ފިނޭންސް މިނިސްޓްރީ ކައިރިން ލާފައި މީހަކު ދަނީ. މުވައްޒަފުންގެ މުސާރައަށް މާދަމާއިން ފެށިގެން ބަދަލުތައް އަންނާނެ.-- ފޮޓޯ: މިހާރު
31 އޮކްޓޯބަރ 2025 - 21:19
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތައް، ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ގެންނަ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް
- އެޑިއުކޭޝަނަލް ސާވިސް
- ހެލްތު ސާވިސް
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް
- ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް
- ޕްރޮޓެކްޓިވް ސާވިސް
- ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް
- ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މުސާރަތަކަށް ގެނައި ބަދަލުތަކުގެ ހުރިހާ ތަފްސީލެއް މާދަމާ ހާމަކުރާނެ ކަމަށެވެ.
Ministry of Finance and Planning
Job matrix comprises of job classifications, public service ranks, licenses and professional training requirements, educational qualification and experience requirements, examples of main responsibilities, and the pay structures.
މުސާރައަށް ގެންނަ ބަދަލުތަކުގެ ތަފްސީލް
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށެވެ.
އެހެންވެ، މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަން ޖެހޭ ރިސްކަށް ބަލާނެ ކަމަށާއި އަދި ކުރިން ދޭ ގޮތަށް ރިސްކު އެލަވަންސްގެ ގޮތުގައި ވަކި އެލަވަންސެއް ނުދިނަސް މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ރިސްކަށް ހުށަހެޅޭ މީހުންނަށް ބަދަލު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރައަށާއި މަސައްކަތް ކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މިނިސްޓްރީން ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ، މިނިމަމް ވޭޖަށް ވުރެ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އެލަވަންސްތައް، އާ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު މަދު ނަމަ، އެ މުވައްޒަފަކަށް މައިގްރޭޝަން އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މައިގްރޭޝަން އެލަވަންސް ދޭނެ އުސޫލެެއް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
ކުރީގެ ސަރުކާރުން ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން، މިދިޔަ މެއި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، ސިވިލް ސާވިސްގައި 30،436 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
04 November 2025
ބައެއް ސިވިލްސާރވަންޓުންނަށް ދިން ބޮޑު ލަނޑެއް މީ. ޖުޑީޝަސރީގަވެސް ހަމަ ސޭމް. ނޫނޭ މަކަރުވެރި ބައެއް މި ސިޔާސީ މީހުންނަކީ
ނަމުންސޯލިހު
03 November 2025
މާލޭ މީހުނޭ ކިޔާފަ މާލެއިން ބޭރުން ހިލޭ ދޫކޮއްފަހުރި ބިންތައް އަތުލާނެ ހިއްވަރު ހުރި ވެރިއެއް ބޭނުމީ، މާލެއަކީ މާލޭގެ ބިމާއި ވަށައިގެންވާ ފަޅު. ކައިރި ރައްރަށާއި ފަޅުތަކުގެ ފަހަތައް މާލެއޭ ކިޔައިގެން ނަންދީގެން ހަންފަތުރަން އުޅުމަކީ، ކުރީޒަމާނުގަ ހުޅަނގުގެ ގައުމުތަކުން ގައުމުތައް އަޅުވެތިކުރުންފަދަކަމެއް.
ފެކްޓް
02 November 2025
އިޚްލާޞްތެރިކަމެއް ހުރިނަމަ ހަމައެކަނި މުސާރަ ބޮޑުކުރާނީ. ވަޒީފާގެ ވަގުތާކުޅެ އޯޓީތައް ކަނޑާ 8 ގަޑިއިރު މަޖުބޫރެއްނުކުރާނެ. ވެރިކަމަށް އައީ 8 ގަޑިއިރު މަސައްކަތްކުރުވާނެ ވައުދު ވެގެންތޯ. އޯޓީ ކަނޑާނެ ވައުދު ވެގެންތޯ. އޮޅުވާލުން ހަމަ
ފުކެއް ބޮޑުވަރު
03 November 2025
ބޭނުންވަނީ ކަމެއްނުކޮށް ހަމައެކަނި މުސާރަ ނަގަން ދެއްތޯ. މިހާރުވެސް 6 ގަޑިއިރުވެސް އޮފީހުގަ ހޭދަކުރާ މުވައްޒަފެއް އުޅޭނެހެން ހިޔެއްނުވޭ، ބައިވަރު ކޮށިގަނޑުތައް ހުރޭ ހުސްކޮށް ގިނަވަގުތު.
