މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
31 އޮކްޓޯބަރ 2025 - 23:49
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނީ، މައިގަނޑު ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ބާވަތުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވާކަން ސަރުކާރުން މީގެ ކުރިން އިއުލާން ކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، އެ ކަންބޮޑުވުންތައް ހުއްޓަސް، ކަށިމިޔަރުގެ މަސްވެރިކަމަށް މާދަމާއިން ފެށިގެން ހުއްދަ ދޭން ނިންމައި، އޭގެ ގަވައިދު މިއަދު ވަނީ ނެރެފަ އެވެ.
ޝިޔާމް "މިހާރު" އަށް ވިދާޅުވީ ގަވައިދު ހެދުމުގައި އެ ކަންބޮޑުވުންތައް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ލައިސަންސް ނަގައިގެން އެ މަސައްކަތް ކުރުމާއި އަހަރަކު ވަކި ވަރަކަށް އެ ލައިސަންސް ދޫކުރުން އަދި އެ މަސްވެރިކަމަށް ވަކި ޒޯނުތަކަކާއި ދުވަސްވަރެއް ކަނޑައެޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، އެ މަސްވެރިކަމަށް ހުއްދަ ދޭނީ އަހަރަކު 40 އުޅަނދަށެވެ.
އޭގެ އިތުރުން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ. އަދި އެކަން ކުރެވޭނީ މިނިސްޓްރީން އިއުލާންކުރާ ގޮތެއްގެ މަތިން، ކޮންމެ އަހަރަކު ހަތް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ވެސް ގަވައިދުގައި ވެ އެވެ.
ރާއްޖޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަން ކުރިއަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ.
މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި އޭގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ އޮގަސްޓް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާދަމާ އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ، އެކަމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި ކަނޑުތަކާއި އޭގެ ދިރުން ހިމާޔަތްކުރުމުގައި ވަކާލާތު ކުރާ ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮޅި ހުސޭނު
02 November 2025
މިއީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން ނަމެއްގަ ކުރި ކަމެއް. 40 އުޅަނދު ހަމަވުމުން އަނެއް 40 އުޅަނދަށް ހުއްދަ ނުދީއެއް ފަރަކު ނުޖެހޭނެ. ދެން މީގެ ތެރެއަށް ވަންނާނީ ފައިސާ. އެ ހިސާބުން މިކަން އެކީ ކޮރަޕްޓްވެ ނިމުނީ. އެހެންވީމަ ދެން އެހެރީ ރަނގަޅަށް ކަށިމިޔަރު ބާނަން ބޭނުންވާ މީހުންނަށް އެކަން ކުރެވިފަ
މިއަރު
02 November 2025
ކަށި މިޔަރު ބާނަން ގޮސް އުޅެނިކޮށް ކަށިނެތް މިޔަރެއް ގަނެއްފިއްޔާ އެ ބޭނުން މާނާވާނެ ދޯ؟ އެ ބާނާއިގެން ބެލިއިރު އޭގައި ކަށި ނެތިއްޔާ ދެން ހަދާނީ ކިހިނެތް؟
މިޔަރާ ރެކިބެއްޔާ
01 November 2025
ބޯން މިޔަރަކީ ކޯޗެއް؟؟
ހޭލަ
02 November 2025
އެއީ ނުބޯން މިޔަރުގެ އަނެއް ވައްތަރު.
ޝޮކްތެރަޕީ
01 November 2025
ދިވެހި ރާއްޖެއަ އާމްދަނީއެއް ލިބެންއޮތީ ކަނޑާ ފަޅުގެ ބޭނުން ހިފައިގެން.
ޖަހޯބަރު
01 November 2025
ރުންކަށި މިޔަރަކީ ތިޔަ ޒާތަށް ކުރެވޭނެ ކަމެއް ނޫން.
ވަޠަނީ
01 November 2025
ދެން ކަންބޮޑުވުމަށް ބަލާފަ ދޮންފަނު ބިންހިއްކަ ނުދިނީ ކީއްވެ. މިހާރު ވެރިކަމުގަ މި ތިބީ އެއްވެސް ގޮތެއްފޮތެއް ނެތް ބައެއް. ބުނާބަހުގަ އިތުބާރު ނެތް ބައެއް.
ސަލީމު އިދުރީސް
01 November 2025
ރަންގަޅައް ހުރި ކަމެވެސް ގޯސްކުރަނީ ތިބުނާ ގަވައިދަކުން މިއަރު ބާނާބޭރުނުރެވޭކަން ރައީސް ނޭގުމަކީ ގައުމުގެ ހާލަތު ނޭގުން 40ފޫޓުގެ ކޮންޓީނާއެއް ވަގައްނަގައި ދެވޭނެ މަގު ކަސްޓަމުން ވަނީ ފަހިކުރެވިފަ
ކަށިމިޔަރުބެ
01 November 2025
އަހަރަކު ކިތަށް ކަށިމިޔަރުތަ ރާއްޖެއިން ބޭނެނީ؟ ބުރާންތި ވާހަކަ ނުދައްކާ!!
ބުރާންތިވާ
01 November 2025
ކަލޭމެންގެ މާސްޓަރުން (ދޮންމީހުން) މުޅި ކަނޑުގަ ދެޔޮޖަހާ ކުޑައެއް ބޮޑެއް ނުބަލާ ކަހާލާއިރު އޯކޭ!!! ކަލޭމެންނަށް ވާނުވާއެގޭތަ، ކަނޑަށް އެކުސެސް ނުވެވޭ މީހުންގެ މާކެޓތަކުގަ ނެތް އެއްޗެއްނެތް، އަހަރެމެވަށާ ކަނޑު އެކަމަކު އޭގެ ފައިދާ ނަގއިގެން ނުވޭ!! އަޖައިބެއްތަ!!
ބޮލި ކޮއި
01 November 2025
މިޔަރު ބާނާ އިރު ކަށި މިޔަރު ނޫން މިޔަރެއް ނުބާނާތި
މާނިއުބެ
31 October 2025
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިންނަމަ މިނިސްޓަރު ކަނޑާލީސް. އަޅުގަނޑަށްވުރެ މިނިސްޓަރެއްކަމަކު ބާރު ގަދައެއް ނުވާނެ
ވާނުވާ.
01 November 2025
ޢާ އެހެން ދޯ ކައެ ނަމަވެސް ހަދާނީ...ކަމަކު ދޯ އެހެރީ ރައީސްގެ ދަށުން މިނިސްޓަރު ލާފަ!!ކޮސް ކޮމެންޓު ނުލިޔެބަލަ!