025 - 15:10
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެގޮތުން އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ. އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ މަސްލަހަތު އޮންނަ ދަ ޕްރެސްއަށް 1.3 މިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވެ އެވެ.
ޔޫތު މިނިސްޓްރީން އިއްޔެ އެ އިއުލާން ކުރުމާ އެކު، ބައެއް މީޑިއާތަކުންނާއި އާންމުން ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން މަސްލަހަތު ފުށުއަރާ ގޮތަށް މީޑިއާތަކަށް ފައިސާ ދޭން ނިންމާފައިވުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޔޫތު މިނިސްޓްރީން ދެންމެ ގެޒެޓްކުރި އިއުލާނުގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރެވޭނީ އެ ކޮމިޝަނަށް ކަމަށް މިނިސްޓްރީން ދެކޭ ކަމަށެވެ.
އެހެންވެ، ފައިސާ ދޭ އުސޫލާ ގުޅިގެން އެ މިނިސްޓްރީން ކުރި އިއުލާންތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ ހުރިހާ ކަންކަން އެ ކޮމިޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ. އެއީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚަިސުސ
31 October 2025
ގިނަ މީޑިޔާތަކުގަ އުޅޭ ދިވެހި ނޫސްވެރިންނަށް ދިވެހި ބަސް ރަނގަޅަށް ނޭނގޭ. ބޮޑު ގުޅަ އާދައިގެ ބަހެއްގެ ސުކުން ނޭނގުމަކީ ވަރަށް ދެރަ ކަމެއް. އެކަހަލަ ނޫސްވެރިންގެ ލިޔުންތަކުން ދިވެހި ބަހަށް ގެއްލުން ވާނީ
ދެރަސޮރު
31 October 2025
ރައްޔިތުން އެންމެ އިތުބާރުކުރާ ސަރުކާރުގެ ވައްކަންތަށް ހާމަކުރާ ޓީވީ އަށް ކިބުނީ ކިހާވަރެއް, ދެން މިހާރު ނޫހަށް ލިބުނީ ކިހާވަރެއް ތިކަން ތިބަހާލީ ވެރިމީހާ ކަންކުރާގޮތަށް ތީ މިގައުމުގެ ހާލަތަކީ ވ ސަލާމް
ސޮފޫރާ
31 October 2025
ތަންކޮޅެއް އަވަހަށް ހައްޖު ދަތުރު ރާވަން ފެށީ
އަލި
30 October 2025
ދުވަހަކުވެސް އަޑުނާހާ ތާކުންތާކު ނުޖެހޭ ނޫސްތަކަށް މިލިއަނުން ފައިސާ ދޭންޖެހޭތޯ؟. ތިޔަ ނޫސްތަކުން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްތޯ؟. ގިނަ ނޫސްތަކުގެ ކަމަކީ ދޮގުވާހަކަ ފެތުރުމާއި ފިތުނަ އުފެއްދުން.
ބޮޑުބެގެ ބެއްޔާ
30 October 2025
މި ގައުމު މިވަނީ ހައްދުފަހަނަ އަޅާފައެވެ. ވައްކަންވެސް ރަސްމީ ސިފައެއްގައި ކޮށްފިއްޔާ ހަލާލެވެ.
ހިހިހި
30 October 2025
ސަންގު އަށް ގިނައިން މި ލިބޭގޮތަށް އިނީ ކީއްވެބާ؟!
ލޮން
30 October 2025
ބޭކާރު ހަރަދު ކުރުން ހުއްޓާލާ.
އަފްރާސިޔާބު
30 October 2025
ނޫނޭ އެއްގޮތަކަށްވެސް ނުދީ ހިފަހައްޓައިގެންނުވާނެ. ތިޔަވާނީ ދޭން. ގާނޫނުގައި ސަރުކާރު ނަގަހައްޓަން މަސައްކަތްކުރާ ނޫސްތަކަށް ދޭގޮތަށް އޮތީމާވާނީ ދޭން. ރައްޔިތުން ސަލާން ހަޖަންޖެހުމުން ޝަހީމް އެ ހިފީ ޒަކާތު ފަންޑުގައިހުރި ފައިސާ އިން ކަންކަން ހަމަޖައްސަން. ދެން ފެންނާނީ އެފަންޑުވެސް އޮޔާދާތަން. މިހާރުވެސް ބޮޑުތަނުން އަމިއްލަ ބޭނުންތައް އެފަންޑުން ކުރަނީ. ތިޔަ ފަންޑަށް ފައިސާދޭމީހުންވެސް ދެން ދޭނެހެނެއް ހިއެއްނުވޭ.
އުދުހޭ
30 October 2025
ފައިސާ ނަގަނީ ރަސްމީކޮށް. އެކަމަކު މިނިވަން މީޑިޔާ.
އަފްރާސިޔާބު
30 October 2025
އަސްލު ގާނޫނުގައި ކަނޑައަޅާފައި އޮތް އެއްޗެއްވާނީ ދޭން. އެހެން ހިފެހެއްޓިގެންނުވާނެ މީހަކު ނުރުހޭތީއޭ ކިޔާފައި. ޚަލީލަށް ކީއްވެ ނުލިބެނީ. އެއީވެސް ނޫހެއް ހިންގާމީހެއްވިއްޔާ. ޖޮބަކީ ޖޮބު.
ޗަޕް
31 October 2025
މި އަފްރާސިޔާބެއް މީނަ ހަމަތަ؟ ކޮން ގާނޫނެއްގައިތަ އޮތީ މީޑިޔާއަށް ފައިސާ ދޭން.
ސަސި
30 October 2025
އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ
އަފްރާސިޔާބު
30 October 2025
އެކަމަށް އަސްވާޑު ކީއްކުރާނީ އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫސް ހިންގާ މީހުންނަށް (ގަބޫލުކުރާ ނޫސްތަކަށް) ދޭން ގާނޫނުގައި ލިޔުނު އެއްޗެއްވީމާ އެވަނީ އަސްވާޑަށްވެސް ބުރުމާ އަށްވެސް ސަންޝިޔާމަށްވެސް ދޭން. އެހެން ނޫނީ ރައީސް މީހާ ގާނޫނާ ޚިލާފުވީކަމަށް މަޖިލީހުން ނިންމަފާނެ.