އގއރގް
01 November 2025
މުސާރައެއްނޫން އަމިއްލަ ބޯހިޔަލެއް ބޭނުމީ.
މިކަން ވަކި ކުޑަކަމެއްތަ؟
01 November 2025
ތަންތާނގަ ވެރިންގެ ނަމުގަ މިލާފަތިބޭ މީހުން ރަނގަޅަށް ރިވިއުކުރެވި، އެމީހުން ހަދާ ނުހަދާ ބެލެންޖެހޭ، ދަށު ލެވެލްތަކުގަ ކިތަންމެ ވަރަކަށް ޕާފޯމަންސް ކުރިޔަސް އެބޭފުޅާ ހިތްހަމަ ނުޖެހޭ ކަމަށްވާނަމަ ގަސްދުގަ އަނެކާއަށް ދެރަދޭން މަސައްކަތް ކުރޭ. އަދި ދެންތިބި މީހުންވެސް އެނގިތިބެމެ އަޅާނުލާ އެބަތިބޭ؟
އޮފިސަރު
01 November 2025
ކަސްޓަމްސްގެ މުވައްޒަފުންނަށް މުސާރާގެ ކުރިއެރުމެއް ނުދޭތާ ފަނަރަ އަހަރަށްވުރެ ގިނަވީ. މިފަހަރުވެސް ލައްވާ ނުލި. ދެން ބަލާ މުވައްޒަފުން މޯޓިވޭޓު ވާނެ ވަރު.
ބޮޑޭ ބޮޑު
01 November 2025
ތަޖެތީގެ އަގުތައް ޔަޤީން ބޮޑުކުރޤނެ!!
އަލި
01 November 2025
ގެއަށް ގެންދަން އެންމެ މަދުން ވެސް -/15،000 ނުލިބެންޏާ އެއީ ކުޑަ ސެލަރީ އެއް. ސަބަބަކީ ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުން.
ސަރވަންޓު
01 November 2025
މަގާމުގެ ނަމަށް އައި ބަދަލުން 10 އަހަރު ފަހުން 2 ލެވެލް ދަށަށް މިދިޔައީ. އޮފީސް ބަދަލުނުވެ މަގާމު ދައްވުމުން ސީވީ، ލިންކްޑްއިން ޕްރޮފައިލް ހަޑިވީ. އެ ބަލާ މީހުނަށް ނޭގޭނެ ވީގޮތެއް. އެޕްލިކޭޝަންތައް އިގްނޯ ކޮށްލާނީ. އެއްވެސް ކުށެއްނެތި ދެވުނު އަދަބެއްމީ. ކުރިން މިފަދަ ބަދަލުތައް ގެނައީ ކުރީގެ މަގާމު ނަން ބޭނުން ކުރެވޭގޮތައް.
އަތްޖަހާ
01 November 2025
ދުނިޔޭގެ ނިސްބަތުން އެންމެ މަދު ގަޑީގަ މަސައްކަތް ކޮށްގެން އެންމެ ގިނައިން މުސާރަ ލިބޭ ތަން. މިހެން މިބުނީ މަސައްކަތުގަ ހޭދަ ނުކުރާނެ ދުވާލަކު 1 ގަޑިވެސް. އަބަދުވެސް ކޮފީގަ، ނޫނީ ގޭގަ ނޫނީ ސްކޫލް ދޮށުގަ