ކުޅިވަރުގެ ދާއިރާ އިން މަޝްރޫއުތަކެއް ހިންގަން ސްޕޯޓްސް މިނިސްޓްރީން އަމިއްލަ ކުންފުންޏަކާ އެކު މިއަދު ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ރައީސް އޮފީސް
06 ނޮވެމްބަރ 2025 - 14:57
ރާއްޖޭގެ 53 ކުންފުންޏަކާ އެކު ސަރުކާރުން މިއަދު ސޮއިކުރި 206 މަޝްރޫއުގެ އަގު 2.7 ބިލިއަން ރުފިޔާ އަރާ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
ބާސެލޯ ނަސަންދުުރާގައި ބޭއްވި ރަސްމިއްޔާތެއްގައި 53 ކުންފުންޏަކާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި މަޝްރޫއުތަކުގެ އަގު ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ.
މިއީ އެއްފަހަރާ އެއް ދުވަހެއްގައި މިހާ ގިނަ މަޝްރޫއުތަކެއްގައި ސަރުކާރުން މިހާތަނަށް ސޮއިކުރި ފުރަތަމަ ފަހަރެވެ.
ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ ތަރައްގީގެ އެކި މަސައްކަތެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ކުޅިވަރު ދާއިރާގެ މަޝްރޫއުތައް އަދި ވަގުފް އިމާރާތްތައް އެޅުން ހިމެނެ އެވެ.
ތައުލީމީ ދާއިރާގެ ޕްރޮޖެކްޓެއްގައި މިއަދު ސޮއިކުރުމަށް ފަހު ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މުޅި ރާއްޖޭގައި ހިންގާ އެ މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެެއިން ފައިސާ ހަމަޖެހޭނެ ކަމަށް އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
"ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ކުރާ ކުންފުނިތަކަށް މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކުން ސަރުކާރަށާއި ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުބާރު ސަރުކާރަށް މުހިއްމު ކަމަށެވެ. މިއަދު ސޮއިކުރި އެއްބަސްވުންތައް ހިމެނޭނީ އާއްމު އިންވެސްޓްމެންޓް ފްރޭމްވޯކެއްގެ ތެރޭގައި ކަމަށާއި ރިސްކް ކުޑަކުރުމަށް، ފައިސާ ދޭކަން ޔަގީންކުރުމާ އެކު، މަސަައްކަތް މޮނިޓާކުރާނެ އިންތިޒާމްތައް އެ ފްރޭމްވޯކްގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ 206 މަޝްރޫއު މިއަދު ހަވާލުކުރި ހުރިހާ ކުންފުންޏަކުން ވެސް ތިން އަހަރުގެ ދުވަހުގެ "އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް" ހުށަހެޅި ކަމަށެވެ. އދި މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
އެ ކަމަށް ބާރު ދެއްވަމުން ރައީސް ވިދާޅުވީ، އެ ސްޓޭޓްމަންޓު ހުށަހަޅައިގެން ނޫން ގޮތަކަށް އެ އިން އެއްވެސް ކުންފުންޏަކުން މިއަދު ސޮއިކުރި މޭޒާ ހަމައަށް ވެސް ނާދެވުނު ކަމަށެވެ.
ތަރައްގީގެ 206 މަޝްރޫއުތަކުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ބައެއް އިސް މުވައްޒަފުން.
"އަދި އޭގެ އިތުރަށް ވެސް މި ކަމަށްޓަކައި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަނުކޮށް މި ތަނުގައި ސޮޔަކާ ހަމައަށް ގެނެވިފައެއް ނުވޭ. އެހެންވީމާ ވަރަށް ރަނގަޅަށް ހިންގަމުން އައިސްފައިވާ ވަރަށް ރަނގަޅަށް ހިނގަމުންދާ ވަރަށް ނަތީޖާ ރަނގަޅު ވަރަށް ރަނގަޅު މެނޭޖުމަންޓު ޓީމެއް އޮތް، މެނޭޖު ކުރަމުންދާ ކުންފުނިތަކަކުން މަސައްކަތްތަކާ މި ހަވާލުވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ތަފާތު 13 ރަށެއްގައި 825 ހައުސިން ޔުނިޓް އަޅަން މިއަދު ސޮއިކުރި ކަމަށާއި ދާދި އަވަހަށް މާލެ ސަރަހައްދުގައި ވެސް ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
މިއަދު ހަވާލުކުރި ޕްރޮޖެކްޓުތައް ފަށަން އެއްބަސްވުންތަކުގައި ކަނޑައަޅާފައި ވަނީ ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 21 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމޮޑަސް
08 November 2025
ދައުލަތުގެ ބަޖެޓުން ޕްރޮޖެކުޓުތައް ތަބަކަކަށް ލާފައި ޕްރައިވެޓް ސެކްޓަރ ވިޔަފާރިތަކަށް ދިނުމުން، އެ ވިޔަފާރިއެއްގެ އާމުދަނީގެ ނިސްބަތުން އެކަށީގެންވާ މިންވަރެއް އެ ލިބެނީ މިކަހަލަ ޕްރޮޖެކްޓްތަކުންނަމަ، އެއީ ޕްރައިވެޓް ކުންފުންޏަކަސް، އާންމު މަސްލަހަތު އޮންނާނެ ކުންފުންޏެކެވެ. އޮތީ ދެގޮތެކެވެ. ތިޔަ ކުންފުނިތަކުގެ މާލީބަޔާންތަކާއި ޓެކްސް އެފެއަރސް ޝާއިއުކުރާށެވެ. ނުވަތަ، ޕްރޮކިއުމަންޓް ގާނޫނެއް ގެނެސް، ސިންގަލް ސޯސް ކުރުމުގެ ސަކަރާތް ހުއްޓާލާށެވެ.
