01 ނޮވެމްބަރ 2025 - 07:45
ބޮލީވުޑްގެ އެކްޓަރު ދަރްމެންދަރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.
އިންޑިއާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި، އުމުރުން 89 އަހަރުގެ ދަރްމެންދަރު ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ފޭނުން ދަނީ އޭނާގެ ހާލު މާ ބޮޑަށް ގޯސްވީތޯ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް، މައުލޫމާތު އެނގޭ މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ދަރްމެންދުރަ އެޑްމިޓްކުރީ މެޑިކަލް ޗެކަޕްތަކެއް ހަދަންވެގެން ކަމަށެވެ. މި ހަފުތާގެ ކުރީކޮޅުގައި އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި ދަރްމެންދުރަގެ ހާލު ރަނގަޅު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރީ މެޑިކަލް ޗެކަޕްތައް ހަދާ ނިމެންދެން ހޮޕިސްޓަލުގައި މަޑުކުރަން އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.
މި އަންނަ މަހު ދަރްމެންދުރައަށް 90 އަހަރު ވާނެ އެވެ. އެ އުމުރުގައި ވެސް އޭނާ އަންނަނީ ދޭތެރެއަކުން ފިލްމެއް ކުޅެމުންނެވެ. އޭނާ އެންމެފަހުން ފެނުނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ތޭރީ ބާތޯ މެއިން އޭސާ އުލްޖާ ޖިޔާ" އިންނެވެ. އަދި މި މަހު ރިލީޒްކުރާ ބޮލީވުޑްގެ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ރޯލެއް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
ދަރްމެންދުރަ ކައިވެނިކޮށްގެން އުޅެނީ ކުރީގެ އެކްޓްރެސް އަދި މިހާރު ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ހެމާ މާލިނީއާ އެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ. އެ ދެ ތަރިން ވެސް މިހާރު އަންނަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
02 November 2025
ކަލޯ އެސޮރުއޮތީ އައިޖީއެމްއެޗްގަ...... ބޮއިހަލަކި
ހަމްދާ
02 November 2025
ކޮން ހޮސްޕިޓަލެއްގައި އޮތީ
ބަހޫބަލީ
02 November 2025
އައި ޖީ އެމް އެޗް ގަ
ސުންދުސީ ޕަރީ
01 November 2025
ވި ލަވް ޔޫ! ދަރޭ އަކީ އަހރެމެން އުފަން ވީއްސުރެން އިވޭ މަޝްހޫރު އެހާމެ ލޯބިވާ ނަމެއް! ދަރޭ ގެ ފެނިލުން ފިލްމް 21 އިން ވ ސަޅި އުމްރަށް ބަލާފަ! ގޓ ވ ސ