އައްޑޫ ލިންކް ރޯޑް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 21:23
އައްޑޫގެ ގިނަ ރަށްތަކެއް، ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލަން މީގެ 22 އަހަރު ކުރިން ހެދި ލިންކް ރޯޑް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިރޭ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުގެ އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި މި މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުންނެވެ.
އައްޑޫ ލިންކް ރޯޑް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އެ ބޮޑު މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.
ކޮންސްްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސް ދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.
• ލިންކް ރޯޑް ޒަމާނީ ފެންވަރަށް ހެދުން
• 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުން
• ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން
• ދުވާރުތައް ހެދުން
• މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން
އައްޑޫ ލިންކް ރޯޑް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށީ 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި އެ މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.
އައްޑޫ ލިންކް ރޯޑް އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.
އައްޑޫގައި ދިރިއުޅޭ މީހުންނަށް ބޮޑު ފަސޭހައެއް ލިބުނު މި ދިގު މަގު ފަހުން ބޮޑު މަރާމާތެއް ނުކޮށް އޮންނާތީ މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
06 November 2025
ލިންކް ރޯޑް ގައި ހުރި ވަަލުތަކަށް ސިމެންތި ކޮޅެއް އަޅާލަން އެތައް ސަތޭކަ މިލިޔަން ރުފިޔާ ޙަރަދު ކުރުމުގެ ބަދަލުގައި ދައުލަތުގެ ބަޖޭޓުންނާއި ޖެޕާން ސަރުކާރު ފަދަ ފަރާތެއްގެ އެހީ ހޯދައިގެން އައްޑޫސިޓީގެ ފުއްޓަރު ފަރާތު ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ލިބޭފަދަ ގޮތަކަށް ކޯއްޓޭ ކޮޅުން ފެށިގެން
އޮނަރަބްލް އަފީފު ދީދީ
06 November 2025
ބޮޑެތި ހެވީލޯޑް ވެހިކަލް ދުއްވި އައްޑޫ ލިންކް ރޯޑަށް 30 އަހަރު ވުމާއި ގާތްވެފައި ވަނިކޮށް އައްޑޫގެ އަވަށްތަކަށް ދަތުރުކުރެވޭނެ އިތުރު އެހެންއެއްވެސް މަގެއްނެތި ތިމަގު މަރާމާތަށް ބަންދުކޮށް އައްޑޫގެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ޖައްސާ ގިލަން ވެރިކަމަކަށް ތިކަން ނަހަދާ އައްޑޫ ފުއްޓަރު ފަރާތުން މުޅިން އާ މަގެއް ތަރައްޤީކުރަންވީ ނޫންތޯ؟ މަގުގެ މަރާމާތަށް ޙަރަދުކުރާ ފައިސާއިން މުޅިން އާ މަގެއް ހަދާލެވޭނެ. އެހެންކަމުން އާ މަގެއް ހެދުން މާ ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
06 November 2025
ކަމެއްކޮށްދިންކަމުގެ ނަން ބޭނުންވެގެން ތިފަދަކަންކަން ކުރުމުގެބަދަލުގައި ދެމެހެއްޓެނިވި ރަނގަޅުކަންކަމަށް ފައިސާ ޙަރަދުކުރުން ރަނގަޅު. ތިޔަ މަގު ހެދުމަށްވުރެން ހުރިހާ ގޮތަކުންވެސް ރަނގަޅުވާނީ ތިމަގު ދޫކޮށްލާފައި ކޯއްޓޭ ކޮޅުންފެށިގެން ހަންކެޑެ ބުރިޖާއި ހަމައަށް ހިތަދޫ އަވަށުގެ ފުއްޓަރު ފަރާތުން 4 ލޭނުގެ މުޅިން އާ މަގެއް (ރިންގްރޯޑް) ތަރައްޤީކޮށް މިހާރުގެ ލިންކްރޯޑް ޕެޑަލް ސްޓްރީޓެއްގެ ގޮތަށް ބަދަލުކޮށް މަގުގެދެފަރާތުގައި ބަގީޗާ ހައްދާފައިބޭއްވުން.
އަތީރާ
06 November 2025
މަ މިއަދުވެސް ތިމަގުން ގަމަށް ގޮސްފައި މިއައީ. ނުފެނޭ ބަޔަކު މަސައްކަތެއް ކުރަން ތިއްބާ؟ ރަށްޔިތުން ބޭނުންވަނީ ސޮއިކުރުމެއް ނޫން. އަމަލީމަސައްކަތް ފެށުން. ލިނކްރޯޑުން މިހާރު ދުއްވޭ ވަރެއް ނޫން.