ޟމމމމ
07 November 2025
2 އަހަރު ވަންދެން އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންގޮސް، އެއް ދުވަހާ މަޝްރޫއުތައް ހަވާލު މިކުރީ ހަމަ ރެކޯރޑެއް ހަދާލުމަށްދޯ!
ރައުޔު
06 November 2025
ގާތްމީހުނަށް ބަހާލީ
ޕިސް
06 November 2025
ކިހިނެއް ވެފަބާ،، އެންމެންގެ މޫނުމަތިން މިފެންނަނީ ކޮންކަމެއްބާ؟؟!؟؟؟
އަފްރާސިޔާބު
07 November 2025
އުފާވެރިކަން. ސައުދަށްވެސް 200 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު. މަސައްކަތް ފެށުމަށް 21 ދުވަސް. ނިންމުމަށް 1500 ދުވަސް. ފައިސާ ދިނުން ދެންއަންނަ ސަރުކާރަކަށް. އެގޮތަށް އެމްޑީޕީން ކަންކޮށްފާ އޮތީމާ މިސަރުކާރުން ވަކި ނުކުރާންވީ ކީއްވެ؟އެމީހުން ހުއްޖަތަކަށްދެއްކީ ކޮވިޑް. އަހަރެމެން އެމީހުންގެ ދަރަނި ހުއްޖަތަކަށް ދެއްކިދާނެތީ މި ހަވާލު ކުރީ.
ލޮސް އެންޑް ޕްރިވެންޓާރ ކުދަބެއްޔާގެ ސަވާދު
06 November 2025
އަސުލު މި ކަމުން އިންގެނީ މި ކަމުގައި އެއްވެސް ފަންނީ މީހެއްގެ އެހީ ހޯދާފައި ނުވާކަން ، ކޮންސެސސަނަލް ލޯން ބޭރުން ނުހޯދާ ޑޮމެސްޓިކް މާރކެޓް އިން މިގޮތަށް ނެގީމާ ދިމާވާނެ މައްސަލަ އަކީ ލިކުއިޑިޓީ ކުރަންޗް ވާނީ މީގެ ނަަތީޖާއަކީ ޑޮމެސްޓިކް ރިސާވް ޑްރެއިން ވެ ފިސްކަލް ސްޕޭސް މިއަށްވުރެ ޓައިޓްވާނީ ފައިދާ ނުނެނެރޭ މި ކަންކަމުން ފިސްކަލް އިންބެލެންސްވެ އިމްޕޯޓްއަށް އަސަރުކުރާނެ
އަފްރާސިޔާބު
07 November 2025
ތިޔަކިޔަނީ އިނގިރޭސިވެރިން ކިޔާއެއްޗެހި. އަހަރެމެންމީ ދިވެހިން. އެކަމަކީ އެއްވެސް ފައިސާއެއް ސަރުކާރު ބަޖެޓުން ހޭދަ ކުރަންނުޖެހޭ އެކުންފުނިތަކުން އަމިއްލައަށް ފައިސާ ހޯދައިގެން ކުރާކަމެއް. ކުންފުނިތަކުން ކުރާކަމަކީ މިސާލަކަށް ތައުލީމީދާއިރާގެ ތަނެއްހަދާނަމަ އެތަނަށް ބިލުފޮނުވާނީ. އެބިލު ފިނޭންސަށް ފޮނުވާނީ އެތަނުން. ދެން ފިނޭންސުން ބީއެމްއެލް އަށް ފޮނުވާނީ ބިލު. ދެން ބޭންކުން ފައިސާދޭނީ. ބޭންކަށް ބޭނުންވާ ފައިސާ ދޭނީ ފިނޭންސުން. ޕެންޝަން ފަންޑުން
ކޮސް
06 November 2025
ނާރާނެ މައްޗަކަށް . ނާރާނެ މައްޗަކަށް. މިބުނީ ބިންގާއެޅި ތަންތަނާއި ވައުދުވި ތަންތަން ނާރާނެވާހަކަ.ތިރިއަށްދާނީ.....
އޮނަރަބްލް ދަރު އަދުރޭ
06 November 2025
ބީލަމަކާއި ނުލާ ދެފުށް ފެންނަގޮތަށް ފެންފޮދަކާނުލާ ދިރުވާލި ދެހާސް ހަތްސަތޭކަ މިލިޔަން ރުފިޔާގެ ޓެކުސް ލާރި .
ޒިގުރަޓް
06 November 2025
ކަޓަަށް 1 ބިލިއަން. އެއްވެސް ޑީޓެއިލްއެއް ނެތި ކުރިން އިއުލާމުކުރުމަކާ ނުލާ 208 ޕްރޮޖެކްޓް ބަހާލީ ކޮމްޕެޓެޓިވް ބިޑިން އެއްނެތި. ޖަރީމާ ތިޔައީ. ތިހެން ހެދީމާ ގައުމުގައި ތިބި ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ ޒުވާނުން ގައުމު ދޫކޮށް ދާނެ. ހެޔޮނުވާނެ ވަކި ބަޔަކަށް ތިގޮތަށް ޕްރޮޖެކްޓް ދޭން.
ސަސި
06 November 2025
މަ ބުނީ އިއުލާނު ކުރުމާ، ބިޑް ކުރުމާ މިއީ މިހާރު އޮންނަކަމެއް ނޫންދޯ؟ ކޮބާތަ މިނިވަން ކަމަން ކިޔާ އިދާރާތަކާ ކޮމެޓީތަށް؟ އިވެންޓުގަ އަތްޖަހަންދޯ ތިބީ
މިނިސްޓްރީ
06 November 2025
ޕެންޝަން އޮފީހުގެ ނެގި ލޯނުތޯ ތިޔަ ... ބުރުވަނީ،