07 ނޮވެމްބަރ 2025 - 13:45
ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްއަށް ފިރިހެން ދަރިއަކު މިއަދު ލިބިއްޖެ އެވެ.
ކެޓްރީނާ އާއި ވިކީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނުކަން އިއުލާންކޮށްފަ އެވެ. އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ދަރިއަކު ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
އެ ޕޯސްޓް އާންމުކުރުމާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ވަނީ ކެޓްރީނާ އާއި ވިކީއަށް މަރުޚަބާ ކިޔައިފަ އެވެ. އަދި އެ ދެ ތަރިން ފޭނުން ވެސް އަންނަނީ މަރުޚަބާ ކިޔަމުންނެވެ.
ކެޓްރީނާ ވިހެއިރު، ޓޫރިޒަމް ޕްރޮމޯޓްކުރަން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ކެޓްރީނާއަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކެވެ.
ކެޓްރީނާ ބަލިވެއިންކަން މީޑިއާއަށް ތިލަވި ނަމަވެސް، މިއަދާ ހަމައަށް އެ ދެމަފިރިން އެކަމާ ބެހޭ ގޮތުން މީޑިއާއަށް އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ އޭރު ބަނޑުބޮޑުކަން ކަށަވަރުކޮށްދީފަ އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުދުބެއްޔާ
09 November 2025
ދެން ފަހަރަކު ދަރިފުޅު ގޮވައިގެން ރާއްޖެ އައްނާނެކަމުގަ އުއްމީދުގަ މިހުރީ
ކަޑަބޮއް ސައީދު
09 November 2025
މުސްލިމު އަންހެނަކަށް ޕަންޖާބީ ހިންދޫ ފިރިހެނަކާ ނީންދެވޭނެ. މިކަން ކަރަރީނާ ވަނީ ކޮށްފައި. ފިރިމީހާ އިސްލާމް ކުރެވޭތޯ އަވަހަށް ބަލާ/
ޑރ ވާންޗޯ
08 November 2025
ކެޓުރީނާތަ ވިހެއީ ނޫނީ އޭނަގެމަތިން އެހެންމީހަކު ވިހެއީތަ؟.
ފެެޭން
07 November 2025
މަރުހަބަަަާ ކެތު