ވަނޫދު
06 November 2025
ކިތަންމެ ވަރަކަށް ހެދިޔަސް މިތާ އުޅޭ އައްޑޫ މީހުން ނުދާނެ ތި ތާކު އުޅޭކަށް. ފުރަތަމަ އެމީހުން މާލެއިން ބާލަބަލަ. ހަމަޖެހި ލެވޭނެ
ބޭބެދުވަނޫ
06 November 2025
ހަގީގަތުގައިވެސް މާލޭން މީހުން ހުސްކޮށްގެން ނޫނީ މާލޭގެ ރަށްވެހިންނަށްވެސް އަދި އެރަށަށް އަރާފައިބާމީހުނަށްވެސް ހިތްފަސޭހަ ކަމެއްނެތް. އެކަމަކު ކޮއްކޮމެނަށް ނުވިސްނޭ ތަންކޮޅަކީ މާލެއިން "ރާއްޖެތެރޭ" މީހުން ހުސްކޮށްގެން ދެން ވަނީ ކިހިނެއްތްހޭ. ކައިބޮއި އުޅޭނީ ކިހިނެއްހޭ.
ޙުަސް
06 November 2025
ހާދަ އައްޑޫ މީހުންނާ ޖައްސާލައިގެން އުޅޭ ކުއްޖެކޭ! ތިޔަ ކުއްޖާ އާއި ތިޔަ ކުއްޖާ ކަހަލަ އެތައް ކުދިންނެއް އަދި ތިކުދިންގެ މައިންބަފައިން ކައިބޮޔެ ހަދައިގެން މިއަދާ ހަމަޔަށް އުޅުނީ އައްޑޫ މީހުންނާއި އަދި އަތޮޅުތެރޭ މީހުން ދޭ ފައިސާއިން! ގެދޮރު އަދި ފިހާރަ ތަކާއި ތަންތަން ކުއްޔަށްދީގެން ލިބޭ ފައިސާއިން! އަތޮޅުތެރޭ މީހުން ކުރާ ބުރަ މަސައްކަތުން! މާލެ ފެންވަރަށް އެޚިދުމަތްތަށް ލިބޭ ހިސާބުން މީހުން މިތަނަށް ނައަންނާނެ!
އޮނަރަބްލް އަފީފު ދީދީ
06 November 2025
މީގެ 25 އަހަރުކުރިން ADB ގެ އެހީގައި މައުމޫނު ސަރުކާރުން ހަދާދީފައިއޮތް މަގު މަރާމާާތުކުރަން އެތައްސަތޭކަ މިލިޔަން ރުފިޔާ ޙަރަދުނުކޮށް މަތީގައި ދެންނެވި ފަދަ 4 ލޭނުގެ ރިންގް ރޯޑެއް ސިޓީގެ ފުއްޓަރުފަރާތުން ތަރައްޤީކޮށްގެން ގޮސް ހަންކެޑެ ބްރިޖް އާއި ގުޅުވާފައި މިހާރުގެ ލިންކް ރޯޑަކީ އައްޑޫގެ އުމުރުން ދުވަސްވީމީހުނާއި ޓްއަރިސްޓް ނަށް ބޭނުންކުރެވޭގޮތަށް ޙާއްސަ Padel street އެއް ނުވަތަ ވޯކިން ސްޓްރީޓެއް ގެ ގޮތަށް ހަދާފައި މުއިއްޒު އާ މަގެއް އަޅުއްވާ.
މާނިއުބެ
05 November 2025
މަރުހަބާ އައްޑޫ ރައްޔިތުން ! މި ލިންކު ރޯޑާއި ހައިވޭ ހެދުމުގެ ޕްރޮޖެކްޓް ވެގެންދާނީ މި ރާއްޖޭގައި މަގު ހެދުމުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ސްޕީޑް އަވަސް ޕްރޮޖެކްޓަށް! އާންމުކޮށް އިންފްރާސްޓްރަކްޗަރގެ މަޝްރޫއުތަކުގެ ބެންޗްމާކަކަށް!
ހަސަނޭެ
05 November 2025
ވެއިޓް އަ މޮމެންޓް. ކުރީ ވެރިކަމުގަ މި ހެދީ ކޮން މަގުތަކެއް؟؟
މޮޑަން
06 November 2025
މިސާލު: ހުޅުމާލެއާއި މާލޭގެ އެތެރޭގެ ގިނަ މަގުތަށް ހަދާނިމުނު. އެކަމަކު މާލެ ހުޅުމާލެ ހައިވޭ ހަލާކުވެ މަރާމާތު ނުކޮށްއޮތީ. މީ އެފަދަ ކަމެއް.
ހިތދިގ
06 November 2025
ލިންކް ރޯޑް ފިޔަވާ ދެންހުރި މަގުތައް ހަދާފައި އެހެރީ....... ލިންކް ރޯޑް މިކިޔަނީ މިހުރިހާ މަސައްކަތް ކުރާއިރު ދަތުރު ކުރަންޖެހޭ ހުރިހާ ރަށެއް ގުޅިފައިވާ މަގު....... މިމަގު މަސައްކަތް ކުރަންފެށީ ދެންހުރި މަގުތައް ނިމުނީމަ ........ އެހެންނޫނީ ހެވީ ވެހިކަލްތައް ދުއްވުމުގެ ސަބަބުން ދެންހުރި މަގުތައް ނިމޭއިރު މިމަގު ހަލާކުވާނެ .....
ކާލާ
05 November 2025
އައްޑޫ މައްޗަށް އަރައިގެންދަނީ.
ޢައްޑި
05 November 2025
މިގޮތައް އިސްރާފު ހުއްޓާލަބަލަ