ހަމްޕު، 96 މިނިޓް 10 ސިކުންތުގައި ކާމިޔާބުކުރި ގޯލަށް ފަހު ކުޅުން ތެރިން އޭނާ އުފުލާލައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ނޮވެމްބަރ 2025 - 00:51
މެޗުގެ އެންމެ ފަހު ވަގުތު ގޯލްކީޕަރު ކައިރިން ނައްޓާފައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ގޯލާ އެކު މާޒިޔާ 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ރޭ ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭގަލޮޅު ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެނިކޮށް ހަމްޕު މި ލަނޑު ޖެހީ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގެ ތެރޭގަ އެވެ.
މިއީ ހަމްޕު މި ސީޒަންގައި ޖެހި ހަތަރުވަނަ ގޯލެވެ. ރޭގެ މެޗުގައި އޭނާ ވަނީ އަހުމަދު އައިހަމް (ފަތޯ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދައި އޭރިއާ ތެރޭ ހުސްކޮށްލާފައި ގޮސް ކީޕަރު ކައިރިން ވެސް ނައްޓާލާފައި ގޯލު ޖަހައި، މާޒިޔާ މޮޅުވަމުން އަންނަ ސިލްސިލާ ދަމަހައްޓައިފަ އެވެ.
މި މޮޅާ އެކު މާޒިޔާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށް 21 ޕޮއިންޓް ހޯދައިފަ އެވެ.
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަން ކުޅޭ އޮޑި ސްޕޯޓްސް ކްލަބް ވަނީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. މިއީ އެ ޓީމު އެއްވަނަ ޑިވިޝަންގައި ބަލިވި ފުރަތަމަ މެޗެވެ.
މިއާ އެކު، ލީގުގައި މިހާތަނަށް ބަލި ނުވެ އޮތީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. މިއަދު ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި ރޭގަނޑު ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
08 November 2025
މާޒިޔާ މޮޅުވަންދެން ކުޅުނު މެޗެއްތަ.
ކްރޯ ސްޓެއާސް
08 November 2025
އުނހު. ދަރަނި ދައްކާފަ ވަލު ދޮރާށިން މުބާރާތަށް އަންނަން ދެން.
ސުހާނާ
08 November 2025
1 ވަނަ އަދި 3 ވަނަ ޕެރެގްރާފުގައި އޮތީ ރޭގައި ކުޅުނު މެޗެއް ކަމަށް. 2 ވަނަ ޕެރެގުރާފުގައި އޮތީ މިރޭ ކުޅުނު މެޗެއް ކަމަށް. މިއަދުގެ ތާރީޚުގައި ޚަބަރު ލިޔެފައި އޮތީ. ސުވާލަކީ މިރޭ އަތުވެއްޖެހޭ؟ މި ފެންވަރުގެ ނޫސްވެރިން މި އުޅެނީ.
ތުއްބެ
08 November 2025
ގޭނގ ތީމުތަށް ހަމަ ބިމަށް ތިރިކުރަން ޖެހޭ! މަރުހަބާ މާޒިޔާ
އަހަންމަ
08 November 2025
ކީޕަރުކައިރިން ނައްޓާފައޭ ބުނީމަ ރަނގަޅަށްބަލާލީ ވީޑިއޯ. މޮޅުގޯލެއް އެކަމަކު އެގޮތަށް ހެޑްލައިންގައި ޖަހައިގެ އިޝްތިހާރުކުރާ ވަރުގެގޯލެއްނޫން. ފަހަރެއްގައި ވެދާނެ އޭދަފުށީ މީހަކުޖެހި ގޯލެއްވީމަ މޮޅުވީކަމަށް. މިއަށްވުރެއް ރީތި އަދި މޮޅުގޯލެއް މިލީގުގައި ކުރިންޖަހާފައިވޭ. އެލަނޑުގެވާހަކަ ލިޔެލާނެ ހިތަވަރެއް ނެތް ކުޅިވަރު ޚަބަރުތައް ގެނެސްދޭނެ ހިތްވަރެއްނެތް.
ވަލުވަކަރު
08 November 2025
އަވަހަށް ނޫސްތަކުން ހަމްޒާ ޔަމާލް ކަމަށް ހަދާލާ!
ދިރުން1
08 November 2025
މުޅި ގައުމީ ޓީމްއާއި ބިދޭސީ ކުޅުންތެރިން ހިމަނައިގެން ނުކުމެ އިއްޔެ މެންދު ކަންމައްޗަކުން އުފެދު ޓީމެއް ކޮޅަށް 1 ގޯލް ޖެހުނީމަ އެއީ ވަރަށް ބޮޑު މޮޅެއް
ޖަމިއްޔަތުލް ދަރަނި
08 November 2025
މަބުނީ އަނެއްކާ ކުޅުންތެރިންނަށް މުސާރަ ދެންތަ؟
ކަންގަނާ
08 November 2025
ކީޕަރުކައިރިން ނައްޓާލާ ފޮޓޯނގަޑެއް ނޫނީ ވީޑިއޯގަނޑެއް ގެ ހިސާބުވެސް ނުލިބުނީތަ ހަބަރުގަ އެޓޭޗްކޮއްލަން؟